Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ރާއްޖޭގެ ނޫސްވެރިކަމަށް މިއަދު 88 އަހަރު - މިޒަމާނުގައި އާންމުކޮށް އެންމެންނަކީވެސް ލިޔުންތެރިން!

ރާއްޖޭގެ ފުރަތަމަ ނޫސްމަޖައްލާ "އަލްއިޞްލާޙު" ނެރެން ފެށުނީ 8 ޖުލައި 1933ގައި

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު, ރާއްޖެ އެމްވީ | 8 ޖުލައި 2021 | ބުރާސްފަތި 04:37
ރާއްޖޭގެ އެންމެ ފުރަތަމަ ގާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ ނޫސްވެރިކަމުގެ އިންތަކާއި ހަމަތައް

ރާއްޖޭގެ އެންމެ ފުރަތަމަ ގާނޫނު އަސާސީގައި ބަޔާންކުރެވިފައިވާ ނޫސްވެރިކަމުގެ އިންތަކާއި ހަމަތައް

ޤާނޫނީ މިނިވަންކަން ލިބިގެން ރާއްޖޭގައި ނޫސްވެރިކަމާއި ލިޔުންތެރިކަން ފެށުނުތާ މިއަދު 88 އަހަރުވީއެވެ.

ރާއްޖޭގެ ފުރަތަމަ ނޫސްމަޖައްލާ "އަލްއިޞްލާޙު" ނެރެން ފެށުނީ 8 ޖުލައި 1933ގައެވެ.

އަލްއިޞްލާޙު މަޖައްލާގެ ރައީސުއްތަޙުރީރު (އެޑިޓަރ އިން ޗީފް)އަކީ، ރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުލްޙައްޤާނިއްޔާ (މިނިސްޓަރ އޮފް ލޯވ، ޖަސްޓިސް އެންޑް ރިލިޖަސް އެފެއާޒް) ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނެވެ.

މުޙައްރިރު، މުދީރު، (އެޑިޓަރ، ޑިރެކްޓަރ)އަކީ، ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ވަޒީރުއްދާޚިލިއްޔާ (މިނިސްޓަރ އޮފް ހޯމް އެފެއާޒް) އަދި ވަޒީރުލްމަޢާރިފް (މިނިސްޓަރ އޮފް އެޑިޔުކޭޝަން) އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީއެވެ.

ރާއްޖޭގެ ދުސްތޫރީ ފުރަތަމަ ސަރުކާރުގެ ފަރާތުން ނެރެވުނު ނޫސްމަޖައްލާ އަލްއިޞްލާޙުގެ ލަފުޒީ މާނައަކީ "ރިފޯމް"އެވެ. ވީމާ، އެއީ ރިފޯމް ކުރުމެއް ނުވަތަ އިސްލާހީ ހަރަކާތެއްގެ ފެށުމެވެ. ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީއާއި އެކުގައެވެ. މަގުސަދަކީ ހޭލުންތެރިކުރުވުމެވެ. ދީނާއި ދުނިޔޭގެ ކަންކަމަށެވެ.

މި މަޖައްލާގެ ލިޔުންތެރިންގެ ތެރޭގައި ރާއްޖޭގައި އޭރު ތިއްބެވި އެންމެމޮޅު ޢިލްމުވެރި ލިޔުންތެރިން ހިމެނިވަޑައިގެންނެވިއެވެ.

އަދި މި މަޖައްލާގެ ލިޔުންތަކުގެ ތެރޭގައި، ރާއްޖެއާއި ދުނިޔޭގެ ޚަބަރުތައް، ދީނީ، އިލްމީ، ތައުލީމީ، ބަހަވީ، އަދަބީ، ތާރީޚީ، ސަގާފީ، ސިއްހީ، އިޖުތިމާއީ، އިގުތިސާދީ، މާހައުލު އަދި އީޖާދުތަކާއި ޓެކުނޮލޮޖީއާބެހޭ ލިޔުންތައްވެސް ހިމެނުނެވެ. ވީމާ، މިއީ އޭރަށް ބަލާއިރު ހުރިހާ ދާއިރާއެއް "ހުރިހާ ރަހައެއް އެކުލެވޭ ލޮނުހެޔޮވަރު" ފުރިހަމަ ނޫސްމަޖައްލާއެކެވެ.

މިއީ ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީން ލިބުނު މިނިވަންކަމުގެ ތެރެއިން ނެރެވުނު ނޫސްމަޖައްލާއެއްކަން ފާހަގަކުރަންޖެހެއެވެ. ރާއްޖޭގެ ނޫސްވެރިކަމުގެ ފެށުން ކަމުގައިވި މަޖައްލާއެވެ.

ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ މިނިވަންކަން ރާއްޖޭގައި ޤާނޫނީގޮތުން އާންމުކޮށް ލިބުނީ މީގެ 89 އަހަރު ކުރިން، 22 ޑިސެމްބަރު 1932 ގައި ފާސްކުރި ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީގެ މާއްދާ 12 އަދި 13 އިންނެވެ.

މާއްދާ 12 ގައި ބުނަނީ މިހެންނެވެ. "ޤާނޫނުގައި ކަނޑައެޅި ބަޔާންވެގެންވާ ގޮތްތަކާއި ޚިލާފުނުވާހައި ހިނދަކު، އެމީހަކުގެ ބުއްދިއަށް ފެންނަ ގޮތްތަކާއި، ލަފާތައް، ދުލުން ނުވަަތަ ގަލަމުން ފައުޅުކުޅައުމަށް މިނިވަންކަން ލިބގެންވެއެވެ" އަދި މާއްދާ 13 ގައި ބުނަނީ މިހެންނެވެ. "ޤާނޫނުގައި ކަނޑައެޅިބަޔާންވެގެންވާ ގޮތްތަކާއި ޚިލާފުނުވާހައި ހިނދަކު، ފޮތް ގެނުވުމާއި، ނޫސް ގެނުވުމާއި، މިފަދަތަކެތި ލިޔެ ޗާޕުކޮށް ފައުޅުކުރުމާއި، މިކަންކަމަށް މިނިވަންކަން ލިބގެންވެއެވެ"

މިރާއްޖޭގައި އޭގެކުރިން އެފަދަ ނޫސްވެރިކަމުގެ މިނިވަންކަމެއް އަދި ލިޔުންތެރިކަމުގެ މިނިވަންކަމެއްވެސް އާންމުކޮށް ލިބިފައެއް ނުވެއެވެ. ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރަން ފެށުނީ 8 ޖުލައި 1993ގައެވެ. އެއީ ރާއްޖޭގެ ފުރަތަމަ ނޫސްމަޖައްލާ "އަލްއިޞްލާޙު" ނެރެން ފެށުނު 8 ޖުލައި 1933އަށް ނިސްބަތްކޮށެވެ.

ކުރިއާއި ޚިލާފަށް ޒަމާން މިވަނީ ވަރަށްބޮޑަށް ބަދަލުވެފައެވެ. ކުރިއަރާފައިވާ އިލްމާއި މައުލޫމާތާއި އުފެއްދުންތެރިކަމާއި އީޖާދުކުރުމާއި ވިޔަފާރިއާއި ދަތުރުފަތުރާއި މުއާސަލާތުގެ ވަސީލަތްތަކުގެ ސަބަބުންނެވެ. މިބަވަނަވެ ގުޅިލާމެހިފައިވާ ދުނިޔޭގައެވެ.

މިޒަމާނުގައި ކުރީޒަމާނާ ޚިލާފަށް، ނޫސްވެރިކަމާއި ލިޔުންތެރިކަން ބޮޑަށް ބިނާވެފައި މިވަނީ، ޓީވީ، އަދި އޮންލައިން ނޫސްމަޖައްލާތަކާއި، މީސްމީޑިއާގެ މުއާސަލާތުގެ ވިއުގައިގެ ތެރެއިންނެވެ. ވެބުސައިޓުތަކާޢި ފޭސްބުކް، ޓުވިޓަރު، އަދި ވައިބަރުފަދަ ވަސީލަތްތަކުން ލިޔާ ލިޔުންތަކުގެ މައްޗަށެވެ. ވީމާ، މިޒަމާނުގައި އާންމުކޮށް އެންމެންނަކީވެސް ލިޔުންތެރިންނެވެ. މިހާރު ލިޔުންތެރިކަމާއި ދުރުގައި ހުންނަ މީހަކީ އިޖުތިމާއީ ގޮތުން "އެކަހެރި" މީހެއް ކަމަށް ބެލެވިދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހި ގައުމިއްޔަތަށް 895 އަހަރު ވެއްޖެއެވެ.

ދިވެހި ގައުމިއްޔަތަށް 895 އަހަރު ވެއްޖެއެވެ.

07 އޮކްޓޯބަރު 2021
އެއްގަމުގޭ ވެރިކަމާއި މަހާރެހެންދިކަމުގެ 100 އަހަރު

އެއްގަމުގޭ ވެރިކަމާއި މަހާރެހެންދިކަމުގެ 100 އަހަރު

26 އޯގަސްޓު 2021
ފުރަތަމަ ބަޣާވާތަށް 68 އަހަރުވީއެވެ. ގައުމު އެދި ގޮވަނީ އިންސާފަށެވެ.

ފުރަތަމަ ބަޣާވާތަށް 68 އަހަރުވީއެވެ. ގައުމު އެދި ގޮވަނީ އިންސާފަށެވެ.

21 އޯގަސްޓު 2021
ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

ދިވެހިރާއްޖޭގެ އިސްލާމްކަމަށް 895 ވަނަ އަހަރު

12 އޯގަސްޓު 2021
ރާއްޖޭގެ ފުރަތަމަ 2 ރައީސުން، ރަސްމީ ގެކޮޅުގައި ދިރިނޫޅުއްވައި އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވި ސަބަބަކީ ކޮބާ؟

ރާއްޖޭގެ ފުރަތަމަ 2 ރައީސުން، ރަސްމީ ގެކޮޅުގައި ދިރިނޫޅުއްވައި އަމިއްލަ ގެކޮޅުގައި ދިރިއުޅުއްވި ސަބަބަކީ ކޮބާ؟

05 އޯގަސްޓު 2021

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު