Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކްރިމިނަލް ކޯޓުގެ އިމާރަތް

ކްރިމިނަލް ކޯޓުގެ އިމާރަތް ބާވެފައިވާތީ، ވީހާވެސް އަވަހަށް އެތަން ހުސްކުރުމަށް ޕްލޭނިންގ މިނިސްޓްރީންވެސް އޮތީ އަންގާފައި

16 ފެބުރުއަރީ 2022 | ބުދަ 07:39

އިދާރީ ސަބަބުތަކާހުރެ ކޯޓުގެ ދެބައިކުޅަ އެއްބައި މައްސަލަތައް ކެންސަލްކުރަންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ފެބުރުއަރީ 2022 | ބުދަ 07:39
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއިން ޖުޑީޝަލް ސަރވިސް ކޮމިޝަންއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބޭފުޅުންނާއި ބައްދަލުކުރެއްވުން

ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއިން ޖުޑީޝަލް ސަރވިސް ކޮމިޝަންއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބޭފުޅުންނާއި ބައްދަލުކުރެއްވުން

ކްރިމިނަލް ކޯޓުގެ އިމާރަތް ބާވެފައިވާތީ އެކަމުގެ ކަންބޮޑުވުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ހިއްސާކޮށްފިއެވެ.

ބުދަ ދުވަހު އޮތް ކޮމިޓީ ބައްދަލުވުމަކީ ޖިނާއީ މައްސަލަތަކުގެ އަޑުއެހުންތައް ތާވަލުކުރެވޭ ގޮތާއި އެއްގޮތަށް ކުރިއަށްނުދާ މައްސަލައާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއިން ޖުޑީޝަލް ސަރވިސް ކޮމިޝަންއާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި ޖޭއެސްސީގެ ރައީސް، ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވަނީ ކޯޓުގައި ނުނިމި ހުރި މައްސަލަތައް ނިންމުމަށްޓަކައި ޖޭއެސްސީން ހުށައަޅާ ޕްލޭން ކޮމިޓީގައި ހިއްސާ ކުރައްވާފައެވެ.

މި ކޮމިޓީގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އާއިޝަތު ރިޒްނާވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. ރިޒްނާގެ ވާހަކަފުޅުގައި ވަނީ ކޯޓަށް ދިމާވެފައިވާ އިމާރާތުގެ ދަތިކަމުގެ މައްސަލަތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ޕްލޭނިންގ މިނިސްޓްރީންވެސް އެސެސްމަންޓެއް ހަދާފައިވާކަން ފާހަގަ ކުރައްވައި ރިޒްނާ ވިދާޅުވީ، ވީހާވެސް އަވަހަށް އެތަން ހުސްކުރުމަށް މިނިސްޓްރީންވެސް އަންގާފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓަކީ ގާތްގަނޑަކަށް 100 އެއްހައި މުވައްޒަފުންނާއި ކޯޓުގެ ގާޒީން އެކުގައި މަސައްކަތް ކުރައްވާ ތަނެއްކަން ފާހަގަކުރައްވައި ރިޒްނާ ވިދާޅުވީ، އެ އިމާރާތަކީ މިހާރު ބޭނުން ކުރަން އެކަށީގެންވާ ޙާލަތެއްގައި ހުރި އިމާރާތެއް ނޫން ކަމަށެވެ. ވުމާއެކު، އެތަނުގެ މުވައްޒަފުން ބައިތިއްބައިގެން ލިބޭ ގެއްލުމެއްގެ ޒިންމާވެސް ނަގަންތިބޭނެ ބަޔަކީ ޑީޖޭއޭކަން ފާހަގަ ކުރައްވައި ރިޒްނާ ވަނީ އިމާރާތެއް ހޯދުމަށް ކުރަމުންދާ މަސައްކަތަށް އަދިވެސް އަލިމަގެެއް ފެނިފައިނުވާކަމަށް ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓު އިމާރަތް ބާވެ، ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކަށްވެސް ވާރޭވެހޭ:

ކްރިމިނަލް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ކޯޓު އިމާރަތް ބާވުމާއި، އިމާރާތުގެ ޝަރީއަތްކުރާ މާލަންތަކުގެ ފާރުތަކުގައި ބޮޑެތި ރެނދުތައް ލާފައިހުރުމާއި ގުޅިގެން ބައެއް މަރާމާތުތައްވެސް ވަނީ ކުރަން ޖެހިފައެވެ. އަދި ބޮޑެތި އަޑުއެހުންތަކަށް ގިނަ މީހުން ކޯޓަށް ހާޒިރުވާއިރު، ޖާގައިގެ ދަތިކަމުގެ ސަބަބުން ބައެއް ފަހަރު އަޑުއަހަން އަންނަ މީހުންނަށް ޖާގަ ނުލިބި ދާން ޖެހުމާއި، ކޯޓުގެ ވެއިޓިންގ އޭރިއާ ކުޑަވުމުގެ ސަބަބުން ޖިނާއީ މައްސަލަތަކާއި ގުޅިގެން އަންނަ އެކި ފަރާތްތަކާއި ކޯޓަށް އެކި ބޭނުންތަކުގައި އަންނަ ފަރާތްތައް ބައެއްފަހަރު ކޯޓު ތެރޭގައި ތޮއްޖެހިފައި ތިބެންޖެހުން ފަދަ މައްސަލަތައް ފެންމަތިވެފައިވެއެވެ.

ރާއްޖެއެމްވީން ބެލި ބެލުމުން އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުގެ 4 ބުރީގެ އިމާރަތް ބާވެ އަރިއަޅާލާފައިވާތީ ބޭރުން ހުންނަނީ ދަގަނޑުތައް ވިއްދާފައެވެ. ސިޑިގޮޅިތަކަށް ފެން ފޭބުމާއި، ޝީޓުތައް ބާވުމުގެ ސަބަބުން ބޮޑެތި ބާގަނޑުތައް ހެދިފައިވާއިރު، މޫސުން ގޯސް ދުވަސްވަރެއް ނަމަ، ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކަށްވެސް ވާރޭ ވެހޭކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. އެގޮތުން ބައެއް ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކުގެ ސީލިންގާއި ޝީޓުތައް ޙަލާކުވެފައި ހުރުމުގެ ސަބަބުން މޫސުން ގޯސް ދުވަސްވަރެއްނަމަ އެތަނުގައި ޝަރީއަތްތައް ކުރިއަށް ގެންދެވޭނެ ގޮތެއް ނޯވެއެވެ.

ބައެއް ފަހަރު މޫސުން ގޯސްވުމުގެ ސަބަބުން ގާޒީން ތިއްބަވާ ކޮޓަރިކޮޅުތަކުގައި ފެން ހިންދަންވެސް ޖެހޭކަމަށް ރާއްޖެއެމްވީއަށް އެނގިފައިވެއެވެ.

މީގެއިތުރުން، ކޯޓުގެ ބައެއް ފާޚާނާތަކުގެ ސީލިންގތައް ނެއްޓިފައިވުމާއި، ސީލިންގ ގެ ބެރިތައް ހަލާކުވެފައި ހުރުމުގެ ސަބަބުން ފާޚާނާތައްވެސް ބޭނުން ނުކުރެވޭ ޙާލަތަށް ދާން ކައިރިވެފަވެއެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

19 މާރިޗު 2017

ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!

19 މާރިޗު 2017
ޓެރަރިޒަމަށް ހިތްވަރުދޭ ގޮތަށް ލިޔާ ކަމަށް ބުނެ ކްރިމިނަލް ކޯޓުގެ ވަރުގަދަ އިންޒާރެއް ނޫސްވެރިންނަށް!
15 މާރިޗު 2017

ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި

15 މާރިޗު 2017
ހައިކޯޓުގެ އެކިގޮފިތަކަށް ފަނޑިޔާރުން ބަދަލުކުރެވޭ ގޮތް ހަދައިފި
02 މާރިޗު 2017

ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް

02 މާރިޗު 2017
ޖޭއެސްސީއަށް ހައިކޯޓުގެ ފަނޑިޔާރަކު އައްޔަން ނުކުރެވި ހަމަސް
26 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ

26 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދު ކުރަން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ ދޮގެއް: ޑީޖޭއޭ
21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
19 ފެބުރުއަރީ 2017

ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި

19 ފެބުރުއަރީ 2017
ހައިކޯޓުގެ އުތުރު ގޮފި ބަންދުކޮށްފި
08 ފެބުރުއަރީ 2017

ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!

08 ފެބުރުއަރީ 2017
ލީވާނާއި ވިސާމުގެ މައްޗަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށްފި!
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް