Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރު: ދިވެހި ކެއުންތަކުގެ ރަހަ ބަލާލަން ފުރުސަތު ލިބުމުން ފަތުރުވެރިން ތިބީ ވަރަށް ހިތްހަމަޖެހިފައި

މި ދަތުރުގެ ތެރެއިން ދިވެހި ކެއުންތަކުގެ ރަހަ ބަލާލުމަށް ފުރުސަތު ލިބުނު، ފަތުރުވެރިންނަށް ކެއުންތައް ވަރަށް ކަމުދިޔަ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ފެބުރުއަރީ 2022 | ބުދަ 08:54
ފަތުރުވެރިން ދިވެހި ކެއުންތަކުގެ ރަހަ ބަލަނީ

ފަތުރުވެރިން ދިވެހި ކެއުންތަކުގެ ރަހަ ބަލަނީ

ސަވާދީއްތަ ދަތުރުގައި ހުރިހާ ފަތުރުވެރިން ވެސް ދިވެހި ކެއުންތަކުގެ ރަހަ ބަލާލުމަށް ފުރުސަތު ލިބުމުން ވަރަށް ހިތްހަމަޖެހިގެން ތިބި ކަމަށް މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބުނެފިއެވެ.

އެމްއައިޓީޑީސީ އިން ބުނީ ދިވެހި ކެއުންތަކުގެ ރަހަ ބަލާލުމަށް ފުރުސަތު ލިބުމުން ފަތުރުވެރިން ވަރަށް ހިތްހަމަޖެހިގެން ތިބިއިރު އެމީހުން މީގެ ކުރިން ރާއްޖެއަށް އެތައް ފަހަރަކު ދަތުރުކޮށްފައިވީ ނަމަވެސް ދިވެހި ކައުންތަކުގެ ރަހަ ބަލާލުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ. އަދި މި ދަތުރުގެ ތެރެއިން ދިވެހި ކެއުންތަކުގެ ރަހަ ބަލާލުމަށް ފުރުސަތު ލިބުމުން، އެމީހުންނަށް ކެއުންތައް ވަރަށް ކަމުގޮސްފައިވާ ކަަމަށެވެ.

އެމްއައިޓީޑީސީ އިން ބުނީ ބުދަ ދުވަހުގެ ހެނދުނު 09:15 ގައި އުތީމަށް ފަތުރުވެރިން ގޮސް، ސްކޫލު ބެލުމަށްފަހު، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި އުތީމު ގަނޑުވަރަށާއި މިސްކިތް ޒިޔާރަތްކޮށްފައިވާ ކަމަށެވެ. ފަތުރުވެރިން އުތީމަށް ކުރަމުން އައި ދަތުރު މިހާރު ނިމިފައިވާ ކަމަށް ވެސް އެމްއައިޓީޑީސީ އިން ބުންޏެވެ. ބުރާސްފަތި ދުވަހު މި ޓީމު ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ހދ. ނޮޅިވަރަންފަރަށެވެ.

ސޯޝަލް މީޑިއާގައި ސެލެބްރިޓީ ފެންވަރުގެ ދެޔޮޓެއް ސަވާދީއްތަ ދަތުރުގައި ބައިވެރިވަމުން އަންނަކަމަށް ވެސް އެމްއައިޓީޑީސީ އިން ވަނީ ބުނެފައެވެ. ސަވާދީއްތަ ދަތުރު އިންތިޒާމްކުރާ އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ, ސޯޝަލް މީޑިއާގައި ސެލެބްރިޓީ ފެންވަރުގެ ދެޔޮޓެއް ސަވާދީއްތަ ދަތުރުގައި ބައިވެރިވަމުން އަންނަކަމީ މިހަރަކާތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި ދަތުރުގައި ބައިވެރިވެފައިވާ ޔޮޓުތަކުގެ ތެރެއިން ސެއިލިން ޒަޓާރާގައި ޔޫޓިއުބުގައި ހަތަރު ލައްކައަށްވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ. އަދި މި ދަތުރުގައި ބައިވެރިވާ ސެއިލިން އެކުއޭރިިއަސްގެވެސް ގިނަ އަދަދެއްގެ ފޮލޯވަރުން ހުރިކަމަށް ރާއިދު ވިދާޅުވިއެވެ.

ސަވާދީއްތަ ދަތުރަކީ އެމްއައިޓީޑީސީގެ ފަރާތުން މުޅި ދުނިޔެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ރެލީއެކެވެ. އެމްއައިޓީޑީސީގެ ފަރާތުން މިހަރަކާތް ކުރިއަށް ގެންދިޔުމަށް ގަސްދުކޮށްފައިވަނީ ލޯކަލް ޓޫރިޒަމް، ހެރިޓޭޖް ޓޫރިޒަމް އަދި ރޫރަލް ޓޫރިޒަމް ހިމެނޭ ގޮތަށެވެ.

މިދަތުރަށް "ސަވާދީއްތަ ދަތުރު" ގެ ނަން ދެވިފައިވަނީ، ދިވެހިރާއްޖޭގެ ޤައުމީ ބަތަލު، އައްސުލްތާނު ޣާޒީ މުހައްމަދު ތަކުރުފާނު އަލްއައުޒަމް ސިރީ ސަވާދީއްތަ މަހާރަދުންނާއި ގުޅުވައިގެންނެވެ.

ސަވާދީއްތަ

އިތުރަށް ކިޔާލަން

26 މާރިޗު 2023

ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު

26 މާރިޗު 2023
ސަވާދީއްތަ ދަތުރުގެ ތިން ވަނަ އެޑިޝަން އަންނަ އަހަރުގެ ފެބްރުއަރީ މަހު
16 މާރިޗު 2023

ސަވާދީއްތަ ދަތުރު: މޫސުން ގޯސްވިޔަސް ޝެޑިއުލާ އެއްގޮތަށް ދަތުރުގެ ކަންކަން ކުރިއަށްދޭ

16 މާރިޗު 2023
ސަވާދީއްތަ ދަތުރު: މޫސުން ގޯސްވިޔަސް ޝެޑިއުލާ އެއްގޮތަށް ދަތުރުގެ ކަންކަން ކުރިއަށްދޭ
01 މާރިޗު 2023

ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު

01 މާރިޗު 2023
ސަވާދިއްތައިގެ ދެ ވަނަ އެޑިޝަން ފެށުން ލަންދޫ އިން، ދަތުރުގެ އުންމީދު ބޮޑު
01 މާރިޗު 2023

މި އަހަރު ނިމެންވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ - ޑރ.މައުސޫމް

01 މާރިޗު 2023
މި އަހަރު ނިމެންވާއިރު ރާއްޖޭގެ ހުރިހާ ރަށެއްގައި ކޮމިއުނިޓީ ބޭސްޑް ޓުއަރިޒަމް ފުޅާކުރެވޭނެ - ޑރ.މައުސޫމް
01 މާރިޗު 2023

14 ޔޮޓާއެކު ސަވާދިީއްތައިގެ ދެވަނަ އެޑިޝަން ފަށައިފި

01 މާރިޗު 2023
14 ޔޮޓާއެކު ސަވާދިީއްތައިގެ ދެވަނަ އެޑިޝަން ފަށައިފި
28 ފެބުރުއަރީ 2023

ސަވާދީއްތަ ދަތުރުން ބޮޑު އީދަށް ރަށްރަށް ވިދާލާނެ: މިނިސްޓަރު މައުސޫމް

28 ފެބުރުއަރީ 2023
ސަވާދީއްތަ ދަތުރުން ބޮޑު އީދަށް ރަށްރަށް ވިދާލާނެ: މިނިސްޓަރު މައުސޫމް
25 ފެބުރުއަރީ 2023

ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފި

25 ފެބުރުއަރީ 2023
ސަވާދީއްތަ ދަތުރުގައި ބައިވެރިވާ ޔޮޓުތައް ލަންދޫގައި ބަނދަރުކުރަން ފަށައިފި
28 ސެޕްޓެމްބަރު 2022

ސަވާދީއްތަ ދަތުރު 2023ށް އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފަށައިފި

28 ސެޕްޓެމްބަރު 2022
ސަވާދީއްތަ ދަތުރު 2023ށް އާރުކާޓީން ތަމްރީނު ކުރުމުގެ ޕްރޮގްރާމު ފަށައިފި
16 އޯގަސްޓު 2022

ސަވާދިއްތަ ދަރުތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް: އެމްއައިޓީޑީސީ

16 އޯގަސްޓު 2022
ސަވާދިއްތަ ދަރުތުގައި އެންމެ ބޮޑު އިސްކަމެއް ދޭނީ ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް: އެމްއައިޓީޑީސީ
14 އޯގަސްޓު 2022

"ބޮޑު ހިތެއް އޮތް ކުޑަ ޤައުމެއް"

14 އޯގަސްޓު 2022
"ބޮޑު ހިތެއް އޮތް ކުޑަ ޤައުމެއް"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު