Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުބޮޑީ ވޯން ކެމެރާ

ބޮޑީ ވޯން ކެމެރާ: ފުލުހުންގެ އޮޕަރޭޝަންތަކަށް އިތުރު ކުރިއެރުމެއް

13 ފެބުރުއަރީ 2022 | އާދީއްތަ 12:20

ދިވެހި ފުލުހުން ބޭނުންކުރަން ފެށީ "އެކްސްއޮން" ބްރޭންޑްގެ ކެމެރާ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 13 ފެބުރުއަރީ 2022 | އާދީއްތަ 12:20
ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަން ފެށި ބޮޑީވޯން ކެމެރާ

ދިވެހި ފުލުހުންގެ ހިދުމަތުން ބޭނުންކުރަން ފެށި ބޮޑީވޯން ކެމެރާ

ބޯޑީ ވޯން ކެމެރާ ނުވަތަ ގައިގައި ހަރުކުރާ ކެމެރާ ބޭނުން ކުރަން ދިވެހި ފުލުހުން ފެށުމަކީ، ފުލުހުން ހިންގާ ބޮޑެތި އޮޕަރޭޝަންތަކަށް ލިބިގެންދާނެ ހެޔޮ ބަދަލެކެވެ. ބޮޑެތި ކުށްތަކުގެ ތަހުގީގުގައި ސީންގައި ކަން ހިނގާ ދިޔަގޮތް ވަގުތުން ރެކޯޑް ކުރެވި އެ ފުޓޭޖްތައް ބޭނުން ކުރެވޭނެއެވެ. އޭގެ ސަބަބުން ޝަރީއަތުގެ މަރު ހަލާގައި ތަހުގީގުގައި ކަން ހިނގާ ދިޔަ ގޮތް ދެނެގަތުމަށް ފަސޭހަވެގެންދާނެއެވެ. ޖިނާއީ ބޮޑެތި ކުށްތައް ސާބިތު ކުރުމުގައި ފުލުހުންގެ ތަހުގީގު މަރުހަލާގައި ކަން ހިނގައިދާ ގޮތުން ބޮޑެތި އޮޅުންތަކެއް އަރައި މިހާރުވެސް ބައެއް މައްސަލަތައް ކުށްވެރިންގެ މައްޗަށް ސާބިތު ނުވެއެވެ. އެހެންކަމުން މިއީ ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބުނު މުހިންމު ކުރިއެރުމެކެވެ.

ބޮޑީ ވޯން ކެމެރާ ބޭނުން ކުރމަން ފަށާނެކަން މިދިޔަ އަހަރު ފުލުހުން އިއުލާންކޮށް ބައެއް ޓްރައިލްތައްވެސް ހިންގިއެވެ. އެއަށްފަހު 1400 ކެމެރާ ގެންނަން ނިންމި ނަމަވެސް ފެބްރުއަރީ މަހުގެ 13ވަނަ ދުވަހު ބޮޑީ ވޯން ކެމެރާ ބޭނުން ކުރަން ފެށީ 200 ކެމެރާއާއެކުގައެވެ. ދިވެހި ފުލުހުން ބޭނުންކުރަން ފެށީ "އެކްސްއޮން" ބްރޭންޑްގެ ކެމެރާއެވެ. މިއީ ފަސޭހަކަމާއެކު ޔުނިފޯމްގައި ހަރުކޮށްލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ކެމެރާއެކެވެ. ވީޑިއޯ ކޮލިޓީ ރަނގަޅު މި ކެމެރާގައި ރެކޯޑްކުރާ ވީޑިއޯގައި، އެ ވީޑިއޯ ރެކޯޑްކުރި ދުވަހާއި ގަޑި އެނގެން ހުންނާނެއެވެ. އަދި އެއީ ކޮންތަކެއްގައި ރެކޯޑްކޮށްފައިވާ ވީޑިއޯއެއްކަންވެސް އެނގެން ހުންނާނެއެވެ. އަދި ފުލުހުންގެ އޮޕަރޭޝަންތައް ވަގުތުން ކޮންޓްރޯލް ސެންޓަރުން ބަލާލެވޭނެއެވެ. މިއީ އޯޑިއޯ އާއި ވީޑިއޯ ވަކިވަކިންވެސް ރެކޯޑް ކުރެވި، ފަސޭހައިން ކޮންްޓްރޯލް ކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ ކެމެރާއެކެވެ.

ބޮޑީ ވޯން ކެމެރާއަކީ ފުލުހުންގެ މުހިންމު އޮޕަރޭޝަންތަކަށް މުހިންމު ޑިވައިސްއެއް ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ، ވިދާޅުވެފައެވެ. ކެމެރާގެ ވަސީލަތާއެކު ފުލުހުންގެ ހިދުމަތަށް ރައްޔިތުންކުރާ ކުރާ އިތުބާރު ބޮޑުވެގެންދާނެ ކަމަށްވެސް ސީޕީ ވިދާޅުވިއެވެ. މިކަމަށް އެކަށީގެންވާވަރަށް ފުލުހުން ތަމްރީނުކޮށްފައިވާ ކަމަށާއި، މިއީ ފުލުހުންގެ މައްޗަށް ކުރާ ދޮގު ތުހުމަތުތަކާއި އަސްލެއް ނެތް އިލްޒާމް ތަކަށް ޖަވާބުދާރީވެ، ހަގީގަތް ހާމަކޮށްދިނުމުގައި އެހީތެރިވެދޭނެ ޑިވައިސްއެއް ކަމަށް ސީޕީ ވިދާޅުވިއެވެ.

މިއީ ފުލުހުން ރިފޯމްކޮށް ފުލުހުންނަކީ މިހާރަށްވުރެ ބޮޑަށް ރައްޔިތުންގެ އިރުބާރު ލިބިފައިވާ ބަޔަކަށް ހެދުމަށް ކުރަމުން އަންނަ މަސައްކަތަށް ލިބޭ ބާރަކަށް ވެގެންދާނެއެވެ. ޓެރަރިޒަމްގެ އަމަލުތަކާއި، ޑްރަގް ޓްރެފިކިންގެ މައްސަލަތަށް މިހާރު މުޖުތަމައުގައި އާންމުވަމުންދާއިރު މިފަދަ ބޮޑެތި އޮޕަރޭޝަންތަކުގައި މި ކެމެރާ ބޭނުން ކުރެވޭނެއެވެ.

އިތުރަށް ކިޔާލަން

17 މެއި 2018

ކަރާގެ އަގު އިންތިހާއަށް މައްޗަށް، އެންމެ ޑިމާންޑް ބޮޑީ މޭވާގެ ބާވަތްތަކަށް!

17 މެއި 2018
ކަރާގެ އަގު އިންތިހާއަށް މައްޗަށް، އެންމެ ޑިމާންޑް ބޮޑީ މޭވާގެ ބާވަތްތަކަށް!
02 އެޕްރީލު 2018

ޓްރެފިކް ފުލުހުންގެ ކަމަކީ ސްޓިކާ ޖެހުން އެކަނިތަ!

02 އެޕްރީލު 2018
ޓްރެފިކް ފުލުހުންގެ ކަމަކީ ސްޓިކާ ޖެހުން އެކަނިތަ!
17 ފެބުރުއަރީ 2018

މައިކް އަތުލައި، ފުލުހުންގެ އަނިޔާ ލިބެންދެން ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ހުސެއިން ދެއްކީ ނަމޫނާއެއް!

17 ފެބުރުއަރީ 2018
މައިކް އަތުލައި، ފުލުހުންގެ އަނިޔާ ލިބެންދެން ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ހުސެއިން ދެއްކީ ނަމޫނާއެއް!
14 ސެޕްޓެމްބަރު 2017

ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!

14 ސެޕްޓެމްބަރު 2017
ދުނިޔޭގައި މިއަދު އެންމެ އަގު ބޮޑީ ތެލެއް ނޫން، ޑޭޓާ!
13 އޯގަސްޓު 2017

ވާޖިބް އަދާކުރުމުގައި ފުލުހުންގެ ދެ ފުށް!

13 އޯގަސްޓު 2017
ވާޖިބް އަދާކުރުމުގައި ފުލުހުންގެ ދެ ފުށް!
03 އޯގަސްޓު 2017

މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟

03 އޯގަސްޓު 2017
މި އިސްތިރީގެ އަގު މިހާ ބޮޑީ ކީއްވެ؟
29 ޖުލައި 2017

މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!

29 ޖުލައި 2017
މުޅި ގައުމުގައި އޮތީ ފުލުހުންގެ ވާޖިބު އެކަނިތޯއެވެ.!
21 މެއި 2017

ފުލުހުންގެ ތަސައްވަރު ދުވަހެއް ދުވަހަކަށް ގޯހުން ގޯހަށް!

21 މެއި 2017
ފުލުހުންގެ ތަސައްވަރު ދުވަހެއް ދުވަހަކަށް ގޯހުން ގޯހަށް!
27 އެޕްރީލު 2017

ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން

27 އެޕްރީލު 2017
ފުލުހުންގެ ބަންދުގައި 9 ދުވަސް: ރާއްޖެޓީވީގެ މައިކްގެ ދުލުން
24 އެޕްރީލު 2017

ޔާމީން ރަޝީދުގެ ގޭގެ ސަރަހައްދުގައި ހުސް ކެމެރާ، ގާތިލުންނަށް ފިލޭނެތަ!؟

24 އެޕްރީލު 2017
ޔާމީން ރަޝީދުގެ ގޭގެ ސަރަހައްދުގައި ހުސް ކެމެރާ، ގާތިލުންނަށް ފިލޭނެތަ!؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް