Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ސިޓީ ކައުންސިލް

މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން ހުވާ ކުރައްވައިފި

3 ޖޫން 2017 | ހޮނިހިރު 21:32

ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ވެސް ބޭއްވި

| 3 ޖޫން 2017 | ހޮނިހިރު 21:32
މާލޭ ސިޓީ އަށް އަލަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުން ހުވާކުރެއްވުމުގެ ދަރުބާރުގައި

މާލޭ ސިޓީ އަށް އަލަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރުން ހުވާކުރެއްވުމުގެ ދަރުބާރުގައި

މާލޭ ސިޓީ ކައުންސިލްގެ މެމްބަރުން ހުވާ ކުރައްވައިފި އެވެ.

ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ހުވާ ކުރެއްވުމުގެ ދަރުބާރުގައި 13 ކައުންސިލަރުންނަށް ހުވާ ލައިދެއްވީ ސުޕްރީމް ކޯޓްގެ ފަނޑިޔާރު އާދަމް މުހައްމަދެވެ. ހުވާ ކުރެއްވުމަށް ފަހު އިގުރާރުގައި މެމްބަރުން ސޮއިކުރެއްވެވި އެވެ.

Advertisement - newsAdvertisement

ލާމަރުކަޒީ ގާނޫނުގެ ދަށުން އުފެއްދި ތިން ވަނަ ސިޓީ ކައުންސިލްގެ މެމްބަރުން ހުވާ ކުރެއްވުމުގެ މި ރަސްމިއްޔާތުގައި ކައުންސިލްގެ ކުރީގެ މެމްބަރުންނާއި ސިޔާސީ ދާއިރާގެ ބައެއް ބޭފުޅުންނާއި މިނިވަން މުއައްސަސާތަކުގެ ބައެއް މެމްބަރުންގެ އިތުރުން ބޭރުގެ ސަފީރުން އަދި އާންމުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މާލޭ ސިޓީ ކައުންސިލަށް އަލަށް އިންތިހާބުވެވަޑައިގެންފައިވާ ބޭފުޅުންނަކީ، ހުޅުހެންވޭރު ދާއިރާއަށް އާދަމް ޝަރީފް، މެދުހެންވޭރު ދާއިރާއަށް އަހްމަދު ނިޔާޒު، ހެންވޭރު ދެކުނު ދާއިރާއަށް އިބްރާހިމް މަނިކު، ހެންވޭރު އުތުރު ދާއިރާއަށް މުހައްމަދު ފިޝާވިން ސަލީމް، ގަލޮޅު އުތުރު ދާއިރާއަށް ސިފާ މުހައްމަދު، ގަލޮޅު ދެކުނު ދާއިރާއަށް ޝާހީން މަހްމޫދު، މައްޗަންގޮޅީ އުތުރު ދާއިރާ އަށް މުހައްމަދު ރަޝީދު، މައްޗަންގޮޅީ ދެކުނު ދާއިރާއަށް އަހްމަދު ޒަމީރު، މާފަންނު އުތުރު ދާއިރާއަށް މުހައްމަދު ފަޒީން، މާފަންނު ހުޅަނގު ދާއިރާއަށް ޝަމާއު ޝަރީފް މާފަންނު މެދު ދާއިރާ އަށް އަޒުރާ މޫސާ، މާފަންނު ދެކުނު ދާއިރާއަށް ހުސައިން ޝަރީފް އަދި ވިލިމާލޭ ދާއިރާ އަށް ހަމްނާ ވަހީދު އެވެ.

މާލޭ ސިޓީ ކައުންސިލްގެ 13 މެމްބަރުންގެ ތެރެއިން ހެންވޭރު އުތުރު ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި ފިޝާވިން ފިޔަވައި އެހެން ބޭފުޅުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ. ފިޝާވިން އަކީ ޑީއާރުޕީއަށް ނިސްބަތްވާ މެމްބަރެކެވެ. ކައުންސިލަރުން ހުވާ ކުރެއްވުމުގެ ދަރުބާރުގައި ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އުވިދިޔަ މާލޭ ސިޓީ ކައުންސިލްގައި، މިހާރުގެ ސަރުކާރު ހިންގާ ޕީޕީއެމް ތަމްސީލްކުރައްވާ ދެ މެމްބަރުން ތިއްބެވިއިރު، އާ ސިޓީ ކައުންސިލަށް ޕީޕީއެމްގެ އެއްވެސް މެމްބަރަކު އިންތިހާބުވެވަޑައެއް ނުގަންނަވެ އެވެ.

ޣިޔާސިންދީން އިންޓަނޭޝަނަލް ސްކޫލްގައި ބޭއްވި ހުވާކުރެއްވުމުގެ ދަރުބާރަށް ފަހު އާ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ވަނީ ބާއްވައިފަ އެވެ.

އައްޑޫ ސިޓީގެ ކައުންސިލްގެ މެމްބަރުން ވެސް ހޮނިހިރު ދުވަހުގެ ރޭ ވަނީ ހުވާ ކުރައްވައިފަ އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
10 ޖެނުއަރީ 2017

ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި

10 ޖެނުއަރީ 2017
ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވާދަ ނުކުރުމަށް އަދާލަތު ޕާޓީން ނިންމައިފި
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން ވަޅުލައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް