Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރިޔާސީ އިންތިހާބު 2018

ތާއީދުކުރަނީ ރައީސް ޔާމީނަށް، އެކަމަކު ނަގާ ޕޯލް ވެސް ދަނީ ޗޮކުން!

ސޯޝަލް މީޑިއާގައި ނަގާ ވޯޓުތަކުން ދައްކަނީ ރައީސް ޔާމީނަށް ތާއީދެއް ނެތް ކަމަށް

އަލީ ޔޫސުފް
އަލީ ޔޫސުފް, ރާއްޖެ އެމްވީ | 11 ޖުލައި 2018 | ބުދަ 03:37
އަލްހާން ފުރަތަމަ ހުޅުވައިލި ޕޯލްގެ ނަތީޖާ

އަލްހާން ފުރަތަމަ ހުޅުވައިލި ޕޯލްގެ ނަތީޖާ

ޒަމާނީ ތަރައްގީއާ އެކު ކަންކަމުގައި އާންމުންގެ ހިޔާލު ހޯދުން މިވަނީ ވަރަށް ފަސޭހަ ކަމަށް ވެފައެވެ. ސޯޝަލް މީޑިއާ އަށް އިންގިލާބާ އެކު އާންމުން ކަމަކާ މެދު ދެކޭ ގޮތް ހޯދުން މި ވަނީ އިންތިހާ އަށް ފަސޭހަ ވެފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވަމުން އަންނަ އިރު އެކި ފަރާތްތަކަށް ތާއީދުކުރާ ފަރާތްތަކުން ގެންދަނީ އާންމުންގެ ހިޔާލު ހުރި ގޮތް ދެނެގަތުމަށްޓަކައި މަސައްކަތްތައް ކުރަމުންނެވެ. ސަރުކާރަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅު ފަރާތްތަކުގެ މެދުގައި "ޕޯލް"ގެ ފޯރި މި ވަނީ ގަދަވެފައެވެ. ނަމަވެސް މި ޕޯލްތަކުން ވިސްނެނީ ކޮން އެއްޗެއް ހެއްޔެވެ؟

އެމްޑީޕީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިންތިޚާބުގައި ވާދަނުކުރެއްވޭ ނަމަ ދެން ވާދަކުރައްވާނެ ބޭފުޅެއްގެ ގޮތުގައި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ކަނޑައެޅުމާ އެކު އެކަމާ މެދު އާންމުން ދެކޭ ގޮތް ހޯދުމަށް ވެސް ސޯޝަލް މީޑިއާގައި ދަނީ ޕޯލްތައް ނަގަމުންނެވެ. އިދިކޮޅު ފަރާތްތަކާއި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ވެސް މި ކަމުގައި ވަރަށް ފޯރިގަދައެވެ. މިއިން ކޮންމެ ކަމަކީ މަޖަލަކަށް ކުރާ ކަމެއް ވެސް ނޫނެވެ. ސިޔާސީ ބައެއް ބޭފުޅުންނާއި އެކްޓިވިސްޓުން ވެސްގެންދަނީ "ސީރިއަސް" ޕޯލްތައް ނަގަމުންނެވެ.

ނަމަވެސް މި ކަންކަމުން އެއްކަމެއް ފާހަގަވެގެން ދިޔައެވެ. ގިނަ ޕޯލްތަކުން ރައީސް ޔާމީނު އުޅުއްވަނީ ވަރަށް ފަހަތުގައެވެ. ޚުދު އެމަނިކުފާނަށް ތާއީދުކުރައްވާ ސަޕޯޓްރުން ހުޅުވާލާ ޕޯލްތަކުން ވެސް އެ މަނިކުފާނަށް ލަދުގަންނަ ފަދަ ނަތީޖާތައް ދަނީ ނުކުންނަމުންނެވެ. އޭގެ އެއް މިސާލަކީ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ހުޅުވައިލެއްވި ޕޯލް އެވެ.. ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ތާއީދުކުރައްވާ ކަމަށް ވިދާޅުވުމަށް ފަހު ސޯޝަލް މީޑިއާގައި އާންމުންގެ ހިޔާލު ހުރި ނެތް ގޮތް ބެލުމަށްޓަކައި އަލްހާން ފުރަތަމަ ހުޅުވައިލެއްވި ޕޯލް ވަގުތު ހަމަވި އިރު ބޮޑުތަނުން ރައީސް ޔާމީނަށް ނޫނެކޭ ބުނެފައި ވެއެވެ.

އަލްހާން ހުޅުވައިލި ޕޯލް

ރާއްޖޭގައި އުފެދުނު ހުރިހާ ބޮޑެތި ޕާޓީތަކުގެ މެންބަރުކަން ވެސް ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ފޭދޫ ދާއިރާ އަށް ކުރިމަތިލައްވައި ނާކާމިޔާބު ލިބިވަޑައިގެންނެވި އަލްހާންގެ ޕޯލް ޕްރޮމޯޓް ވެސް ކުރި އެވެ. އެ ޕޯލްގައި 20000 އަށް ވުރެ ގިނަ މީހުން ބައިވެރިވި އިރު 55 ޕަސެންޓުން ކުރި ލިބުނީ ރައީސް ޔާމީނަށެވެ. ނަމަވެސް ހަގީގަތަށް ބަލާއިރު އެއީ ޕްރޮމޯޓްކޮށްގެން ކުރިއަށް ގެންދިޔަ ޕޯލްއެކެވެ. އަދި ޖެނުއިން ޔޫސާޒް މަދުކަން ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ޕޯލްއެއްގައި 20000 މީހުން ބައިވެރިވުމަކީ ނާދިރު ކަމެއް ކަމާއި ރާއްޖޭގައި މީގެ ކުރިން ނަގާފައިވާ މިފަދަ ޕޯލްތަކުގައި ވެސް އެވަރަށް ވޯޓު ދީފައި ނުވާކަން ފާޑުކިޔާ ފަރާތްތަކުން ދަނީ ފާހަގަކުރަމުންނެވެ.

ޕްރޮމޯޓްކުރި ޕޯލް

ރައީސް ޔާމީނަށް ތާއީދު އޮތްކަން ދެއްކުމަށް އަލްހާން މަސައްކަތްކުރެއްވި ގޮތަށް ޕީޕީއެމްގެ ބައެއް އެހެން އެކްޓިވިސްޓުން ވެސް މިފަދަ ޕޯލްތައް ވަނީ ހުޅުވާލާފައެވެ. ނަމަވެސް މިއިން ގިނަ ވޯޓުތަކުގައި ބޮޑު ތަފާތަކުން ރައީސް ޔާމީނު ބަލިވާތަން ފެނުމުން ސޯޝަލް މީޑިއާ އިން އެ ޕޯލްތައް ގެއްލެއެވެ.

އާންމުންގެ މެދުގައި ހިޔާލު ހޯދުމަށް މި ގޮތަށް ނަގާ ވޯޓުތަކުން އަސްލު މަންޒަރު ފަހަރުގައި ނުފެނިދާނެއެވެ. ނަމަވެސް ސޯޝަލް މީޑިއާއަކީ މިހާރު ދިވެހިންގެ ގިނަ ބަޔަކު ވެސް ހަރަކާތްތެރިވާ ޕްލެޓްފޯމަކަށް ވުމުން މިހެން ނަގާ ވޯޓުތަކުގައި ވެސް ގިނަ ބަޔަކު ބައިވެރިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން އެވްރެޖްކޮށް 10 ޕޯލް އިން ހަތް ޕޯލް އިދިކޮޅު ކެންޑިޑޭޓް ކަމަށްވާ އިބްރާހީމް މުހައްމަދު ސޯލިހު ކާމިޔާބުކޮށްގެން ނިމިގެންދާ ނަމަ އެއީ ގިނަ ދިވެހިންތަކެއްގެ ވެސް ހިޔާލުކަން ބަލައިގަންނަންޖެހެއެވެ. އެއީ ދެ ފަރާތަށް ވެސް ކެމްޕެއިންގެ ސްޓެރެޓެޖީ ބަދަލުކުރުމަށް ލިބިގެންދާ ފުރުސަތެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

ރައީސް ނަޝީދުގެ ގޮންޖެއްސެވުން ރައީސް ޔާމީނަށް!

09 ފެބުރުއަރީ 2017
މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

މުއްސަނދި ގައުމެއް ހަފުސް ކޮށްލުމުގައި ރައީސް މީހާ އަވަދިނެތި

07 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

ރައީސް ނަޝީދު ލަންކާގައި، އެމްޑީޕީން ހަދަން މިއުޅެނީ ކިހިނެއް!

01 ފެބުރުއަރީ 2017
ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

ރައީސް ޓްރަމްޕް ސޯޝަލް މީޑިއާގެ މިނިވަން ކަމަށް އަރާވަޑައިގަންނަވަން އުޅުއްވުމުން، ސޯޝަލް މީޑިއާ ރަތަށް!

30 ޖެނުއަރީ 2017
މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

މާލެއެއް ނޫން، އެކަމަކު ދިރިއުޅެނީ ކުދި ގޮޅިތަކުގައި

25 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު