Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފޮރިން މިނިސްޓްރީ

ނޭޕާލުގައި ހަމަނުޖެހުން ހިނގާތީ އެ ގައުމަށް ނުދާން އެދިއްޖެ

ނޭޕާލުގައި މި ވަގުތު ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން، އެ ގައުމަށް ދިވެހިން ދަތުރުނުކުރަން ފޮރިން މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2025 | އަންގާރަ 19:03
ރާއްޖޭގެ ފޮރިން މިނިސްޓްރީ: ނޭޕާލުގައި މި ވަގުތު ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން، އެ ގައުމަށް ދިވެހިން ދަތުރުނުކުރަން ވަނީ އިލްތިމާސްކޮށްފަ

ރާއްޖޭގެ ފޮރިން މިނިސްޓްރީ: ނޭޕާލުގައި މި ވަގުތު ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން، އެ ގައުމަށް ދިވެހިން ދަތުރުނުކުރަން ވަނީ އިލްތިމާސްކޮށްފަ

ނޭޕާލުގައި މި ވަގުތު ހިނގަމުންދާ ހަމަނުޖެހުމާ ގުޅިގެން، އެ ގައުމަށް ދިވެހިން ދަތުރުނުކުރަން ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން އެގޮތަށް އިލްތިމާސް ކުރީ ނޭޕާލްގައި ސޯޝަލް މީޑިއާ ބޭން ކުރަން ނިންމުމާ ގުޅިގެން މިހާރު ކުރަމުންގެންދާ މުޒަހަރާތައް ހޫނުވެ، ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންދާތީ އެވެ.

Advertisement - newsAdvertisement

މުޒާހަރާތައް ހޫނުވެ، އެގައުމުގައި އަންނަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގަމުންނެވެ. އެގޮތުން ނޭޕާލުގެ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާއި ދެމެދު އަންނަނީ ބޮޑެތި ކުރިމަތިލުންތަކެއް ވެސް ހިނގަމުންނެވެ.

ސުޕްރީމް ކޯޓުގެ ހުކުމަކާ އެކު ސޯޝަލް މީޑިއާ ބަންދުކުރުމާއެކު، ނޭޕާލުގައި ހޯމަ ދުވަހު ފެށުނު ހަމަނުޖެހުންތަކުގައި މިހާތަނަށް 19 މީހުން މަރުވެ، އެތައް ބަޔަކު ވަނީ ޒަހަމްވެފަ އެވެ.

މިޒާހަރާތަކުގެ ސަބަބުން ޕްރެޝަރު ބޮޑުވެ ނޭޕާލްގެ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީ ވަނީ އިސްތިއުފާ ދީފަ އެވެ. މުޒާހަރައިގެ ބައިވެރިން ވަނީ އޭނާގެ ގެއާއި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހާއި ސަރުކާރުގެ އެހެނިހެން އޮފީސްތަކުގައި ހުޅުޖަހާފަ އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ވަނީ ނޭޕާލުގެ އިދާރާތަކުންނާއި އިންޑިއާގައި ހުންނަ ހައި ކޮމިޝަން އަދި މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމާއި ހަމަނުޖެހުން ހިނގާ ސަރަހައްދުތަކާ ދުރުވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ހަނދާންކޮށްދީފަ އެވެ.

އޭގެ އިތުރުން، ނޭޕާލްގެ ވެރި ރަށް ކަތަމަންޑޫގެ ގިނަ ސަރަހައްދުތަކެއްގައި ކާފިއު އިއުލާންކޮށްފައިވާތީ، އެ ސިޓީގައި ދިރިއުޅޭ މީހުން ދަތުރުފަތުރުކުރުމުގައި ސަމާލުކަން ދިނުމާއި އާއްމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީ، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ނޭޕާލުގައި މި ވަގުތު ވެސް ގިނަ އަދަދެއްގެ ދިވެހި ޑޮކްޓަރުން ސްޕެޝަލައިޒް ވުމަށް އަންނަނީ ކިޔަވަމުންނެވެ.

އެ ބަޔާނުގައި ބުނީ ނޭޕާލުގައި ކިޔަވަމުން އަންނަ ދިވެހިންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން އެ ގައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، އެ ހާއްސަ ހާލަތުގައި ބޭނުންވާ ލުއި ފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނާއި އެ މިނިސްޓްރީން މަސައްކަތްކުރާ ކަމަށެވެ.

އޭގެ އިތުރުން އެ ގައުމުގެ މަޝްރަހު އިތުރަށް ގޯސްވެއްޖެނަމަ، ނޭޕާލުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން މިނިސްޓްރިން ވަނީ އަރުވައިފަ އެވެ.

ނޭޕާލުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވެއްޖެނަމަ، އިންޑިއާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަންގެ ނަމްބަރު، 919910040786‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬‬+ ނުވަތަ މިނިސްޓްރީގެ ހޮޓްލައިން 7983400 އަށް ގުޅުމަށް ވަނީ އެދިފަ އެވެ.

ނޭޕާލްފޮރިން މިނިސްޓްރީސޯޝަލް މީޑިއާނޭޕާލް-ދިވެހިރާއްޖެ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!

ގެސްޓް ހައުސްއެއް ގައި މަރުވެފައި އޮއްވާ ފެނުނު ނޭޕާލް މީހާގެ ގޮހޮރުން ނެގީ 78 ޑްރަގް ބުލެޓް!

05 ޑިސެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

އޮސްޓްރޭލިޔާ ގައި 16 އަހަރުން ދަށުގެ ކުދިންނަށް ޑިސެމްބަރު 10 ން ފެށިގެން ސޯޝަލް މީޑިއާ ބޭނުން ކުރުން މަނާ ވާނެ

21 ނޮވެމްބަރު 2025
އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

އިންޑިއާ އަށް އެތެރެވުމުގެ ކުރިން "އީ-އެރައިވަލް ކާޑު" ފުރަން ޖެހޭ ގޮތައް ހަދައިފި

14 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

19 ފެބުރުއަރީ
ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ
20251 އަހަރު ކުރިން
ސިއްހަތު

ޑެންގީ ކޮންޓްރޯލު ކުރަން މަދިރި ގެންނަ މީހުންނަށް ފިލިޕީންސް ގައި ފައިސާ ދެނީ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް
20242 އަހަރު ކުރިން
ރާއްޖެ

ފްލެޓް ލިސްޓުގައި ގޯހެއް ހަދާފައެއް ނޯންނާނެ، ރައްޔިތުންނަށް އެމީހުންގެ ހައްގުތައް ދީ: އަކްރަމް

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟
20233 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ބަޔަކު ތުރުކީވިލާތަށް އެހީވުމުގެ ސިއްރު އެނގޭތަ؟

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!
20224 އަހަރު ކުރިން
ކޮލަމް

ވިހަމަނާފުށި އިޚުތިޔާރު ކުރެވުނުގޮތާއި ކުރުނބާގެ ނަން ދެވުނު ސަބަބު!

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ފިލްމީ ތަރި ކޮއްޔަ ހަސަން މަނިކު ނިޔާވެއްޖެ

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ
20197 އަހަރު ކުރިން
ދިވެހި ބަސް

‏މީޑިއާ ކޮންޓްރޯލް ކުރަނީ ނުފޫޒުގަދަ ބަޔެކެވެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ކައުންސިލަރ ޖެނެރަލް ޖަލްސާ ދޫކުރައްވައި ނިކުމެވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު