Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ފުލުހުންނަށްކުރާ އިތުބާރު

ފުލުހުންގެ ތަސައްވަރު ދުވަހެއް ދުވަހަކަށް ގޯހުން ގޯހަށް!

ޤާސިމްގެ ބަންދާއި މެދު ގޮތެއް ނިންމުމުގައި ފުލުހުން ކޯޓަށް ދޮގު ބަޔާނެއްދީފައިވޭ

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 21 މެއި 2017 | އާދީއްތަ 02:48
މުޒާހަރާއެއްގައި އެސްއޯ ފުލުހުންތަކެއް ހަރަކާތްތެރިވަނީ

މުޒާހަރާއެއްގައި އެސްއޯ ފުލުހުންތަކެއް ހަރަކާތްތެރިވަނީ

ފުލުހުންނަކީ ދިވެހި ރައްޔިތުންނަށް، ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ޤާނޫނުން ލާޒިމްކޮށްފައިވާ މުއައްސަސާއެވެ. އެ ވެރިންނަކީ ރައްޔިތު މީހާއަށް އަނިޔާއެއް ލިބުނަ ނުދީ، ރައްކާތެރިކޮށްދޭންޖެހޭ މީހުންނެވެ. އިންސާފާއި ހަމަހަމަކަން ޤާއިމްކުރުމަށް ޤާނޫނު އަސާސީން މަތިކޮށްފައިވާ ފަރާތެވެ.

ޤާނޫނު އަސާސީ އާއި ޤާނޫނުތަކުގައި ބުނެފައި ވަނީ އެއްވެސް ފުލުހަކު ޣައިރު ޤާނޫނީ އަމުރަކަށް ތަބާ ވެގެން ނުވާނެ ކަމަށެވެ. ހަމަ އެގޮތަށް އެވެރިންނަކީ އަނިޔާވެރިކަމާއި، ދޮގު ބުނެގެންވާނެ ބަޔަކަށްވެގެން ނުވާނެކަމަށްވެސް ޤާނޫނު އަސާސީގައި ބުނެފައިވެއެވެ.

ޤާނޫނީ ގޮތުން މަތި ކޮށްފައިވާ ބޮޑު ޒިންމާއާއެކުގައި ދިވެހިން އެންމެ ބޮޑު އިހުތިރާމަކާއި، އިތުބާރެއް ވެސް ކުރީ ފުލުހުންގެ އިދާރާއަށެވެ. ދިވެހިން ގަބޫލުކުރި ގޮތުގައި އެވެރިންނަކީ ދޮގު ހަދާނެ ބައެއް ނޫނެވެ. އެ ވެރިންނަކީ ނުހައްޤުން އެއްވެސް ރައްޔިތަކަށް އަނިޔާއެއް ކުރާނެ ބައެއް ވެސް ނޫން ކަމަށް ދިވެހިން ގަބޫލުކޮށްގެންތިއްބެވެ. ނަމަވެސް ކަން އޮތީ އެގޮތަށް ހެއްޔެވެ؟ ދުރު ނޫން ތާރީހެއްގައި ހުރިހާ ދިވެހި ރައްޔިތުންނަށް ފެނިގެންގޮސްފައިވާ ކުޑަކުޑަ މިސާލަކަށް ބަލާލަމާތޯ އެވެ.

ފުލުހުންގެ އެ ބުނާ އިންޓެލިޖެންސަކަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް އެތައް ދުވަހަކު ދޫނިދޫ ޖަލުގައި ބަންދުކޮށްގެން ގެންގުޅުނެވެ. އެ ބުނާ އިންޓަލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ފުރަތަމަ ފަހަރު 15 ދުވަހު ޖަލުގައި ގެންގުޅެނެވެ. ދެ ވަނަ ފަހަރުވެސް އެ ބުނާ އިންޓަލިޖެންސް ރިޕޯޓަކާއެކު ޤާސިމަކީ ޤައުމީ ސަލާތަށް އޮތް ނުރައްކަލަކަށްވެ 4 ދުވަސް ދޫނިދޫ ކުޑަ ގޮޅީގައި ބޭއްވި އެވެ.

19 ދުވަހު ދޫނިދޫ ޖަލުގައި ޤާސިމް ގެންގުޅެގެންވެސް ފުލުހުން ހިތެއް ނުފުރުނެވެ. އެ ވެރިންނަށް އެ ބޭނުންވާ ހެއްކެއް އެކެއް ނުކުރެވުނު އެވެ. އިތުރަށްވެސް ޤާސިމް ބަންދުގައި ބަހައްޓަން ކޯޓަށް ގެންދިއުމުން، ޤާސިމްގެ ހުރިހާ މިނިވަންކަމެއް ނަގާލުމަށް ފަހު އޭނާ ގެޔަށް ދޫކޮށްލުމަށް ކޯޓުން ނިންމި އެވެ. ކޯޓުން އެގޮތަށް ނިންމިއިރު، ވަކި ބޭފުޅަކު ހިތް ނުރުހޭ އެއްޗެއް ބުންޏަސް، ވަކި މީހަކާ ވާހަކަދައްކާލިޔަސް ޖަލަށްލާނެކަމަށް އޮތީ ޝަރުތުކޮށްފަ އެވެ. އެ ވާހަކަ އެއްފަރާތްކޮށްލާނަމެވެ. ނަމަވެސް ޤާސިމަށް އެ ނިކަމެތި ހާލު ޖެއްސުމަށްފަހު އެންމެފަހުން ފަޅައިއެރީ، ޤާސިމަށް އެ ހުރިހާ އަނިޔާއެއްދީފައިވަނީ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން ކޯޓަށް "ދޮގު" ބަޔާނެއް ދިނުމުން ކަމެވެ.

ކޯޓުން ވަނީ ޤާސިމްގެ ޤާނޫނީ ވަކީލުންނަށް ފޮނުވި ލިޔުމުގައިވެސް އެކަން ހާމަކޮށްފަ އެވެ. އެއީ ފުލުހުންނަށް އޮޅުމަކުންދެވިފައިވާ މައުލޫމާތެއްކަމާއި، އެކަމަށް ފުލުހުން ވަނީ "މައާފަށް" އެދިފައިކަމަށް ކޯޓުން ބުނެފައިވެއެވެ. އުފެދޭ ސުވާލަކީ އެވަރުގެ ބޮޑު މައްސަލައެއްގައި ފުލުހުންނަށް އޮޅުމެއް އަރާފާނެތޯ އެވެ. އޮޅުމެއް އެރިކަމުގައިވާނަމަ އެހާ ދުވަހު އެކަން ހާމަނުކޮށްތިބީ ކީއްވެތޯ އެވެ. ކޮންމެ ދިމާލަކަށް ވިސްނާލިނަމަވެސް ފެންނަން އޮތީ އެއް ކަމެކެވެ. އެ މުއައްސަސާގެ ތާކުންތާކުނުޖެހޭ ކަމެވެ. އެ މުއައްސަސާ ވަކީ މީހެއްގެ ކޮންޓްރޯލް ދަށަށް ގޮސްފައިވާ މިންވަރެވެ.

ވިސްނާވަޑައިގެންބައްލަވާށެވެ. ޤާސިމްގެ ބަންދުގެ މުއްދަތާއި ހައްޔަރުގެ ވާހަކައަކީ މުޅި މީޑިއާ އެކަމަކަށް ފާރަލަމުންގެންދިޔަ ކަމެކެވެ. އިމާރަތްތަކުގެ މަތިންނާއި، ކުދި ކުދި ލޯވަޅުތަކުން ވީޑިއޯތައްކޮށް އާންމުންނަށް ގެނެސްދިން މައުލޫމާތުތަކެވެ. ފުލުހުންނާއި ކޮންމެ ދުވަހަކު މީޑިއާއިން އެތައް ސުވާލެއް އޮއްސާލާ ޝަރީއަތަކެވެ. ނަމަވެސް ފުލުހުން އެކަމުގައި ތިބީ ދޮގު ބުނެގެން ނޭނގޭ ކަމަށް ހަދައި ދެ އަތް އުރާލައިގެންނެވެ. ބައްޕައެއް އޭނާގެ ދަރިންނާއި ވަކިކޮށްލައިގެންނެވެ. ފިރިޔަކު އޭނާގެ އަނބިންނާއި ދުރުކޮށްލައިގެންނެވެ. އެތައް ރައްޔިތުންގެ އުއްމީދުގެ ހުޅުކޮޅުގައި އަތް އަޅާއިގެންނެވެ.

ޤާސިމާއި މެދު އެގޮތަށް ކަންތައްކުރިއިރު ނިކަމެތި އާންމު ރައްޔިތު މީހާއަށް ކިހާވަރެއްގެ ސަމާލުކަމެއް މިވެރިންދޭނެ ހެއްޔެވެ. އާންމު ރައްޔިތުންނަށް ލޯތްބެއް އިހުތިރާމެއް އޮންނާނެތޯ އެވެ. ހައްގުތައް ރައްކާތެރިކޮށްދޭނެ ކަމުގެ ޔަގީންކަން އޮންނާނެތޯ އެވެ.

ޤައުމުގެ ވަލިއުލްއަމުރު 25 އޮކްޓޯބަރ 2015 ގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ވިދާޅުވެފައިވެއެވެ. ފުލުހުންގެ މުއައްސަސާއަކީ ވަކި ބޭފުޅަކު ކޮންޓްރޯލްކުރާ، ސިޔާސީ ނުފޫޒުވަދެފައިވާ މުއައްސަސާއެއްކަން އެމަނިކުފާނަށް ފާހަގަކުރެވިފައިވާކަމަށެވެ. ފުލުހުންގެ މުއައްސަސާ މަސައްކަތްކުރަނީ ނާޖާއިޒު ނުފޫޒެއް ނެތި، ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކަން ފުރިހަމައަށް ލިބިދެވޭނެ ގޮތަށް ހެއްޔެވެ؟ އެ އިތުބާރެއް އެތައް ރައްޔިތުންގެ މިހާރު ނެތެވެ. އިތުބާރު ގެއްލުވާލަނީ ވެސް އަމިއްލަ އަށެވެ. ދުވަހެއް ދުވަހަކަށް ފުލުހުންގެ މުއައްސަސާގެ ތަސައްވަރު ދަނީ ގޯސްވަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މައިކް އަތުލައި، ފުލުހުންގެ އަނިޔާ ލިބެންދެން ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ހުސެއިން ދެއްކީ ނަމޫނާއެއް!

މައިކް އަތުލައި، ފުލުހުންގެ އަނިޔާ ލިބެންދެން ނޫސްވެރިކަމުގެ ވާޖިބު އަދާކުރުމުގައި ހުސެއިން ދެއްކީ ނަމޫނާއެއް!

17 ފެބުރުއަރީ 2018
އީޕީއެސްގެ އިސް ދަރިވަރެއްތަ؟ ބޮޑު ދުވަހެއް އަންނަނީ!

އީޕީއެސްގެ އިސް ދަރިވަރެއްތަ؟ ބޮޑު ދުވަހެއް އަންނަނީ!

22 ޖެނުއަރީ 2018
ނަސްރުގެ ދުވަސް: ފިލާވަޅު ލިބި، ހަނދާން އާކުރަންޖެހޭ ދުވަހެއް

ނަސްރުގެ ދުވަސް: ފިލާވަޅު ލިބި، ހަނދާން އާކުރަންޖެހޭ ދުވަހެއް

03 ނޮވެމްބަރު 2017
ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

ކުޑަ އާބާދީއެއްގެ މެޖޯރިޓީ ވެސް ސަރުކާރަށް ނުހޯދުނު، ދުވަހެއް ދުވަހަކަށް ތާއިދު ދަށަށް!

20 އޯގަސްޓު 2017
ވާޖިބް އަދާކުރުމުގައި ފުލުހުންގެ ދެ ފުށް!

ވާޖިބް އަދާކުރުމުގައި ފުލުހުންގެ ދެ ފުށް!

13 އޯގަސްޓު 2017

އަހަރުތަކުން މިއަދު

20 ޖެނުއަރީ
ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި
20251 އަހަރު ކުރިން
ރާއްޖެ

ޕިއްޒާ ސްޓަންޓް އަތަށް ގޮވާ، ޑީއެންއާރުގެ މަސައްކަތާއި މެދު ޖަވާބު ނުދެވި ނޫސްވެރިންނަށް ފިއްލަވައިފި

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

އައްމަޓީ ފުރުމަށް ދީފައިވާ ހުއްދަ ބާތިލުކުރަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމި ނިންމުން ސުޕްރީމް ކޯޓުން ބާތިލުކޮށްފި

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި
20233 އަހަރު ކުރިން
ރާއްޖެ

ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްއާ ބެހޭ ގަވާއިދު ނެރެފި

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ކޮމަންޑޫ ދާއިރާގެ ރައްޔިތުން ގޮވަނީ 346 މިލިއަން ރުފިޔާ ގެންދިޔައީ ގޯނިގޯނީގައިތޯއެވެ.

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހޯޕް ޓްރެވަލްސްއިން ތަފާތު މޮޑެލްއެއްގެ ލޯންޗެއް - ގަލްފް ކްރާފްޓްގެ \"ސިލްވަރ ކެޓް 34\"

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!
20197 އަހަރު ކުރިން
ރިޕޯޓު

ރައުޝަން ޖިއާންގެ މަރަށް 1 މަސް، އޭނާގެ ފަހު ދުވަސް ދިޔަ ގޮތް މަންމަގެ ދުލުން!

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!
20188 އަހަރު ކުރިން
ރިޕޯޓު

އެއް އުކުޅެއް: ގާސިމްގެ ވިޔަފާރި ނައްތާލަން މަސައްކަތް ކުރަނީ ގުޅީ އީސާ ކަލޭފާނުގެ ވިޔަފާރި ނައްތާލި ގޮތަށް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު