Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ނިއުކާސަލް އިން ލިވަޕޫލާ އެއްވަރު ކޮށްފި

މި ސީޒަންގައި ލިވަޕޫލް އިން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، ލީގުގައި އެ ޓީމު ވަނީ އެއް މެޗުން ބަލިވެފަ އެވެ. ދެ މެޗު އެއްވަރުވެފައިވާއިރު، 11 މެޗުން ވަނީ މޮޅުވެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ޑިސެމްބަރު 2024 | ބުރާސްފަތި 04:53
ނިއުކާސަލް އާއި ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން

ނިއުކާސަލް އާއި ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް އެއްވަރުވެއްޖެ އެވެ.

ނިއުކާސަލްގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 3-3 އިން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ނިއުކާސަލް އިން ލަނޑު ޖަހައި ލީޑު ހޯދިއިރު، ދެން ހުރި ލަނޑުތައް ފެނުނީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައި ނިއުކާސަލް އަށް ލީޑު ނަގައިދިނީ އެލެގްޒެންޑާ އިސާކް އެވެ. ނަމަވެސް ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ކާޓިސް ޖޯންސް ޖެހި ލަނޑުން ލިވަޕޫލް އިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ މިޞްރުގެ މުޙައްމަދު ޞަލާޙު އެވެ.

ދެ ވަނަ ފަހަރަށް ނިއުކާސަލް އިން ލީޑު ނެގީ 62 ވަނަ މިނެޓުގައި އެންތަނީ ގޯޑަން ޖެހި ލަނޑުންނެވެ. ނަމަވެސް އޭގެ ހަ މިނެޓު ފަހުން ޞަލާޙު ވަނީ ލަނޑު ޖަހައި، ދެ ވަނަ ފަހަރަށް ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އެ ލަނޑު އޭނާ ޖެހީ ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.

މެޗުގެ ފަހު ދިހަ މިނެޓުގެ ތެރޭގައި ލިވަޕޫލް އިން ވަނީ ތިން ވަނަ ލަނޑެއް ޖަހައި ފުރަތަމަ ފަހަރަށް ލީޑު ނަގައިފަ އެވެ. އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ލަނޑު ވެސް ޖެހީ ޞަލާޙު އެވެ. ނަމަވެސް މެޗުގެ 90 ވަނަ މިނެޓުގައި ފަބިއަން ޝާ ޖެހި ލަނޑުން ނިއުކާސަލް ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ނަތީޖާ އާއެކު ލިވަޕޫލް އެއް ވަނައިގައި އޮތީ މިހާތަނަށް ކުޅެފައިވާ 14 މެޗުން 35 ޕޮއިންޓާ އެކު އެވެ. މި ސީޒަންގައި ލިވަޕޫލް އިން ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނައިރު، ލީގުގައި އެ ޓީމު ވަނީ އެއް މެޗުން ބަލިވެފަ އެވެ. ދެ މެޗު އެއްވަރުވެފައިވާއިރު، 11 މެޗުން ވަނީ މޮޅުވެފަ އެވެ.

ޕްރިމިއަރ ލީގުނިއުކާސަލް ޔުނައިޓެޑްލިވަޕޫލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު