Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ނިއުކާސަލް އަތުން ބަލިވެ، އާސެނަލް ހަތަރަކަށް

3 ނޮވެމްބަރު 2024 | އާދީއްތަ 04:08

ނިއުކާސަލް އަތުން ވީ ބައްޔަކީ، މި ސީޒަންގެ ލީގުގައި އާސެނަލް ބަލިވި ދެ ވަނަ މެޗެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 3 ނޮވެމްބަރު 2024 | އާދީއްތަ 04:08
މެޗުގައި ލަނޑު ޖެހުމަށްފަހު ނިއުކާސަލްގެ އިސާކް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށްފަހު ނިއުކާސަލްގެ އިސާކް އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، އާސެނަލް ލީގު ތާވަލްގެ ހަތަރު ވަނަ އަށް ވެއްޓިއްޖެ އެވެ.

ނިއުކާސަލްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 1-0 އިންނެވެ. އެއީ މެޗުގެ ފުރަތަމަ ހާފުގައި އާސެނަލް ކޮޅަށް ލަނޑު ޖަހައިގެންނެވެ. ނިއުކާސަލް އަތުން ވީ ބައްޔާއެކު، ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް އާސެނަލް ނިންމާލަން ޖެހުނީ މޮޅެއް ނުހޯދި އެވެ. ތިން މެޗުން އެ ޓީމަށް އެންމެ ޕޮއިންޓެއް ލިބިފައިވާއިރު، އެއީ ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވުމުންނެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅެމުން ދިޔަ ނިއުކާސަލް އިން އާސެނަލް ކޮޅަށް ލަނޑު ޖެހީ 12 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ނިއުކާސަލަށް ޖަހައިދިނީ އަލެކްސަންޑަ އިސާކް އެވެ. އެއީ ނިއުކާސަލްގެ އެންތަނީ ގޯޑަން ތަނަވަސްކޮށްދިން ފުރުސަތެއްގައި އިސާކް ޖެހި ލަނޑެކެވެ. އޭގެ ފަހުން ވެސް މެޗުގައި ނިއުކާސަލް އިން ލަނޑު ޖަހަން ފުރުސަތު ތަނަވަސްކުރި އެވެ. އާސެނަލް އިން ވެސް ވަނީ ލަނޑުގެ ފަހުން ކުޅުން ރަނގަޅުކޮށް، ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް އެ ޓީމަށް ލިބުނު ފުރުސަތުތައް ނިންމާލެވޭ ގޮތެއް ނުވި އެވެ.

ބައްޔާއެކު އާސެނަލް ހަތަރު ވަނައިގައި އޮތީ މިހާތަނަށް ލީގުގައި ކުޅުނު 10 މެޗުން 18 ޕޮޮއިންޓާ އެކު އެވެ. ފަސް މެޗުން އާސެނަލް މޮޅުވެފައިވާއިރު، ތިން މެޗު ވަނީ އެއްވަރުވެފަ އެވެ. ނިއުކާސަލް އަތުން ވީ ބައްޔަކީ، މި ސީޒަންގެ ލީގުގައި އާސެނަލް ބަލިވި ދެ ވަނަ މެޗެވެ.

ޕްރިމިއަރ ލީގުނިއުކާސަލް ޔުނައިޓެޑްއާސެނަލް

އެންމެ ހިނގާ

1

ދ.މީދޫގައި ރާއްޖެޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ބޮޑު ސްކްރީންގައި ދެއްކުމަށް ކުރި މަސައްކަތަށް ހުރަސްއަޅައިފި، ޕީއެންސީ ޓިކެޓުގައި އިންތިޚާބުވި ކައުންސިލު ރައީސް އެންގެވީ ޕްރޮގްރާމް ދެއްކުމަކީ މަސްލަހަތު ނަގާލުންކަމަށް!

2

ގާނޫނާ ހިލާފަށް ވަކިކުރި ފަރެސްމާތޮޑާ އެއާޕޯޓުގެ މުވައްޒަފަކަށް އަލުން ވަޒީފާއާއި ގެއްލުމުގެ ބަދަލު ދޭން އަމުރުކޮށްފި

3

"ޖާގަ ދެއްކުމަށް ފަހު ނޫނީ ސްޓިކަރ ނުޖަހާނެ" ކަމަށް ވިދާޅުވި ރައީސްގެ ވައުދު ބަދަލުވެ، ޖޫރިމަނާ ފީތަކުގެ ވެސް އަގު ބޮޑުކޮށްފި!

4

މެލޭޝިއާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދިވެހި އަންހެން ދަރިވަރަކު ނިޔާވެއްޖެ

5

ފެނަކަ އުވާލައި ސްޓެލްކޯއަށް ބަދަލުކުރުމަށް ނިންމި ނިންމުމާއެކު، ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާންވީ ގޮތެއް ނޭނގި މުވައްޒަފުން ބޮޑު ހާސްކަމެއްގައި!

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް