Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އެމްޑީޕީގެ އެތެރޭގެ އިންތިޚާބުތައް

ވާދަކުރަނީ ދެ ކެންޑިޑޭޓެއް، މިނެކިރާލެވެނީ ބާރާއި ތާއީދު އޮތް މިންވަރު

އެމްޑީޕީގެ ކޮންގްރެސް އޮގަސްޓް މަހު ބާއްވާއިރު، މުހިންމު ނިންމުންތަކެއް ނިންމާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 15 ފެބުރުއަރީ 2022 | އަންގާރަ 14:10
އެމްޑީޕީގެ ޗެއަރޕަރސަންކަމަށް ނުކުންނަވާ މިނިސްޓަރ ފައްޔާޒު އިސްމާއީލާއި މެމްބަރ އިމްތިޔާޒު ފަހުމީ

އެމްޑީޕީގެ ޗެއަރޕަރސަންކަމަށް ނުކުންނަވާ މިނިސްޓަރ ފައްޔާޒު އިސްމާއީލާއި މެމްބަރ އިމްތިޔާޒު ފަހުމީ

ކުރިޔަށް އޮތީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީއަށް މުހިންމު ދުވަސްތަކެކެވެ. ސަރުކާރަށް އާދެވި ދުވަސްތަކެއް ވީތަނާ ޕާޓީގައި ލަމުންދިޔަ ރެނދު ފުޅާވެގެން ގޮސްފައިވާއިރު, ޕާޓީގެ އެތެރޭގެ ނިންމުންތަކުން އެކަން އަންނަނީ ވަރަށް ރަނގަޅަށް ހާމަވަމުންނެވެ. އެމްޑީޕީގެ ދެ ރައީސުން ކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރާ މީހުންގެ މެދުގައި ޕާޓީގެ އެތެރޭގައި ދެ ފެކްޝަނެއް އުފެދިފައިވާކަމީ ހާމައަށް ފެންނަން އޮތް ހަގީގަތެވެ. ޕާޓީގެ އެތެރޭގައި ބާއްވަމުން އަންނަ ކޮންމެ އިންތިޚާބަކާއެކުވެސް ފެންނަމުންދަނީ އެމަންޒަރެވެ. ރައީސް ނަޝީދަށް ތާއީދު އޮތް މިންވަރާއި ރައީސް ސޯލިހަށް ތާއީދު އޮތް މިންވަރެވެ.

ކުރިޔަށް އޮތް ދުވަސްތަކަކީ އަނެއްކާވެސް ދެ ރައީސުންގެ ތާއީދާއި ބާރު އެމްޑީޕީގެ އެތެރޭގައި އޮތް މިންވަރު މިނެކިރާލެވޭނެ ދުވަސްތަކެކެވެ. ކުރިޔަށް އޮތް, އެމްޑީޕީގެ ޗެއަރޕަރސަން ކަމުގެ އިންތިޚާބުގެ ކެމްޕެއިނުން ފެންނަމުންދަނީ އެމަންޒަރެވެ. ވާދަކުރައްވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލާއި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި)އެވެ. ދެ މޫނަކީވެސް އެމްޑީޕީގެ ތެރޭގައި މަގުބޫލު ދެ މޫނެވެ. ވަކިން ޚާއްސަކޮށް ދެ ބޭފުޅުން ނިކުންނަވާފައި ތިއްބެވި ފަޅީގައި މަގުބޫލު ދެ ބޭފުޅުންނެވެ.

މިނިސްޓަރ ފައްޔާޒަކީ ރައީސް ސޯލިހުގެ އެންމެ އަރިސް އެއް މިނިސްޓަރެވެ. އަދި ރައީސް ސޯލިހަށް ތާއީކުރާ މެމްބަރުންގެ މެދުގައި މަގުބޫލު މިނިސްޓަރެކެވެ. ފައްޔާޒު ނުކުންނަވާކަން އިއުލާންކުރުމާއެކު ދެން އުފެދިގެން ދިޔަ ސުވާލަކީ ރައީސް ނަޝީދުގެ ފަޅިން ނުކުންނަވާނީ ކޮން ބޭފުޅެއްތޯއެވެ. ރައީސް ނަޝީދުގެ ފަޅިންވެސް މެމްބަރުންގެ މެދުގައި މަގްބޫލު ކެންޑިޑޭޓެއް ނެރުމަކީ މުހިންމު ކަމަކަށްވާއިރު ފަހުވަގުތު އިންތިޚާބަށް ނިކުންނެވީ އިންތިއެވެ. ދެންއޮތީ މިދެ ބޭފުޅުންނާއެކު ދެން ކުރެހެމުންދާ މަންޒަރެވެ.

ޗެއަރޕަރސަން ކަމުގެ މަގާމަށް ކުރިމަތިލައްވާފައި ތިއްބެވީ މެމްބަރު އިންތިއާއި މިނިސްޓަރ ފައްޔާޒު ނަމަވެސް, މިކަމަކީ މިދެބޭފުޅުންނާ ހަމައިން ނިމޭކަމެއްނޫނެވެ. ސަބަބުތައް ވަރަށް ސާފެވެ.

ޕާޓީގެ ކުރިމަގާއި ގައުމުގެ ކުރިމަގާ ގުޅޭގޮތުން ރައީސް ނަޝީދާއި ރައީސް ޞާލިހު ގެންގުޅުއްވާ ސިޔާސަތުތައް ވަރަށްވެސް ތަފާތެވެ. އުކުޅަހު ކޮންގްރެސްއިން 2018 ވަނަ އަހަރުގެ ޓިކެޓް ރައީސް ސޯލިހަށް ދިނުމަށް ނިންމުމުގެ އިތުރުން މުހިންމު އެހެން ކަމަކަށްވެސް އެއްބަސްވިއެވެ. އެއީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރުމެވެ. އެނިޒާމު އެމްޑީޕީން ބަލައިގަތުމެވެ. ބަރުލަމާނީ ނިޒާމެއް ރާއްޖެއަށް ގެނައުމަކީ ރައީސް ނަޝީދުގެ ހުވަފެންފުޅަކަށްވާއިރު އެމަގަށް ކަންކަން ބައްޓަންކުރެއްވުމަށް ރައީސް ނަޝީދު ގެންދަވަނީ ތަފާތު އުކުޅުތައް ބޭނުންކުރައްވައި ތަފާތު ހިސާބުތައް ޖައްސަވަމުންނެވެ. އެކަމަށް އެޅިފައި އޮތް ހުރަހަކީ ރައީސް ސޯލިހެވެ. ރައީސް ސޯލިހު ބަރުލަމާނީ ނިޒާމެއް ގެންނަވަން ބޭނުންފުޅުނުވުމާއި މިހާތަނަށް އެއްވެސް ރައީސަކަށް ކާމިޔާބުކަމާއެކު ކުރިޔަށް ގެންދެވިފައިނުވާ "ކޯލިޝަން ސަރުކާރު" ކުރިޔަށް ގެންދެވުމަށް ބޭނުންފުޅުވުމެވެ. އެހެންކަމުން ބަރުލަމާނީއަށް ވެރިކަމުގެ ނިޒާމު ފުރޮޅާލުމަކީ ރައީސް ނަޝީދަަށް ފަސޭހަފުޅު ކަމަކަށް ނުވެއެވެ.

އެކަމަށް ބޭހެއް ހޯއްދެވުމުގެ ގޮތުން ރައީސް ނަޝީދު މިވަނީ ސިޔާސީ ގޮތުން ކަންތައްތަކެއް ހުށަހަޅުއްވާފައެވެ. އެންމެ ފަހުން ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަކީ މުހިންމު ކަންތައްތަކެއް ކުރިޔަށް އޮތްތަނުގައި ބޭއްވުމަށް ނިންމި, މުހިންމު ގައުމީ މަޖިލީހެކެވެ. ކުރިޔަށް އޮތް އިންތިޚާބުތައް އޭޕްރީލް މަހު ބާއްވާއިރު, ޕާޓީގެ ކޮންގްރެސް އޮގަސްޓް މަހު ބޭއްވުމަށް ވަނީ ނިންމާފައެވެ. ކޮންގްރެސްގައި, ގާނޫނު އަސާސީއަށް މުހިންމު އިސްލާހު ތަކެއް ގެނައުމަށް ހުށަހެޅުމާމެދު ގޮތްތަކެއް ނިންމާނެއެވެ. ވަކިން ޚާއްސަކޮށް ނިޒާމީ ވޯޓަކަށް ދިޔުމާމެދު ގޮތްތަކެއް ނިންމާނެއެވެ. އެއާއެކު މިހާރު ވަނީ ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ 30 އިންސައްތައަށްވުރެ މަތިން ރައްޔިތުންގެ އާނ ބަސް ލިބޭ ކެންޑިޑޭޓަށް ވެރިކަމަށް އާދެވޭ އިސްލާހުގެ ބަހުސްވެސް ފެންމަތިވެފައެވެ.

ކޯލިޝަން ސަރުކާރަކުން މިންޖުވާނެ ފޯމިއުލާއެއްގެ ގޮތުގައި ރައީސް ނަޝީދު ނެރުއްވާ ފޯމިއުލާއަކީ 30 ޕަސެންޓް ތާއީދުނަމަވެސް, އެކަމަކީ އެމްޑީޕީއަށްވެސް އޭގައި ގެއްލުންތަކާ ކުރިމަތިވެދާނެ ފަދަ ފޯމިއުލާއެކެވެ. 2013ގެ ރިޔާސީ އިންތިޚާބުން ރައީސް ނަޝީދަށް ކުރިމަތިވެ ވަޑައިގެންނެވި ނާކާމިޔާބީއާއެކު, އެއިސްލާހާ އެއްގޮތަށް ކަންކޮށްފިނަމަ ވެރިކަމުގައި އެމްޑީޕީއަށް ނޯވެވިދާނެކަމަށްވެސް ބުނެދެއެވެ. އެހެންކަމުން މިހުރިހާ ކަމަކާމެދުވެސް ކޮންގްރެސްގައި ގޮތްތަކެއް ނިމިގެންދާއިރު ވިސްނަންޖެހެއެވެ.

ޗެއަރޕަރސަންކަމަށް ނުކުންނަވާފައިވާ އިންތިއާއި ފައްޔާޒުގެ ވާހަކަފުޅުތަކަށް ބަލާއިރު, ދެބޭފުޅުންގެ ވިސްނުންފުޅު މިކަމުގައި ހުރީ އެބޭފުޅަކު ނުކުންނަވާފައިވާ ފަޅީގެ ފިކުރާ އެއްގޮތަށެވެ. ކޮންގްރެސްއަކީ ރައީސް ނަޝީދު ދެކެވަޑައިގަންނަވަމުން ގެންދަވާ ބޮޑުވަޒީރު ކަމުގެ ހުވަފެންފުޅު ހަގީގަތަށް ހެދުން, ނުވަތަ ރައީސް ރައީސް ސޯލިހު ބޭނުންފުޅުވާ ދެ ވަނަ ދައުރަށް މަގުކޮށައިދޭނެ ކޮންގްރެސްއެކެވެ. އެކަމަށް ގޮތްތަކެއް ކޮންގްރެސްގައި ކަނޑައެޅޭއިރު ރިޔާސަތުގައި އިންނަވާނީ ފައްޔާޒު ނޫނީ އިންތިއެވެ.

އެހެންކަމުން ކުރިޔަށް އޮތް އިންތިޚާބަކީ މިފަހުން ނިމިގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލިސް އިންތިޚާބުކުރަން ނެގި ވޯޓުގައި ދެ ރައީސުންގެ ބާރާއި ތާއީދު އޮތް މިންވަރު ވަޒަންކޮށްލެވުނުގޮތަށް, އަނެއްކާވެސް އެކަން ޓެސްޓްކުރުމަށް ލިބޭ ފުރުސަތެކެވެ. އަދި އެމްޑީޕީގެ ކުރިމަގު ބައްޓަންވާނީ މިތަނުން ކޮން ރައީސެއްގެ ފިކުރާ އެއްގޮތަށްކަންވެސް މިއާއެކު ކަނޑައެޅިގެންދާނެއެވެ. ކޮންމެ ގޮތެއްވިޔަސް މިއިންތިޚާބުގެ ނަތީޖާއިން އެތައް ވާހަކައެއް ބުނެދޭނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު

ރައީސާއި ނައިބު ރައީސްގެ ގުޅުން: ސަރުކާރެއް ރަގަޅަށް ހިންގުމަށް އިތުބާރާއި ގާތްކަން މުހިއްމު

14 ޖުލައި 2018
ތާއީދުކުރަނީ ރައީސް ޔާމީނަށް، އެކަމަކު ނަގާ ޕޯލް ވެސް ދަނީ ޗޮކުން!

ތާއީދުކުރަނީ ރައީސް ޔާމީނަށް، އެކަމަކު ނަގާ ޕޯލް ވެސް ދަނީ ޗޮކުން!

11 ޖުލައި 2018
ނަޝީދަށް އޮތް ތާއީދު ފެނިދާނެތީ އީސީ އިން ކަންބޮޑުވަނީބާ؟

ނަޝީދަށް އޮތް ތާއީދު ފެނިދާނެތީ އީސީ އިން ކަންބޮޑުވަނީބާ؟

24 މެއި 2018
ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ

ތާއީދު ދައްކަން ގެންދިޔަ މީހުންގެ ހަޤީގީ ކުލަ

03 ފެބުރުއަރީ 2018
ނަތަންޔާހޫ އިންޑިއާގައި – ފަލަސްތީނަށް ތާއީދު ކުރަމުން އިޒްރޭލާ އެކު އިންޑިއާ އިން ގުޅުން ބަދަހި ކުރާނީ ކިހިނެއް؟

ނަތަންޔާހޫ އިންޑިއާގައި – ފަލަސްތީނަށް ތާއީދު ކުރަމުން އިޒްރޭލާ އެކު އިންޑިއާ އިން ގުޅުން ބަދަހި ކުރާނީ ކިހިނެއް؟

15 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

21 ޖެނުއަރީ
ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ
20251 އަހަރު ކުރިން
ރިޕޯޓު

ގުރުބާން ކުރާ ކަންބަޅިންގެ ތެރެއަށް އިތުރު ތިން ކަންބަޅި އިތުރުވެއްޖެ

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް
20242 އަހަރު ކުރިން
ރިޕޯޓު

ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންގެ މޫނުގައި މުއިއްޒާއި ވެރިކަން ކުރާ ޕާޓީން މި ޖެހީ ހެޔޮވަރު ވަރެއްގެ ތަފާލެއް

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ހިސާންއަށް ހެދިގޮތް: އިންސާނިއްޔަތުކަމެއްވެސް ނެތީތަ؟

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު
20224 އަހަރު ކުރިން
ރާއްޖެ

މަރުހޫމް ވަހީދަށް ހުތުރު ބަހުން މުޚާތަބް ކުރާނެ މީހަކަށް ގޮނޑި ނުދެވޭނެ - ރާޝިދު

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް
20215 އަހަރު ކުރިން
ރާއްޖެ

ފިނޮޅަކަށް ގެއްލުން ދިން މައްސަލައެއް ފުލުހުން ބަލަނީ، އީ.ޕީ.އޭ.އިން ބުނަނީ ފިޔަވަޅުއަޅަން ފަސް ނުޖެހޭނެކަމަށް

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އަހަރެންގެ މަރުގެ ޒިންމާ ނަގަންޖެހޭނީ އައިމަން\'\'

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް
20188 އަހަރު ކުރިން
އިސްލާމް

އިސްލާމް ދީން ބިނާވެގެން ވަނީ ފަސް ރުކުނެއްގެ މައްޗަށް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު