Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާބިތާގެ ސެކްރެޓަރީ ޖެނެރަލްގެ ދަތުރުފުޅު

ރާބިތަތުލް އާލަމިލް އިސްލާމީގެ އޮފީހެއް ރާއްޖޭގައި ގާއިމުކުރުމަށް މަޝްވަރާކޮށްފި

ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ހަރުކަށި ފިކުރު ހުއްޓުވުމަށް ހިންގާނެ ޕްރޮގްރާމްތަކާމެދު މަޝްވަރާކުރެއްވި

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 8 ފެބުރުއަރީ 2022 | އަންގާރަ 18:40
ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ފޮރިން މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން

ރާބިތަތުލް އާލަމިލް އިސްލާމީގެ އޮފީހެއް ރާއްޖޭގައި ގާއިމުކުރުމަށް މަޝްވަރާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ރާބިތަތުލް އާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް، ޝައިޚް ޑޮކްޓަރ މުހައްމަދު ބިން އަބްދުލްކަރީމް އަލް އީސާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން, އަންގާރަ ދުވަހު ވަނީ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޚަލީލްއާ ބައްދަލުކުރައްވައި ދެގައުމުން ގުޅިގެން ކުރެވޭނެ މަސައްކަތްތަކާމެދު ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާ ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު ޚަލީލް ވިދާޅުވީ, ރާބިތަތުލް އާލަމިލް އިސްލާމީގެ އޮފީހެއް ރާއްޖޭގައި ގާއިމުކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އިސްލާމްދީނާ ގުޅޭގޮތުން ގިނަ މަޝްވަރާތަކެއް ކޮށްފައިވާކަން ފާހަަގަކުރައްވައި ޚަލީލް ވިދާޅުވީ, އިސްލާމީ އުއްމަތަށް ކުރިމަތިވެފައިވާ ބޮޑެތި މައްސަލަތަކާއި، ދިމާވަމުންދާ މައްސަލަތަކާއި، ޓެރަރިޒަމާ ދެކޮޅަށް ކުރެވޭ މަސައްކަތްތަކާއި، ހަރުކަށި ފިކުރު ހުއްޓުވުމަށް ހިންގާނެ ޕްރޮގްރާމްތަކާމެދު ފުޅާދާއިރާއެއްގައި މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އިސްލާމް ދީނުގެ ސައްހަ އަގީދާ ފެތުރުމާއި، އިސްލާމްދީނާމެދު އުފައްދާ ނަފްރަތު ހުއްޓުވުމާ ބެހޭގޮތުންނާއި، ރާއްޖޭގެ ދީނީ އިލްމުވެރިންނާއި އިމާމުން އިތުރަށް ތަމްރީނުކުރުމަށް ޕްރޮގުރާމްތަކެއް ހިންގުމަށް މަޝްވަރާކޮށްފައިވާ ކަމަށް ޚަލީލް ވިދާޅުވިއެވެ. މީގެ އިތުރުން އަންހެންނުންގެ ހައްގުތައް ކަށަވަރު ކުރުމާއި އަންހެނުންނަށް ފުރުސަތު ދިނުމާ ގުޅޭގޮތުން ވެސް ފުޅާ ދާއިރާގައި މަޝްވަރާކޮށްފައިވާކަމަށެވެ.

ޚަލީލް ވިދާޅުވީ މަޝްވަރާ ބައްދަލުވުމުގައި, ރާބިތާއާ ގުޅިގެން ކުރެވޭނެ މަސައްކަތްތަކާއި، އެހީތެރިކަން ފޯރުކޮށްދެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށެވެ.

ރާބިތަތުލް އާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ދެއްވި ވާހަކަފުޅުގައި, ނިޝާން ކަލާފާނުގެ ޝަރަފުގެ އިއްޒަތް އަރުއްވާފައިވާތީ އެކަން ފާހަގަކުރެއްވިއެވެ. އަދި އެއީ ލިބުނު ކުރިއެރުމެއް ގޮތުގައި ފާހަގަކުރެއްވިއެވެ. ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި މަގުސަދު ހާސިލްވެފައިވާ ކަމަށާއި، މުހިންމު މަޝްވަރާތަކެއް ކުރެވިފައިވާކަމަށް ވިދާޅުވިއެވެ.

ރާބިތާގެ ސެކްރެޓަރީ ޖެނެރަލް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައި މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ.

ފޮރިން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025
ސްރީލަންކާ އަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް ހުއްދަ" ހޯދަން ޖެހޭ ގޮތަށް ހަދައިފި

ސްރީލަންކާ އަށް އެތެރެވުމުގެ ކުރިން "އިލެކްޓްރޯނިކް ޓްރެވަލް ހުއްދަ" ހޯދަން ޖެހޭ ގޮތަށް ހަދައިފި

14 އޮކްޓޯބަރު 2025
ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ

ރައީސް ނަޝީދުގެ އޮފީހުން ފާސް ހޯދުމަށް މިނިސްޓްރީގައި ރަސްމީކޮށް އެދިފައިނުވޭ - ފޮރިން މިނިސްޓްރީ

23 ސެޕްޓެމްބަރު 2025
ނަޝީދަށް އ.ދ ގެ މަރުކަޒަށް ވަނުމުގެ ފާސް ހޯދުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އިންކާރުކޮށްފި

ނަޝީދަށް އ.ދ ގެ މަރުކަޒަށް ވަނުމުގެ ފާސް ހޯދުމުގެ އިންތިޒާމް ހަމަޖައްސައިދިނުމަށް ސަރުކާރުން އިންކާރުކޮށްފި

22 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު