Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެއާޕޯޓްތަކުގެ މަސައްކަތް

ފަރެސްމާތޮޑާ އެއަރޕޯޓް ނޮވެމްބަރ 11 ގެ ކުރިން، މުލީ އެއަރޕޯޓް ޑިސެމްބަރު މަސް ތެރޭ ނިންމާލެވޭނެ: އާޒިމް

ފަރެސްމާތޮޑާ އެއަރޕޯޓްގައި މިހާރު ކުރިޔަށްދަނީ ޓަރމިނަލްގެ މަސައްކަތްތައް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 17 ފެބުރުއަރީ 2022 | ބުރާސްފަތި 00:27
ފަރެސްމާތޮޑާގެ އެއާރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށްދަނީ

ފަރެސްމާތޮޑާގެ އެއާރޕޯރޓް ތަރައްޤީ ކުރުމުގެ މަޝްރޫޢު ކުރިއަށްދަނީ

ގދ. ފަރެސްމާތޮޑާ ގައި އަޅާ އެއަރޕޯޓްގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރ މަހުގެ 11 ގެ ކުރިން ނިމޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި އެމްޓީސީސީން ހަދަމުންދާ އެއަރޕޯޓްތަކުގެ މަސައްކަތްތައް މިހާރު ގޮސްފައިވާ ހިސާބާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ފަރެސްމާތޮޑާ އެއަރޕޯޓްގައި މިހާރު ކުރިޔަށްދަނީ ޓަރމިނަލްގެ މަސައްކަތްތައްކަމަށެވެ. ރަންވޭގެ ސަބްގްރޭޑް އަދި އޭބީސީ މަސައްކަތްތައް ނިމި، ރަންވޭގައި ތާރު އެޅުމަށް ތައްޔާރުވަމުން އަންނަކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

އާޒިމް ވިދާޅުވީ އެއަރޕޯޓް ނިންމުމަށް ބޭނުންވާ ބައެއް އިކުއެޕްމެންޓް ބޭނުން ގެނައުމަށް އޯޑަރު ޖެހުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށެވެ. އިކުއެޕްމެންޓް ގެނައުމަށް ދަތިތަކާއި ކުރިމަތިވެފައިވާކަމަށާއި އިކުއެޕްމެންޓްތައް ހެދުމަށް ބޭނުންވާ ބައެއް ސާމާނުތައް ހޯދަންވެސް އުނދަގޫކަމަށް އާޒިމް ވިދާޅުވިއެވެ. އެއީ އެތަކެތި ކުންފުނިތަކުން ހޯދަން މިހާރު އުނދަގޫވީކަމަށް އާޒިމް ވިދާޅުވިއެވެ.

އެތެރޭގެ އުދުހުންތަކަށް ޚާއްސަކޮށްގެން ހަދާ ފަރެސްމާތޮޑާ އެއަރޕޯޓްގައި، 1200 މީޓަރުގެ ރަންވޭއެއް ތަރައްޤީކުރުމަށާއި ޓެކްސީ ވޭއަކާއި އޭޕްރަން ވޭއަކާއި އޭޕްރަންއަކާއި ސަރވިސް ރޯޑު އިމާރާތްކުރުމަށް ނިންމާފައިވެއެވެ. އަދި ރަންވޭގެ އިތުރަށް ޓާރމިނަލާއި އެއަރޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ޤާއިމުކުރުމަށް ވެސް އެމްޓީސީސީއާއި ވަނީ ހަވާލުކޮށްފައެވެ. އެއަރޕޯޓް ތަރައްޤީކުރުމުގެ މި މަޝްރޫއު އަކީ 144.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ފަރެސްމާތޮޑާގައި ތަރައްގީކުރަމުންދާ އެއަރޕޯޓާ ގުޅޭގޮތުން އެމްޓީސީސީން ބުނެފައިވަނީ ޓަރމިނަލް އިމާރާތުގެ ސްޓީލް ސްޓްރަކްޗަރ އެސެމްބްލީ މަސައްކަތްތަކުގެ 81 އިންސައްތަ ވަނީ ނިމިފައިވާކަަމަށެވެ. މި މަޝްރޫއުގެ ދަށުން، ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތްކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔަރ ޕެޑް އަދި ފަޔަރ ރޯޑެއް ގާއިމުކުރުމާއި، ފަޔަރ ބިލްޑިންގެއް އިމާރާތްކުރުމުގެ އިތުުރުން ޓާރމިނަލް ބިލްޑިންގެއް އިމާރާތްކުރުމުގެ މަސައްކަތް ހިމެނެއެވެ.

ފަރެސްމާތޮޑާ އެއަރޕޯރޓްގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރެވިފައިވަނީ 10 ނޮވެމްބަރ 2020 ގައެވެ.

އެމްޓީސީސީން ދެން ތަރައްގީ ކުރަމުން އަންނަ މ. މުލީ އެއަރޕޯޓްގެ މަސައްކަތް މިހާރު ދާގޮތުން ޑިސެމްބަރ މަސް ތެރޭގައި ނިމޭނެކަމަށް ބެލެވޭކަމަށް އާޒިމް ވިދާޅުވިއެވެ. މުލީ އެއަރޕޯޓްގެ އެންވަޔަރަމަންޓަލް އިންފެކްޓް އެސެސްމަންޓް (އީއައިއޭ) ގެ މަސައްކަތް އަދި އެއްކޮށް ނުނިމޭކަމަށް އާޒިމް ވިދާޅުވިއެވެ. އެކަމަށް ވަރަށް ވަގުތުނަގާނެކަމަށާއި އެންމެ ފުރަތަމަ މުލީ އެއަރޕޯޓް އެޅުމަށް އެމްޓީސީސީން ހަވާލުވިއިރު އެއަރޕޯޓް އެޅުމަށް ހަމަޖެހިފައިވާތަން ރައްޔިތުންގެ އެދުމާއެކު މިހާރު ބަދަލުވެފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

އެއަރޕޯޓް އަޅަން އޮތްތަން ބަދަލުވުމުން ހިއްކަން އޮތްތަނުގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް އާޒިމް ވިދާޅުވިއެވެ.

ކުރިން އޮތްގޮތަށް މަސައްކަތައް ދިޔަނަމަ މުލީ އެއަރޕޯޓް މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އާޒިމް ވިދާޅުވިއެވެ.

މިމަޝްރޫއުގެ ދަށުން 17 ހެކްޓަރުގެ ބިން ހިއްކުމާއި 1812 މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުމާއި ޓެކްސީވޭއަކާއި އޭޕްރަންއެއް އެޅުމުގެ މަސައްކަތް ކުރާނެ އެވެ. މިމަޝްރޫއަކީ 221.733 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މީގެއިތުރުން ރ އަލިފުށީގައި ހެދުމަށް ހަމަޖެހިފައިވާ އެއަރޕޯޓާއި ބިން ހިއްކުމުގެ މަޝްރޫޢާ ގުޅޭގޮތުން އާޒިމް ވިދާޅުވީ އީއައިއޭ) މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، އެމަސައްކަތް މަރޗް މަސްތެރޭގައި ނިމޭނެކަމަށް ބެލެވޭކަމަށެވެ.

އެއަރޕޯޓް މަޝްރޫއުގެ ދަށުން ރ. އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ބިމުގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީއާއި ގެދޮރުވެރިކަމުގެ ބޭނުމަށް ޚާއްސަކުރެވިގެން ހިއްކޭ ބިމެކެވެ. އަދި ބާކީ 40.5 ހެކްޓަރު ބިމަކީ އެއަރޕޯޓް ތަރައްޤީކުރުމަށް ހިއްކޭ ބިމެކެވެ. މި މަޝްރޫއުގެ ދަށުން، 1200 މީޓަރުގެ ރަންވޭއެއް އެޅުމާއި، ޓެކްސީވޭ، އޭޕްރަން އަދި ސަރވިސް ރޯޑު ހެދުމުގެ މަސައްކަތް ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައެވެ. އަދި ހިއްކާ ބިމުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ގޮތުން 2871 މީޓަރުގެ ރިވެޓްމަންޓަކާއި، 480 މީޓަރުގެ ގްރޮއިންއެއް ވެސް ޤާއިމުކުރެވިގެންދާނެއެވެ. މިއީ 451.61 މިލިއަން ރުފިޔާ ގެ މަޝްރޫއެކެވެ.

ރާއްޖޭގެ ކޮންމެ ރަށަކުން 30 މިނެޓުގެ ދަތުރަކުން ދަތުރު ކުރެވޭ ސަރަޙައްދުގައި އެއަރޕޯޓް އެޅުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިހާރުވެސް 6 ރަށެއްގައި އެއަރޕޯޓް އެޅުމަށް ވަނީ ހުޅުވާލާފައެވެ.

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

ދެ ހަފްތާކުރިން ޠައްޔިބު ހޭނެތުނު، ސިއްޙަތާއިމެދު ކަންބޮޑުވޭ: ނާޒިމް

10 އެޕްރީލު 2017
ދެ ހަފްތާކުރިން ޠައްޔިބު ހޭނެތުނު، ސިއްޙަތާއިމެދު ކަންބޮޑުވޭ: ނާޒިމް
06 އެޕްރީލު 2017

ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް

06 އެޕްރީލު 2017
ރީކޯ މޫސަގެ އިތުބާރުގެ ވޯޓް ނެގުމުގެ ކުރިން އަޅުގަނޑު ޖަލަށްލާނެ: ގާސިމް
04 އެޕްރީލު 2017

އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ

04 އެޕްރީލު 2017
އެކިއެކި އެއަރޕޯޓްތަކުން ދިވެހިންނަށް އުނދަގޫ ކުރަން ފަށައިފި: މުސްތަފާ
31 މާރިޗު 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި

31 މާރިޗު 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަންބޯޑާއި ދިދަ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ނެގުމަށް ފުލުހުން އަންގައިފި
21 މާރިޗު 2017

ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ

21 މާރިޗު 2017
ސްކޫލުތަކުގެ ކިޔެވުން ފެށޭ ނަމަ މި ހަފްތާ ނިމުމުގެ ކުރިން އަންގާނެ: އެޑިއުކޭޝަން މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު