Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެމްއައިޓީޑީން ކުރިއަށް ގެންދާ ސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރު: މިސްރާބު ނ.ލަންދޫއަށް

ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ 20 ވަނަ ދުވަހުގެ ހަވީރު ފަރި މޯލްޑިވްސް ރިސޯޓުގައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 13 ފެބުރުއަރީ 2022 | އާދީއްތަ 08:41
ސަވާދީއްތަ ދަތުރު ހުޅުވުމުގެ ރަސްމިއްޔާތު ނިންމާލުމަށްފަހު އެކި އެކި ޚަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައި

ސަވާދީއްތަ ދަތުރު ހުޅުވުމުގެ ރަސްމިއްޔާތު ނިންމާލުމަށްފަހު އެކި އެކި ޚަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައި

މޯލްޑިވްސް އިންޓެގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޔޮޓް ރެލީގެ ބައިވެރިން ނ. ލަންދޫއަށް މިސްރާބު ޖަހައިފިއެވެ.

ހދ. ނޮޅިވަރަންފަރުގައި މަޑުކުރުމަށްފަހު ދަތުރުގައި ބައިވެރިވާ ޔޮޓުތަކުން ލަންދޫއަށް ދަތުރުތައް ފަށާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު ހައެއް ޖެހިއިރުއެވެ. މި ދަތުރުގައި ގާތްގަނޑަކަށް 10 ވަރަކަށް ގަޑިއިރު ހޭދަވާނެއެވެ. ލަންދޫއަށް ކުރަމުންދާ ދަތުރުގައި ބައިވެރީންނަށް މަރުހަބާ ވިދާޅުވުމަށް ހެރިޓޭޖު މިނިސްޓްރީގެ ވަފުދެއްވެސް ވަނީ އެރަށަށް ޒިޔާރަތްކޮށްފައެވެ. އާދީއްތަ ދުވަހުގެ ރޭގަނޑު އޮންނާނީ ލަންދޫން ދަތުރުގެ ބައިވެރީންނަށް މަރުހަބާ ކިއުމެވެ.

ސަވާދީއްތަ ދަތުރު އިންތިޒާމްކުރާ އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ, ރަށްރަށުގެ ރައްޔިތުންގެ ފަރާތުން މި ދަތުރަށް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި މި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުން ފަތުރުވެރިކަމަށް ބޭނުންވެފައިވާ މިންވަރު މި ދަތުރުން ފެނިފައިވާކަން ފާހަގަކުރައްވާ ރާއިދު ވިދާޅުވީ ސަވާދީއްތަ ދަތުރާއެކު ރާއްޖޭގެ ހޯމްސްޓޭ ޓޫރިޒަމްއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.

މި ދަތުރުގެ ތެރެއިން ރާއްޖޭގެ ރަށްތައް އިޝްތިހާރުކޮށް އެރަށްތަކުގެ ޚާއްސަ ކަންކަން ފަތުރުވެރިންނާއި ހިއްސާކޮށްފައިވެއެވެ. އަދި އެފަރާތްތަކުން އަންނަނީ މި މައުލޫމާތުތައް ބޭރުގެ އެކި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާ ކުރަމުންނެވެ.

ރާއިދު ވިދާޅުވީ މި ދަތުރުގައި ބައިވެރިވާ ފަތުރުވެރިން އިންސާފު ކުރަނީ ދިވެހި ކެއުންތައް ކަމަށެވެ. އަދި އެކެއުންތައް ފަތުރުވެރިންނަށް ވަރަށް ކަމުގޮސްފައިވާކަމަށް ވިދާޅުވެ، ރާއިދު ވަނީ ވަކިން ޚާއްސަކޮށް އުތީމު ގަނޑުވަރުގައި އޮތް މަލާފަތް ފަތުރުވެރިންނަށް ވަރަށް ކަމުގޮސްފައިވާކަން ފާހަގަކޮށްފައެވެ.

މި ދަތުރުގައި ރާއްޖޭގެ ސަގާފީ ކަންކަން ބަލާލުމާއި ކެއުންތައް އިންސާފު ކުރުމުގެ އިތުރުން ރަށްރަށުގެ ރައްޔިތުންނާއި ފަތުރުވެރިންނާއެކު ގިނަ ހަރަކާތްތަކެއް އަންނަނީ ކުރިއަށް ގެންދަމުންނެވެ. އެގޮތުން ލަންދޫ ސްކޫލުގެ ދަރިވަރުންނާއި، ފަތުރުވެރިންގެ ގޮތުގައި މި ދަތުރުގައި ބައިވެރިވާ ކިޔަވާ ކުދިން މައުލޫމާތު ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. ދަތުރުގައި ބައިވެރިވާ ކުދިންގެ ތަޖުރިބާތަށް ލަންދޫ ސްކޫލުގެ ދަރިވަރުންނާއި ހިއްސާ ކުރުން އޮންނާނީ ހޯމަ ދުވަހުއެވެ.

ސަވާދީއްތަ ދަތުރުގެ ބައިވެރީން ހޯމަ ދުވަހުވެސް މަޑުކުރާނީ ލަންދޫގައެވެ. އަދި އަންގާރަ ދުވަހު ކުޑަ ވަގުތުކޮޅަކަށް މަނަދޫއަށް ދިއުމަށްފަހު އެނބުރި އަނެއްކާވެސް ބައިވެރިން ދާނީ ލަންދޫއަށެވެ. އެއަށްފަހު ދަތުރުގެ ފަހު މަންޒިލް ކަމުގައިވާ ބ.ތުޅާދޫއަށް ޔޮޓުތައް ދަތުރުކުރާނެއެވެ. މި ރެލީ ނިންމާލުމަށް މިމަހުގެ 19 ވަނަ ދުވަހު ޔޮޓުތައް ދަތުރުކުރާނީ ފަރި މޯލްޑިވްސް ރިސޯޓަށެވެ. ނިންމުމުގެ ރަސްމިއްޔާތު އޮންނާނީ 20 ވަނަ ދުވަހުގެ ހަވީރު ފަރި މޯލްޑިވްސް ރިސޯޓުގައެވެ.

ރާއްޖޭގެ ފަތުރުވެރިކްނަ އިޝްތިހާރުކޮށް ކުރިއެރުވުމަށް ބާއްވާ މި ރެލީގައި ޖުމްލަ 9 ޔޮޓެއް ބައިވެރިވިއެވެ. ނަމަވެސް މަގްބޫލު އުޒުރަކާއެކު ދެޔޮޓެއް ވަނީ ދަތުރާއި ވަކިވެފައެވެ. މި ދަތުރުގައި ބައިވެރިވާ ޔޮޓުތަކުގެ ތެރޭގައި ސޯޝަލް މީޑިއާގައި ސެލެބްރިޓީ ފެންވަރުގެ ދެޔޮޓުވެސް ހިމެނެއެވެ. އަދި އެއްމާބަނޑު ތިން ކުދިން ގޮވައިގެން އުޅޭ ސްވިޑެންގެ އާއިލާއަކާއި، އިންޑިއާގެ އެންމެ ފުރަތަމަ ސޯލޯކޮށް ދުނިޔެ ވަށާ ބުރުޖެހި ކެޕްޓަން ބިލިޕްސްއާއި އޭނާގެ އަންހެނުންވެސް މި ދަތުރުގައި ބައިވެރިވެއެވެ.

ކާމިޔާބުކަމާއެކު ކުރިއަށް ގެންދާ މި ދަތުރާ ގުޅޭގޮތުން ރާއިދު ވިދާޅުވީ މިއަށްވުރެ މާ ފުރިހަމަކޮށް މިއަންނަ އަހަރުގައިވެސް މި ރެލީ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަދި އުންމީދަކީ މެދުނުކެނޑި ކޮންމެ އަހަރަކުވެސް ސިލްސިލާކޮށް މިދަތުރުތައް ކުރިއަށް ގެންދެވުން ކަމަށެވެ.

ސަވާދީއްތަ

އިތުރަށް ކިޔާލަން

26 މާރިޗު 2023

ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު

26 މާރިޗު 2023
ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު
16 މާރިޗު 2023

ސަވާދީއްތަ ދަތުރު: މޫސުން ގޯސްވިޔަސް ޝެޑިއުލާ އެއްގޮތަށް ދަތުރުގެ ކަންކަން ކުރިއަށްދޭ

16 މާރިޗު 2023
ސަވާދީއްތަ ދަތުރު: މޫސުން ގޯސްވިޔަސް ޝެޑިއުލާ އެއްގޮތަށް ދަތުރުގެ ކަންކަން ކުރިއަށްދޭ
01 މާރިޗު 2023

ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު

01 މާރިޗު 2023
ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު
01 މާރިޗު 2023

މި އަހަރު ނިމެންވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ - ޑރ.މައުސޫމް

01 މާރިޗު 2023
މި އަހަރު ނިމެންވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ - ޑރ.މައުސޫމް
01 މާރިޗު 2023

14 ޔޮޓާއެކު ސަވާދިީއްތައިގެ ދެވަނަ އެޑިޝަން ފަށައިފި

01 މާރިޗު 2023
14 ޔޮޓާއެކު ސަވާދިީއްތައިގެ ދެވަނަ އެޑިޝަން ފަށައިފި
28 ފެބުރުއަރީ 2023

ސަވާދީއްތަ ދަތުރުން ބޮޑު އީދަށް ރަށްރަށް ވިދާލާނެ: މިނިސްޓަރު މައުސޫމް

28 ފެބުރުއަރީ 2023
ސަވާދީއްތަ ދަތުރުން ބޮޑު އީދަށް ރަށްރަށް ވިދާލާނެ: މިނިސްޓަރު މައުސޫމް
25 ފެބުރުއަރީ 2023

ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފި

25 ފެބުރުއަރީ 2023
ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފި
28 ސެޕްޓެމްބަރު 2022

ސަވާދީއްތަ ދަތުރު 2023ށް އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފަށައިފި

28 ސެޕްޓެމްބަރު 2022
ސަވާދީއްތަ ދަތުރު 2023ށް އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފަށައިފި
16 އޯގަސްޓު 2022

ސަވާދިއްތަ ދަރުތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް: އެމްއައިޓީޑީސީ

16 އޯގަސްޓު 2022
ސަވާދިއްތަ ދަރުތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް: އެމްއައިޓީޑީސީ
14 އޯގަސްޓު 2022

"ބޮޑު ހިތެއް އޮތް ކުޑަ ޤައުމެއް"

14 އޯގަސްޓު 2022
"ބޮޑު ހިތެއް އޮތް ކުޑަ ޤައުމެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު