Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިސްޓަން އެރިކްސަން

އަށް މަސް ފަހުން ފުރަތަމަ ފަހަރަށް އެރިކްސަން މެޗެއް ކުޅެފި

15 ފެބުރުއަރީ 2022 | އަންގާރަ 14:08

މި މެޗުގައި 60 އެއްހާ މިނެޓު އެރިކްސަން ވަނީ ފުރިހަމަކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 15 ފެބުރުއަރީ 2022 | އަންގާރަ 14:08
ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން

ޑެންމާކުގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން

މިދިޔަ އަހަރު ބޭއްވި ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ތެރެއިން ހިތުގެ މައްސަލައެއް ދިމާވެގެން ދަނޑުން ބޭލި ޑެންމާކުގެ މިޑްފިލްޑަރު ކްރިސްޓަން އެރިކްސަން އަށް މަސް ދުވަސް ފަހުން ފުރަތަމަ ފަހަރަށް މެޗެއް ކުޅެފިއެވެ.

މިދިޔަ ޓްރާންސްފާ މާކެޓުގައި ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެރިކްސަން ވަނީ ޕްރިމިއާ ލީގުގެ ބްރެންޓްފޯޑަށް ބަދަލުވެފައެވެ. އަނިޔާއަށްފަހު އެރިކްސަން ފެނުނު ފުރަތަމަ މެޗަކީ ސައުތުއެންޑް ޔުނައިޓެޑާއި ދެކޮޅަށް ބްރެންޓްފޯޑުން ކުޅުނު އެކުވެރިކަމުގެ މެޗެވެ.

މި މެޗުގައި އޭނާ ވަނީ 60 އެއްހާ މިނެޓު ފުރިހަމަކޮށްފައެވެ. ސަޕޯޓަރުން ދަނޑަށް ނުވައްދާ ކުޅުނު މި މެޗު ބްރެންޓްފޯޑުން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެރިކްސަން ވަނީ ބްރެންޓްފޯޑަށް ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައެވެ.

މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޑެންމާކުން ކުޅުނު ފުރަތަމަ މެޗުގައި އުމުރުން 29 އަހަރުގެ އެރިކްސަން ހިތް ހުއްޓިގެން ދަނޑު މައްޗަށް ވެއްޓުނެވެ. އެއާއެކު ދަނޑު މަތީގައި އެތައް އިރެއް ވަންދެން އެރިކްސަނަށް ފަރުވާދިންއިރު، އޭނާ ވަނީ ފަހުން ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަނެއް ކޮށްފައެވެ.

އެ އޮޕަރޭޝަނަކީ އެރިކްސަނުގެ ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވަރޓަރ ޑެފިބްރިލޭޓަރ (އައިސީޑީ) އެއް ލެއްވުމަށް ކުރި އޮޕަރޭޝަނެކެވެ. އެކަމަކު އައިސީޑީ ލައްވައިގެން ހުރެ އިޓަލީގައި ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުމަކީ މަނާ ކަމެކެވެ. އެހެންކަމުން އައިސީޑީ ނުލައްވައި އެރިކްސަނަށް އިޓާލިއަން ލީގުގައި ކުޅެވޭތޯ ބަލަން ޓެސްޓުތަކެއް ހެދި ނަމަވެސް، މި ވަގުތުގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާއަށް މި ސީޒަނުގެ އިޓާލިއަން ލީގުގައި ނުކުޅެވޭނެ ކަމަށް އިންޓަ މިލާނުން ވަނީ ބުނެފައެވެ. އެހެންކަމުން ހުރިހާ ބައެއްގެ މަޝްވަރާގެ މަތިން އެރިކްސަންގެ އެއްބަސްވުން އިންޓައިން މީގެ ކުރިން ވަނީ އުވާލާފައެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން ބްރެންޓްފޯޑުން އެރިކްސަނުގެ ސޮއި ހޯދިއިރު، އޭނާ އެ ޓީމާ ގުޅިފައިވަނީ ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި މި މުއްދަތުގެ ތެރޭގައި އެރިކްސަންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިއްޖެނަމަ، އިތުރު އެއް އަހަރަށް އެއްބަސްވުން އާކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. ހަ މަސް ދުވަހުގެ މުއްދަތަކަށް އެރިކްސަން ބްރެންޓްފޯޑާ ގުޅުނުއިރު، އެ ޑީލް ނިމުނީ އެރިކްސަނަށް އިނގިރޭސި ޕްރިމިއާ ލީގުން އެންގި ޚާއްސަ މެޑިކަލް ޓެސްޓުތަކެއް ފުރިހަމަކުރުމަށްފަހުއެވެ.

މި ސީޒަނުގެ ނިޔަލަށް އެރިކްސަން ބްރެންޓްފޯޑާ ގުޅުނުއިރު، އޭނާ އެންމެ ފުރަތަމަ ވިދާލާފައިވަނީ އިނގިރޭސި ކުލަބު ޓޮޓެންހަމް ހޮޓްސްޕާއިންނެވެ. ޓޮޓެންހަމް ދޫކޮށް 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު 16.9 މިލިޔަން ޕައުންޑަށް އެރިކްސަން އިންޓައަށް ބަދަލުވި ނަމަވެސް، އެ ޓީމުގައި އެރިކްސަންއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
08 ފެބުރުއަރީ 2017

އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި

08 ފެބުރުއަރީ 2017
އައްޑޫގައި ފުރަތަމަ ފަހަރަށް އަންހެން ފުޓްބޯޅަ ޓީމެއް އިފްތިތާޙްކޮށްފި
05 ފެބުރުއަރީ 2017

އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!

05 ފެބުރުއަރީ 2017
އެނބޫދޫ ފިނޮޅުކައިރިޔަށް މަސް ހިފަން އެރުނު ތިން މީހުން ނުފެނިގެން ހޯދަނީ!
27 ޖެނުއަރީ 2017

ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި

27 ޖެނުއަރީ 2017
ގައުމީ އަންހެން ޓީމުގެ ފުރަތަމަ ކެޕްޓަން މިރުފަތު ރިޓަޔާކޮށްފި
22 ޖެނުއަރީ 2017

ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ

22 ޖެނުއަރީ 2017
ދިވެހި ފުޓްބޯޅަ އަށް ފުރަތަމަ ފަހަރަށް ކުލަބް ލައިސަންސް ދެނީ
22 ޖެނުއަރީ 2017

ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް

22 ޖެނުއަރީ 2017
ފުރަތަމަ ޑިވިޝަންގައި ސީ ލައިފްގެ ފަރާތުން ތަފާތު ފެންނާނެ: ޝަފާޒް
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
10 ޖެނުއަރީ 2017

އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ

10 ޖެނުއަރީ 2017
އެވޯޑް ހަފްލާއަށް ނުދަޔައީ މާދަމާރޭ މުހިންމު މެޗެއް އޮތުމުން: ބާސެލޯނާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް