Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ކޮލަމް
ޝާތިރުގެ ކޮލަމް

ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތަށް މިއަދު 115 އަހަރު

ޕޯސްޓުގެ ޚިދުމަތުގެ މުހިންމުކަން ޕެންޑެމިކުގެ މިހާލަތުގައި ވަނީ އިތުރުވެފަައި

ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2021 | ބުރާސްފަތި 08:56
ދިވެހިރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ފެށުނީ މީގެ 115 އަހަރު ކުރިން 9 ސެޕްޓެމްބަރު 1906 ގައި

ދިވެހިރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ފެށުނީ މީގެ 115 އަހަރު ކުރިން 9 ސެޕްޓެމްބަރު 1906 ގައި

މިއަަދަކީ (9 ސެޕުޓެންބަރު 2021އަކީ) ދިވެހިރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ފެށުނުތާ 115 އަހަރު ފުރުނު ދުވަހެވެ. ރާއްޖޭގައި ޕޯސްޓުގެ ޚިދުމަތް ފެށުނީ 9 ސެޕްޓެމްބަރު 1906ގައެވެ.

ރާއްޖޭގެ ޕޯސްޓު އޮފީހަކީ މުޅި ދައުލަތުގެ އެންމެގިނަ ދުވަސްވީ މުއައްސަސާއެވެ. ވީމާ ރާއްޖޭގެ ޕޯސްޓުގެ ތާރީޚަކީ ކުރިއެރުމާއި ތަރައްގީގެ މަރުހަލާތަކެއް ކަޑަތުކޮށްފައިވާ ފަޚުރުވެރި ތާރީޚެކެވެ. މިގޮތުން ބަލާއިރު ރާއްޖޭގެ ސްޓޭމްޕްތަކަކީ ދުނިޔޭގައި މަގުބޫލް ސްޓޭމްޕްތަކެއްކަން ފާހަގަކޮށްލަންޖެހެއެވެ.

1906ގައި ރާއްޖޭގެ ޕޯސްޓުގެ ޚިދުމަތް ފެށުނުއިރު ނުވަތަ ރާއްޖޭގެ ފުރަތަމަ ޕޯސްޓު އޮފީހުގެ ވެރިޔަކީ އޭރު ކަސްޓަމާއި އަދި ޚާރިޖީ ކަންތައްތައް ބެލެހެއްޓެވުމުގެ ވެރިޔާ، ރަދުންގެ ކާތިބުއްސިއްރު (ރަދުންގެ ސެކްރެޓަރީ) އަލްއަމީރު އަހުމަދު ދޮށިމޭނާކިލެގެފާނެވެ. އޭގެފަހުން 1932ގައި ރާއްޖޭގެ ދުސްތޫރީ ސަރުކާރާއެކު ޕޯސްޓުގެ ވެރިޔަކީ (އަލްއަމީރު އަހުމަދު ދޮށިމޭނާކިލެގެފާނުގެ ދަރިކަލުން) އަލްއަމީރު މުހައްމަދު އަމީނު ދޮށިމޭނާކިލެގެފާނެވެ. ކަސްޓަމުގެ ވެރިކަމާއި ވަޒީރުއްތިޖާރާ (މިނިސްޓަރ އޮފް ޓްރޭޑް) ކަމާއެކުގައެވެ.

މިއަދުގެ މި ޓެކްނޯލޮޖީގެ ދުނިޔޭގައިވެސް އެހެނިހެން ޒަމާނީ މުވާސަލާތުތަކުގެ ކުރިއެރުމާއި އެކުގައިވެސް ޕޯސްޓުގެ ޚިދުމަތުގެ މުހިންމުކަމާއި މަގުބޫލުކަން ކުޑައެއް ނޫނެވެ. އަދި ޕެންޑެމިކުގެ ނުވަތަ ކޮވިޑް-19ގެ ނުރައްކާތެރި ރޯގާ ބަލިމަޑުކަމުގެ މިހާލަތުގައި ޕޯސްޓުގެ ޚިދުމަތް ބޭނުންކުރުމުގެ މުހިންމުކަމާއި މަގުބޫލުކަން ވަނީ ކުރިޔަށްވުރެ އިތުރުވެފައެވެ. މިއިން ދޭހަވަނީ ޕޯސްޓުގެ ޚިދުމަތް އިތުރަށް ތަރައްގީކޮށް ކުރިއަރުވަންޖެހޭ ކަމެވެ.

މީގެ މަސްދުވަސް ފަހުން 9 އޮކުޓޫބަރު އެއީ ދުނިޔޭގެ ޕޯސްޓުގެ ދުވަހެވެ. ދުނިޔޭގެ ދުވަހުގެ ގޮތުގަައި 9 އޮކުޓޫބަރު ފާހަގަކުރަނީ ޕޯސްޓުގެ ބައިނަލްއަގުވާމީ ޖަމިއްޔާ ޔުނިވަރސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީީޔޫ) އުފެދުނީ 9 އޮކުޓޫބަރު 1874ގަައި ކަމަށްވާތީއެވެ. ދުނިޔޭގެ ޕޯސްޓުގެ ދުވަސް ފާހަގަކުރަން ފެށުނީ މީގެ 52 އަހަރުކުރިން 1969ގައެވެ. ވީމާ ޔޫޕީޔޫއަކީ ދުނިޔޭގެ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ ތެރެއިން އެންމެ ޒަމާންވީ އެއް ޖަމިއްޔާއެވެ. އަދި ޕޯސްޓުގެ ޚިދުމަތަކީ ދުނިޔޭގައި އެންމެ ޒަމާންވީ މުއާސަލާތުގެ ޚިދުމަތެވެ.

ޔޫޕީޔޫގެ މެންބަރު ގައުމަކަށް ދިވެހިރާއްޖެ ވެފައިވަނީ 15 އޮގަސްޓު 1967 ގައެވެ.

މޯލްޑިވްސް ޕސްޓް ލިމިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ޕޯސްޓް ކްލިއަރެންސް އޯޑިޓާ ގުޅިގެން ފިޔަވަޅު އެޅުމުގެ އިޖުރާއަތަށް ބަދަލެއް

ޕޯސްޓް ކްލިއަރެންސް އޯޑިޓާ ގުޅިގެން ފިޔަވަޅު އެޅުމުގެ އިޖުރާއަތަށް ބަދަލެއް

24 މެއި 2023
ޕޯސްޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރަން މަސައްކަތްތަކެއް

ޕޯސްޓުގެ ޚިދުމަތް އިތުރަށް ތަރައްޤީކުރަން މަސައްކަތްތަކެއް

28 ޖޫން 2022
ރަށްރަށުގައި ކޮމިއުނިޓީ ޝޮޕްތަކެއް ޤާއިމުކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ޕޯސްޓް އޮފީސް

ރަށްރަށުގައި ކޮމިއުނިޓީ ޝޮޕްތަކެއް ޤާއިމުކުރުމަށް މިދަނީ މަސައްކަތް ކުރަމުން: ޕޯސްޓް އޮފީސް

09 އޮކްޓޯބަރު 2021
ޚިދުމަތްތައް ފުޅާކުރުމާއެކު އީ-ޓުކުރި ކޮމިޔުނިޓީ ފިހާރަ އޮގަސްޓް މަހު ހުޅުވަނީ

ޚިދުމަތްތައް ފުޅާކުރުމާއެކު އީ-ޓުކުރި ކޮމިޔުނިޓީ ފިހާރަ އޮގަސްޓް މަހު ހުޅުވަނީ

14 ޖުލައި 2021

އަހަރުތަކުން މިއަދު

12 އެޕްރީލު
ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ
20251 އަހަރު ކުރިން
ރާއްޖެ

ހައްޔަރުކުރީ ކަަޅު ތެޔޮ ޖެހި މީހާ އެއް ނޫން، 4 ފަހަރު އައިއޯ ބަދަލުކޮށްފި : މަންދީ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި
20242 އަހަރު ކުރިން
ރާއްޖެ

18 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ރައީސް ވިދާޅުވި މަޝްރޫއަށް އޮތީ ފައިސާ ހަމަޖެހި، ބަޔަކާއި ހަވާލުކުރުމުގެ މަރުހަލާގައި

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި
20233 އަހަރު ކުރިން
ކުޅިވަރު

ސާނޭއާ ތަޅައިގަތުމުން ބަޔާންއިން މާނޭ ޖޫރިމަނާކޮށް، ސަސްޕެންޑްކޮށްފި

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ
20224 އަހަރު ކުރިން
ރާއްޖެ

ޓެކްސީ ޑްރައިވަރު ޤާސިމްގެ މަރާއި ގުޅޭ ވަޅިން 3 މީހެއްގެ ޑީއެންއޭ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާން ރަޖިސްޓްރީ ކުރީ 2 މީހުން، ލިސްޓުގައި 366 ވޯޓު: މައްސަލަ އީސީން ބަލަނީ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!
20197 އަހަރު ކުރިން
ރާއްޖެ

ދ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ހުށަހެޅި ޑްރާމާއަށް ތައުރީފް އޮހެނީ!

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް
20188 އަހަރު ކުރިން
ތަފާތު ޚަބަރު

ކެޓްރީނާގެ ބައޮގްރަފީގެ ނަމަކީ ބާބީ ޑްރީމްސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު