Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބްރޫނޯ ގިމާރޭސް

އާސެނަލަށްވުރެ ބޮޑު ކްލަބެއްގެ ގޮތުގައި ނިއުކާސަލް ފެނުމުގެ ފުރުސަތު އެބައޮތް

ގިމާރޭޒްގެ ސޮއި ހޯދުމަށް ނިއުކާސަލްއިން ވަނީ 57 މިލިއަން ޑޮލަރު ޚަރަދުކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް | 8 ފެބުރުއަރީ 2022 | އަންގާރަ 13:29
ނިއުކާސަލްއަށް މިދިޔަ ޓްރާންސްފާ މާކެޓުގައި ގުޅުނު ބްރޫނޯ ގިމާރޭސް

ނިއުކާސަލްއަށް މިދިޔަ ޓްރާންސްފާ މާކެޓުގައި ގުޅުނު ބްރޫނޯ ގިމާރޭސް

ކުރިއަށް އޮތް ތަނުގައި އާސެނަލަށްވުރެ ބޮޑު ކްލަބެއްގެ ގޮތުގައި ނިއުކާސަލް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޓީމަށް މިދިޔަ ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގައި ބަދަލުވި ބްރެޒިލްގެ މިޑްފިލްޑަރު ބްރޫނޯ ގިމާރޭސް ބުނެފިއެވެ.

މިދިޔަ ޓްރާންސްފާ ބާޒާރުގައި ނިއުކާސލަް އިން ވަނީ އެޓީމުގެ ސްކޮޑް ވަރުގަދަ ކުރުމަށް ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދާފައެވެ. އޭގެ ތެރޭގައި ފްރާންސްގެ ލިޔޯނަށް ކުޅެމުން އައި ހުނަރުވެރި ތަރި ގިމާރޭސް ހިމެނެއެވެ. ބްރެޒިލްގެ ސީނިއާ ގައުމީ ޓީމަށްވެސް ކުޅެމުން އަންނަ އުމުރުން 24 އަހަރުގެ ގިމަރޭސްގެ ސޮއި ހޯދުމަށް ނިއުކާސަލްއިން ވަނީ 57 މިލިއަން ޑޮލަރު ޚަރަދުކޮށްފައެވެ.

ނިއުކާސަލަށް ސޮއި ކުރި ސަބަބެއްގެ ގޮތުގައި ގިމާރޭސް ބުނީ ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި ނިއުކާސަލަކީ އާސެނަލަށްވުރެ ބޮޑު ކްލަބަކަށް ވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ނިއުކާސަލްއަށް އައުމަށް ޝައުގުވެރިވީ އެ ކްލަބުގައި ގިނަ ކަންތައްތަކެއް ހުރުމުން ކަމަށާއި، އޭގެ ތެރޭގައި ކްލަބް ކުރިޔަށްދާން ހަދާފައި އޮތް ޕްލޭން ގަބޫލުކުރާ ކަމަށް ގިމާރޭސް ބުންޏެވެ. އަދި ކުރިޔަށް އޮތް އަހަރުތަކުގެ ތެރޭގައި ނިއުކާސަލް ވެގެންދާނީ ފުޓުބޯޅައިގެ ބޮޑު ބާރަކަށް ކަމަށް ގިމާރޭސް ބުންޏެވެ.

ނިއުކާސަލްގެ މެޖޯރިޓީ ހިއްސާ މިހާރު އޮތް ޕީއައިއެފްގެ މިލްކިއްޔާތުގައި 434 ބިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ ފުޓުބޯޅަ ކްލަބެއް ހިންގާ އެންމެ ބޮޑު މިލްކިއްޔާތެވެ. ނިއުކާސަލްއާ ދެން އެންމެ ކައިރިކުރާ މެންޗެސްޓާ ސިޓީ ހިންގަމުން އަންނަ ސިޓީ ފުޓުބޯޅަ ގްރޫޕްގެ ވެރިޔާ ޔޫއޭއީގެ ޝެއިހް މަންސޫރުގެ މިލްކިއްޔާތުގައި އުޅެނީ 32 ބިލިއަން ޑޮލަރެވެ.

މީގެ ހަަތަރު މަހެއްހާ ދުވަސް ކުރިން ސައުދީ އަރަބިއްޔާގެ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އިން އިސްވެ، ނިއުކާސަލް ގަތްއިރު، އެ ޓީމުން ވަނީ މިދިޔަ މަހުގެ ޓްރާންސްފާ މާކެޓްގައި ކުޅުންތެރިން ގަންނަން 122 މިލިއަން ޑޮލަރު ހަރަދުކޮށްފައެވެ.

ނިއުކާސަލް ޔުނައިޓެޑް

އިތުރަށް ކިޔާލަން

29 ސެޕްޓެމްބަރު 2025

ފަހަތުން އަރައި އާސެނަލް އިން ނިއުކާސަލް ބަލިކޮށްފި

29 ސެޕްޓެމްބަރު 2025
ފަހަތުން އަރައި އާސެނަލް އިން ނިއުކާސަލް ބަލިކޮށްފި
05 އޯގަސްޓު 2025

ސެސްކޯ ހޯދުމަށް ނިއުކާސަލް އިން 90 މިލިއަން ޔޫރޯ ހުށަހަޅައިފި

05 އޯގަސްޓު 2025
ސެސްކޯ ހޯދުމަށް ނިއުކާސަލް އިން 90 މިލިއަން ޔޫރޯ ހުށަހަޅައިފި
16 ޖުލައި 2025

އިސާކް ހޯދަން ލިވަޕޫލް އިން މަސައްކަތް ކުރަނީ

16 ޖުލައި 2025
އިސާކް ހޯދަން ލިވަޕޫލް އިން މަސައްކަތް ކުރަނީ
05 ޑިސެމްބަރު 2024

ނިއުކާސަލް އިން ލިވަޕޫލާ އެއްވަރު ކޮށްފި

05 ޑިސެމްބަރު 2024
ނިއުކާސަލް އިން ލިވަޕޫލާ އެއްވަރު ކޮށްފި
03 ނޮވެމްބަރު 2024

ނިއުކާސަލް އަތުން ބަލިވެ، އާސެނަލް ހަތަރަކަށް

03 ނޮވެމްބަރު 2024
ނިއުކާސަލް އަތުން ބަލިވެ، އާސެނަލް ހަތަރަކަށް
28 އޮކްޓޯބަރު 2024

ނިއުކާސަލް ބަލިކޮށް، ޗެލްސީ ފަސް ވަނަ އަށް

28 އޮކްޓޯބަރު 2024
ނިއުކާސަލް ބަލިކޮށް، ޗެލްސީ ފަސް ވަނަ އަށް
11 ޖޫން 2024

ޓްރަފޯޑް ހޯދުމަށް ނިއުކާސަލް އިން މަސައްކަތް ކުރަނީ

11 ޖޫން 2024
ޓްރަފޯޑް ހޯދުމަށް ނިއުކާސަލް އިން މަސައްކަތް ކުރަނީ
16 މެއި 2024

ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓަރ ޔުނައިޓެޑް މޮޅު

16 މެއި 2024
ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓަރ ޔުނައިޓެޑް މޮޅު
14 ޖެނުއަރީ 2024

އިތުރު ވަގުތުގައި މެންޗެސްޓަރ ސިޓީ މޮޅުކޮށްދިނީ އޮސްކާ ބޮބް

14 ޖެނުއަރީ 2024
އިތުރު ވަގުތުގައި މެންޗެސްޓަރ ސިޓީ މޮޅުކޮށްދިނީ އޮސްކާ ބޮބް
02 ޖެނުއަރީ 2024

ލިވަޕޫލް މޮޅުވެ، ލީޑުގައި

02 ޖެނުއަރީ 2024
ލިވަޕޫލް މޮޅުވެ، ލީޑުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު