Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެކުވެރިކަމުގެ ވޮލީ މެޗު

ބަންގްލަދޭޝްއިން ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށްފި

12 ފެބުރުއަރީ 2022 | ހޮނިހިރު 12:55

އެކުވެރިކަމުގެ ތިންވަނަ މެޗުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ފެނިގެން ގޮސްފައިވަނީ އާދައިގެ ކުޅުމެއް

އަތޫފް އާތިފް
އަތޫފް އާތިފް | 12 ފެބުރުއަރީ 2022 | ހޮނިހިރު 12:55
ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި އެކުވެރިކަމުގެ މެޗުގެ ތެރެއިން

ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި އެކުވެރިކަމުގެ މެޗުގެ ތެރެއިން

ބަންގްލަދޭޝް އާއި ދެކޮޅަށް ރާއްޖެ ކުޅުނު ބައިނަލްއަޤްވާމީ އެކުވެރިކަމުގެ ވޮލީމެޗު ތަކުގެ ފަހު މެޗުން ރާއްޖެ ސީދާ ތިން ސެޓުން ބަލިވެއްޖެއެވެ.

އެކުވެރިކަމުގެ ސިލްސިލާގެ ފުރަތަމަ މެޗުން ފަހަތުން އަރައި 3-1 ސެޓުން ރާއްޖެ ކާމިޔާބުކުރިއިރު، ދެވަނަ މެޗުން ރާއްޖެ 3-1 ސެޓުން ވަނީ ބަލިވެފައެވެ.

ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް، ސެޓުގެ ވަކި ހިސާބަކުން ބަންގްލަދޭޝްއިން ވަނީ ތަފާތު މޮޅު ކުޅުމެއް ކުޅެ، މި ސެޓު އެޓީމު ކޮޅަށް އަނބުރާލާފައެވެ. އެގޮތުން ބަންގަލަދޭޝްއިން މި ސެޓު ކާމިޔާބުކުރީ 25-18 އިންނެވެ.

މެޗުގެ ދެވަނަ ސެޓު ރާއްޖެއިން ރަނގަޅަށް ފަށައި ދެ ޕޮއިންޓްގެ ލީޑެއްގައި ކުޅުނު އިރު ސެޓުގެ ކުރީ ކޮޅު އާދަމް ނަސީމް (އެޑަމާ) އާއި، ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަ ކާއްޓޭ)ގެ ބާރު ހަމަލާތަކެއް ފެނިގެންދިޔައެވެ. އެކަމަކު މި ސެޓުގައި ވެސް ރާއްޖެއަށް ލީޑުގައި ކުޅެވުނީ ސެޓުގެ މެދަކާ ހިސާބަށެވެ. ސެޓުގެ ފަހު ކޮޅު ބަންގްލަދޭޝްއިން ވަނީ ކުޅުން ރަނގަޅުކޮށް 25-21 އިން މި ސެޓުވެސް ކާމިޔާބުކޮށްފައެވެ.

މެޗުގެ ތިންވަނަ ސެޓުގައި ބަންގްލަދޭޝްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ތަފާތު މޮޅު ކުޅުމެކެވެ. އެގޮތުން މި ސެޓު ފަށައިގެން އެ ޓީމު ކުޅެފައިވަނީ ރަނގަޅު ލީޑެއްގައި އޮވެގެންނެވެ. ރާއްޖޭގެ ފަރާތުން މި ސެޓުގައި ފެނިގެން ގޮސްފައިވަނީ އާދައިގެ ކުޅުމެކެވެ. މި ސެޓު ބަންގްލަދޭޝްއިން ކާމިޔާބުކުރީ 25-18 އިންނެވެ.

ބަންގްލަދޭޝްއާއި ދެކޮޅަށް ރާއްޖެ އިން ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ ތިން ވޮލީ މެޗަކީ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފްގެ އިސްނެންގެވުމާއިއެކު ލިބުނު ފުރުސަތެކެވެ.

މީގެ ކުރިން މިދިޔަ ޑިސެމްބަރު މަހު ރާއްޖެއިން ވަނީ ސްރީލަންކާއާ ދެކޮޅަށްވެސް ބައިނަލްއަގްވާމީ އެކުވެރިކަމުގެ ތިން މެޗު ކުޅެފައެވެ. އަދި އިންޑިއާގެ ހައިދަރުއާބާދު ސްޕައިކާސް އާއި ދެކޮޅަށް ވެސް އެކުވެރިކަމުގެ ތިންމެޗެއް ވަނީ ކުޅެފައެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް