Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ފަރުތަކަށް ނުރައްކާ

ރާއްޖޭގެ ފަރުތަކަށް ނުތަނަވަސްކަން އިތުރުވަނީ!

އެލްނީނޯގެ ސަބަބުން 2016 ވަނަ އަހަރު ރާއްޖޭގެ ގިނަ ފަރުތަކަކަށް ގެއްލުންވި

ދެލިކޮޕީ
ދެލިކޮޕީ, ރާއްޖެ އެމްވީ | 24 ފެބުރުއަރީ 2017 | ހުކުރު 17:50
ގައު ހުދުވުން

ގައު ހުދުވުން

ދިވެހިރާއްޖެއަށް ލިބިފައިވާ އެންމެ އަގުހުރި އެންމެ މުހިންމު އެއް ގުދުރަތީ ވަސީލަތަކީ ފަރުތަކުގެ ނިޒާމެވެ. ރާއްޖޭގެ ފަރުތަކުގެ ނިޒާމަކީ މުޅި ދުނިޔޭގައިވާ 5 ވަނަ އަށް އެންމެ މުއްސަނދި ފަރުގެ މާހައުލެވެ. ރާއްޖެއަށް ލިބިފައިވަނީ ދުނިޔޭގައި 7 ވަނަ އަށް އެންމެ ބޮޑު ފަރުތަކުގެ ނިޒާމުވެސް މެއެވެ. ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިންމު ދެ ތަނބު ކަމުގައިވާ ފަތުރުވެރިކަމާއި މަސްވެރިކަން ގުޅިފައިވަނީ ފަރުތަކުގެ ދެމިއޮތުމާއެވެ.

ރާއްޖޭގެ އިގްތިސާދުގައި މުހިންމު ދައުރެއް އަދާ ކުރާ ފަރުތަކުގެ ނިޒާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް އަންނަނީ އިތުރުވަމުންނެވެ. މީގެ ތެރޭގައި ގުދުރަތީ ގޮތުން ކުރިމަތިވަމުންދާ ގޮންޖެހުންތަކާއި އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ.

ކަނޑުގެ ފިނިހޫނު މިން މައްޗަށް ދިއުމާއި ގުޅިގެން ހުސްވި 2016 ވަނަ އަހަރު ވެގެން ދިޔައީ ރާއްޖޭގެ ފަރުތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވި އަހަރަކަށެވެ. 2016 ވަނަ އަހަރަކީ އެލްނީނޯ އަހަރަކަށް ވުމާއެކު، ކަނޑުގެ ފިނިހޫނުމިން ކުއްލިއަކަށް މައްޗަށް ދާނެ ކަމަށް ކުރިންވެސް އޮތީ ބެލިފައެވެ. ރާއްޖެއަށް މި ކުރިމަތިވި އެލްނީނޯގެ ހާދިސާއާއެކު ރާއްޖޭގެ ފަރުތަކުގެ ބޮޑުބަޔަކަށް ގައު ހުދުވުމުގެ މައްސަލައާއި ގަލާ މުރަކަ މަރުވެގެން ދިޔަކަން ފާހަގަ ކުރެވުނެވެ. އަދި ފަރުތައް ހެދި އާލާވުމަށް މިކަމުގެ ސަބަބުން ގޮންޖެހުންތައް ކުރިމަތިވިއެވެ.

ހުސްވި އަހަރު ރާއްޖެއަށް ކުރިމަތިވި ގައު ހުދުވުމާއި ފަރު މަރުވުމުގެ މައްސަލައާ ގުޅިގެން އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އެގްޒިޓާގެ ޕްރޮފެސަރ ކްރިސް ޕެރީ ވިދާޅުވެފައިވަނީ މިހާރު ކުރެވޭ ސުވާލަކީ މިކަމުން އަރައިގަންނަން ރާއްޖޭގެ ފަރުތަކަށް ކިހާ ދުވަހެއް ނަގާނެ ބާވައެވެ؟ މާޒީގައި ކުރިމަތިވި މިފަދަ ހާދިސާތަކުގެ ތަޖުރިބާއަށް ބަލާއިރު ގައު ހުދުވުމުގެ މައްސަލަ ކުރިމަތިވުމުން އެކަމުން އަރައިގަންނަން 10 އަހަރާ 15 އަހަރާ ދެމެދުގެ މުއްދަތެއް ރާއްޖޭގެ ފަރުތައް ނަގާފައިވާކަން ފާހަގަ ކުރެވެއެވެ.

ޕްރޮފެސަރ ކްރިސް ދެކެވަޑައިގަންނަވާ ގޮތުގައި އެލްނީނޯ ޙާދިސާތައް ކުރިއަށް އޮތް ތާނގައި މާ އަވަސް އަވަހަށް ކުރިމަތިވާނެއެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މިފަދަ ނުރައްކާތައް އިތުރުވެގެންދާނެ ކަމަށް ސައިންސްވެރިންގެ މެދުގައި ދެބަސްވުމެއް ނެތެވެ.

މިހެން މިކަން ދިމާވާނަމަ، ރާއްޖޭގެ ފަރުތަކަށް އޮތް ނުރައްކާ ބޮޑެވެ. ފަރުތަކަށް އެއް ފަހަރު ލިބުނު ގެއްލުމުން އަރައިނުގަނެވިގެން އުޅެނިކޮށް އަނެއްކާ އެލްނީނޯގެ އަނެއް ހާދިސާ ކުރިމަތިވުމަކީ، ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ފަދަ ކަމެކެވެ.

އެލްނީނޯ ހާދިސާ ކުރިމަތިވުމުން ކުއްލިއަކަށް މޫދުގެ ފިނިހޫނުމިން މައްޗަށް ދިއުމާއެކު މުރަކައިގައި ދިރިއުޅޭ "އަލްގީ" މުރަކަ ދޫކޮށް ދެއެވެ. އޭގެ ސަބަބުން މުރަކައަށް ބޭނުންވާ ކާނާ ނުލިބި ކުލަ ފަނޑުވެ ހުދުވެގެން ދަނީއެވެ. ފިނިހޫނުމިން ހެޔޮވަރު ވުމުން އަލްގީ އަލުން މުރަކައާއެކު ދިރިއުޅެން ފަށައެވެ. އެއާއެކު ފަރުގެ ހާލަތު ހެޔޮވެ ރަނގަޅު ވެގެން ދެއެވެ. މިކަން މިހެން އޮތް ނަމަވެސް، ފިނިހޫނުމިން ދަށަށް ނުގޮސް ދިގު މުއްދަތެއް ފާއިތުވެ ހިނގައްޖެނަމަ ފަރުތަކުގެ ކުރީގެ ހާލަތައް ރުޖޫއަ ވުމުގެ ފުރުސަތު ކުޑަވެ ފަރު މަރުވުމުގެ ފުރުސަތު ބޮޑުވެއެވެ.

ހުސްވި އަހަރު ރާއްޖެއަށް ކުރިމަތިވި ގައު ހުދުވުމުގެ މައްސަލަ ތަފްސީލް ކޮށް ދިރާސާ ކުރެވި ދިރާސާގެ ހޯދުންތައް "ސައިންޓިފިކް ރިޕޯޓް" މަޖައްލާގައި ވަނީ ޝާއިއު ކޮށްފައެވެ. ދެކުނުގެ އަތޮޅުތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔާ ދިރާސާއިން ހާމަވި ގޮތުގައި ގައު ހުދުވުމުގެ އިތުރުން މިހާދިސާގެ ސަބަބުން ފާހަގަ ކުރެވޭ މިންވަރަކަށް ދިރާސާ ކުރެވުނު ފަރުތަކުން ގަލާ މުރަކަ ވަނީ މަރުވެފައެވެ.  

ގުދުރަތީ ގޮތުން ކުރިމަތިވާ މިފަދަ ގޮންޖެހުންތަކުގެ އިތުރުން ރާއްޖޭގައި ފަޅު ހިއްކުމާއި، ނެރުކެނޑުމާއި، ބަނދަރު ހެދުންފަދަ މަޝްރޫތައް ވެގެން ގޮސްފައިވަނީ ފަރުތަކަށް އިތުރުވި ގޮންޖެހުންތަކެއްގެ ގޮތުގައެވެ. ކުރިން ބިން ހިއްކުން މައިގަނޑު ގޮތެއްގައި ބިނާ ބެފައިވާ އޮތީ މީހުން އުޅޭ ރަށްރަށަށް އިތުރުކުރާ ބައެއްގެ ގޮތުގައި ކަމަށްވީ ނަމަވެސް މިހާރު ރިސޯޓް ހެދުމަށާއި އެހެނިހެން ކަންކަމަށް އެތައް ފަޅުތަކެއް ހިއްކަމުން އެބަގެންދެއެވެ. ހިއްކާ ސަރަހައްދުތަކުގެ ފަރުތަކަށް މީގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބުމުގެ އިތުރުން ކޮންޓްރޯލު ނުވެ ބޭރުވެގެންދާ ކިސަޑުން ދުރުގައި ހުންނަ ފަރުތަކަށް ބޮޑެތި ގެއްލުންތައް ލިބެމުންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އިންސާނުންގެ އަމަލުތަކުގެ ސަބަބުން ފަރުތަކަށް ލިބޭ ގެއްލުންތައް ބޮޑުވަމުންދާ ދަނޑިވަޅެއްގައި ގުދުރަތީ ގޮތުން ކުރިމަތިވާ ނުރައްކާތައް އިތުރުވަމުންދާ ނަމަ ފަރުތަކަށް އޮތް ނުރައްކާ އެތައް ގުނައަކަށް ބޮޑުވެގެން ދާނެއެވެ.

ރާއްޖޭގެ ފަރުތަކަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވަމުން ދިޔަ ނަމަވެސް. ރަނގަޅު ސިޔާސަތުތަކެއް އަދި ހަރުދަނާ ހަރަކާތްތަކެއް ފަރުތައް ރައްކާތެރި ކުރުމަށް ކުރިއަށް ދާތަނެއް ނުފެނެއެވެ. އޭގެ ބަދަލުގައި ސިޔާސަތުއް ބައްޓަން ވެގެން ދާތަން ފެންނަނީ ފަރުތަކުގެ މައްޗަށް "ތަރައްގީ" ގަދަވެ ގަންނަ ގޮތަކަށެވެ. އެހެން ނޫންނަމަ، އެލްނީނޯ އަހަރު ފަރުތަކަށް އޮތް ޕްރެޝަރ ކުޑަކުރުމަށް އެންމެ ކުޑަމިނުން ރޭވިފައި ހުރި ހިއްކުމުގެ މަޝްރޫއުތައް ފަހަތައް ޖައްސާލީހެވެ. ފުއްޓަރުން ނެރުކެނޑުން ހުއްޓާފައި އޮތް އޮތުން އަލުން ނުފެށީހެވެ. މުހިންމު ފަރުތަކުގެ ގޮތުގައި ފާހަގަ ވެފައިވާ އިތުރު މާހައުލުތައް ހިމާޔަތް ކުރީހެވެ. ފަރުތަކަށް ގެއްލުންދޭ ގޮތައް ކުރަމުންދާ ކަންކަން ހުއްޓުވުމަށް އިތުރު ފިޔަވަޅު އެޅީހެވެ.

ރާއްޖޭގެ ފަރުތަކުގެ މުހިންމު ކަން ރިޕޯޓްތަކާއި ދިރާސާތަކުގައި ވަރަށް ފުރިހަމަ އަށް ބަޔާން ކޮށްފައި އެބަ ހުއްޓެވެ. ކޮންފަރެންސްތަކުގައި ބައިވެރިވާ މަންދޫބުންގެ ހައިސިއްޔަތު ރާއްޖޭގެ ފަރުތަކުގެ ނާޒުކު ކަމާއި، މުއްސަނދި ކަމާއި ފަރުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ ވާހަކަތަކުގެ ވާހަކަ ދައްކައެވެ. ނަމަވެސް ފަރުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ މެދު ކަންބޮޑުވާ މީހުން އިންތިޒާރު ކުރަމުންދަނީ އެކަންކަމުގައި އަމަލީ ސިފަ ޖެހިގެންދާނެ ދުވަހަކަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނައްތާލަން އުޅުނު ދަރިފަސްކޮޅު ރާއްޖޭގެ އެންމެ ބޮޑު ދަރިކޮޅަށް!

ނައްތާލަން އުޅުނު ދަރިފަސްކޮޅު ރާއްޖޭގެ އެންމެ ބޮޑު ދަރިކޮޅަށް!

16 ޑިސެމްބަރު 2021
ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އާއި އުނގެނުމުގެ ހައްގު

ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީ އާއި އުނގެނުމުގެ ހައްގު

25 ނޮވެމްބަރު 2021
މާޒީގެ ތެރެއިން ރާއްޖޭގެ ތަފާސްހިސާުބުގެ ކަންކަމަށް ނަޒަރެއް

މާޒީގެ ތެރެއިން ރާއްޖޭގެ ތަފާސްހިސާުބުގެ ކަންކަމަށް ނަޒަރެއް

21 އޮކްޓޯބަރު 2021
ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު

ދިވެހިރާއްޖޭގެ ޚާރިޖީ ތާރީޚުގެ އެންމެބޮޑު ފަޚުރާއި ޝަރަފު

16 ސެޕްޓެމްބަރު 2021
ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

09 ސެޕްޓެމްބަރު 2021

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު