Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެކުވެރިކަމުގެ މެޗު

އެކުވެރިކަމުގެ ދެވަނަ މެޗު ބަންގްލަދޭޝްއިން ކާމިޔާބުކޮށްފި

10 ފެބުރުއަރީ 2022 | ބުރާސްފަތި 12:24

މި މެޗު ބަންގްލަދޭޝްއިން ކާމިޔާބުކުރީ 3-1 ސެޓުން

އަތޫފް އާތިފް
އަތޫފް އާތިފް | 10 ފެބުރުއަރީ 2022 | ބުރާސްފަތި 12:24
ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި އެކުވެރިކަމުގެ ދެވަނަ މެޗުގެ ތެރެއިން

ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި އެކުވެރިކަމުގެ ދެވަނަ މެޗުގެ ތެރެއިން

ރާއްޖެއިން ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ސިލްސިލާ މެޗުތަކުގެ ތެރެއިން ދެވަނަ މެޗު ވާދަވެރި ކުޅުމަކަށްފަހު ބަންގްލަދޭޝްއިން ކާމިޔާބުކޮށްފިއެވެ.

ބުދަ ދުވަހުގެރޭ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގައި ކުޅުނު މި މެޗު ބަންގްލަދޭޝްއިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.

މި މެޗުގެ ފުރަތަމަ ސެޓުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ދަށް ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ބަންގްލަދޭޝްއިން ވަނީ ފަސޭހަކަމާއެކު 19-25 އިން ކާމިޔާބުކޮށްފައެވެ. މި ސެޓުގައި ކޯޗު މުޙައްމަދު ސާޖިދު (ބޮޑުކާއްޓޭ) ވަނީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދީފައެވެ. އެގޮތުން މާއިދު މުޙައްމަދަށް ފުރުސަތު ދިންއިރު މިއީ މާއިދު ގައުމީ ޖާޒީގައި ކުޅުުނު ދެވަނަ މެޗެވެ.

މެޗުގެ ދެވަނަ ސެޓުގައި ރާއްޖޭގެ ޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ސެޓު ފަށައިގެން ރާއްޖެއިން ވަނީ ހަތް ޕޮއިންޓްގެ ލީޑެއް ނަގައިފައެވެ. އެކަމަކު ބަންގްލަދޭޝްއިން ކުޅުން ރަނގަޅުކޮށް 7-7 އިން އެއްވަރުކުރިއެވެ. އޭގެ ފަހުން ރާއްޖޭގެ އާދަމް ފައިރޫޒް އާއި އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ބާރު ހަމަލާތަކާއެކު މި ސެޓު ރާއްޖެއިން ގެންދިޔައީ 25-16 އިންނެވެ.

ތިންވަނަ ސެޓުގައި ބަންގްލަދޭޝްއިން ކުޅުން ރަނގަޅުކުރިއިރު، ބަންގްލަދޭޝް ޓީމުން ކުރި އެޓޭކްތައް ރިސީވް ކުރުމުގައި ރާއްޖޭގެ ކުޅުންތެރިންގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެންދިޔައެވެ. އަދި މި ސެޓުގައި ރާއްޖޭގެ ކުޅުންތެރިން ކުރި އެޓޭކްތައް ހުއްޓުވުމުގައި ބަންގްލަދޭޝް ކުޅުންތެރިންގެ ފަރާތުން މޮޅު ބްލޮކްތަކެއް ފެނިގެންދިޔައެވެ. މި ސެޓު ބަންގްލަދޭޝްއިން ގެންދިޔައީ 15-25 އިންނެވެ.

މެޗުގެ ހަތަރުވަނަ ސެޓުގައި ދެ ޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. މި ސެޓުގައި ރާއްޖޭގެ ކުޑަކާއްޓޭ އާއި އާދަމް ނަސީމް (އެޑަމާ)ގެ މޮޅު އެޓޭކްތަކެއް ފެނިގެންދިޔަ ނަމަވެސް ސެޓުގެ ފަހުކޮޅު ހެދުނު ގޯސްތަކުގެ ފައިދާ ނަގާ ބަންގްލަދޭޝްއިން މި ސެޓު ކާމިޔާބުކުރީ 21-25 އިންނެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗު ބައްލަވާލައްވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް އަދި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވަޑައިގެންނެވިއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް