ކ. މާލެ
|
13 ފެބްރުއަރީ 2022 | އާދީއްތަ 02:55
ގދ. ތިނަދޫ
ގދ. ތިނަދޫ
ޓްވިޓަރ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
މޮނިޓަރިންގ ގައި އޮތް ރަށްތަކުގެ އަދަދު 32ށް ތިރިވެއްޖެ
 
އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގ ގައި އޮތް ދެ ރަށަކީ ކ.މާފުއްޓާއި ހއ.އިހަވަންދޫ
 
އެޗްޕީއޭއިން މީގެ ކުރިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު 40 ރަށެއް މޮނިޓަރިންގ އަށް ލާފައިވޭ

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މިވަގުތު މޮނިޓަރިންގ ގައި އޮތީ 32 ރަށެއްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މޮނިޓަރިންގ ގައި 40 ރަށެއް އޮތެވެ. ނަމަވެސް މިމަހުގެ 10 ވަނަ ދުވަހު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު މޮނިޓަރިންގ ގައި އޮތް ރަށްތަކުގެ އަދަދު 32ށް ވަނީ މަދުވެފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު އަދިވެސް އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގ ގައި އޮތް ދެ ރަށަކީ ކ.މާފުއްޓާއި ހއ.އިހަވަންދޫއެވެ. މީގެތެރެއިން މާފުށި މޮނިޓަރިންގ އަށް ލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ހއ.އިހަވަންދޫ މޮނިޓަރިންގ އަށް ލާފައިވަނީ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުއެވެ.

މިހާރު މޮނިޓަރިންގ ގައި ހުރި އެހެން ރަށްތަކަށް ބަލާލާއިރު ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު މޮނިޓަރިންގ އަށް ލާފައިވާ ހދ.ނޮޅިވަރަމްފަރު އަދިވެސް އޮތީ މޮނިޓަރިންގ ގައެވެ. ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު މޮނިޓަރިންގ އަށްލީ ށ.ފުނަދޫ، އަދި ލ.ގަން އަދިވެސް އޮތީ މޮނިޓަރިންގ ގައެވެ. ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު މޮނިޓަރިންގ އަށް ލާފައިވާ ގދ.ގައްދޫގެ އިތުރުން ހދ.ހަނިމާދޫ އަދިވެސް އޮތީ މޮނިޓަރިންގ ގެ ހާލަތުގައެވެ.

ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ކ.ގުރައިދޫ މޮނިޓަރިންގ އަށް ލާފައިވާއިރު އެރަށާއި ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު މޮނިޓަރިންގ އަށް ލީ ހއ.ދިއްދޫ އަދިވެސް އޮތީ މޮނިޓަރިންގގައެވެ. ޖެނުއަރީ މަހުގެ 21 ވަނަ ދުވަހު މޮނިޓަރިންގ އަށްލީ ތ.ގުރައިދޫ ވެސް އަދިވެސް އޮތި މޮނިޓަރިންގ ގެ ހާލަތުގައެވެ. ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު މޮނިޓަރިންގ އަށް ލީ 7 ރަށުގެ ތެރެއިން މިހާރު މޮނިޓަރިންގ ގެ ހާލަތުގައި އޮތީ 4 ރަށެކެވެ. އެއީ ހދ.ކުޅުދުއްފުށި، ލ.ދަނބިދޫ، ށ.ކަނޑިތީމު އަދި ވ.ކެޔޮދޫއެވެ.

ޖެނުއަރީ މަހުގެ 23 ވަނަ ދުވަހު މޮނިޓަރިންގ އަށް ގެނެސްފައިވާ ނ.ކުޑަފަރި އަދި ގދ.ތިނަދޫ ވެސް އަދިވެސް އޮތީ މޮނިޓަރިންގ ގައެވެ. 24 ވަނަ ދުވަހު މޮނިޓަރިންގ އަށް ލީ 4 ރަށުގެ ތެރެއިން މިހާރު މޮނިޓަރިންގ ގައި އޮތީ 3 ރަށެކެވެ. އެއީ އދ.މަހިބަދޫ، ދ.ކުޑަހުވަދޫ އަދި ދ.ހުޅުދެލިއެވެ.

ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވާ 3 ރަށުގެ ތެރެއިން މިވަގުތު މޮނިޓަރިންގ ގައި އޮތީ ށ.މިލަންދޫ އެކަންޏެވެ. ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ނ.މާޅެންދޫ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވާއިރު ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބ.ކެންދޫ ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ.

ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ރ.ކިނޮޅަސް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވާއިރު 30 ވަނަ ދުވަހު ބ.ތުޅާދޫ އަދި 31 ވަނަ ދުވަހު ރ.އިނގުރައިދޫ ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ.

ފެބްރުއަރީ މަހު މޮނިޓަރިންގ އަށް މިހާތަަނށް 7 ރަށެއް ގެނެސްފައިވެއެވެ. އެއީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު މޮނިޓަރިންގ އަށް ލީ ހދ. ވައިކަރަދޫ އާއި މިމަހުގެ 4 ވަނަ ދުވަހު މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވާ ނ. ހޮޅުދޫއެވެ. އަދި ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު މޮނިޓަރިންގ އަށް ލާފައިވާ ތ.ވިލުފުށި، ގދ.ފިޔޯރީ، ގދ.ހޯނޑެއްދޫގެ އިތުރުން ރ.އަލިފުއްޓެވެ. އެންމެފަހުން މޮނިޓަރިންގ އަށް ލާފައިވަނީ ލ.ފޮނަދޫ އެވެ. އެއީ ފެބްރުއަރީ 6 ވަނަ ދުވަހުއެވެ.

ދުވަސްތަކަކަށްފަހު ރާއްޖޭގައި ރިކޯޑް ކުރަމުން އަންނަ ކޮވިޑްގެ ކޭސްތަކުގެ އަދަދު ވަނީ ހާހަކުން ދަށަށް ޖެހިލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް