Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

ލިވަޕޫލް މޮޅުވެ، ލީޑުގައި

ލިވަޕޫލް އެއްވަނާގައި އޮތީ ތިން ޕޮއިންޓްގެ ލީޑެއްގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 2 ޖެނުއަރީ 2024 | އަންގާރަ 02:37
ލިވަޕޫލްގެ ދެވަނަ ލަނޑު ޖެހުމަށްފަހު ޖޯންސް

ލިވަޕޫލްގެ ދެވަނަ ލަނޑު ޖެހުމަށްފަހު ޖޯންސް | ރޮއިޓާސް

ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް, ލިވަޕޫލުން ލީގު ޕްރިމިއަރ ތާވަލްގެ އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ނަގައިފި އެވެ.

އިނގިރޭސި ލީގުގައި ނިއުކާސަލްގެ މައްޗަށް ލިވަޕޫލުން ކުރިހޯދީ 4-2 ނެވެ. މެޗުގައި ހަ ލަނޑުވެސް ފެނުނީ ދެވަނަ ހާފްގައެވެ. ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނެޓުގައި ލިވަޕޫލަށް ލީދް ނަގައިދިނީ ސަލާހު އެވެ. އެކަމަކު އޭގެ ހަތަރު މިނެޓު ފަހުން އިސާކް ލަނޑުޖަހާ ނިއުކާސަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނެވެ. ލިވަޕޫލަށް ދެވަނަ ފަހަރަށް ކުރި ހޯދައިދިނީ ޖޯންސް އެވެ. އޭނާ ލަނޑު ޖެހީ 74 ވަނަ މިނެޓުގައެވެ. އޭގެ ތިން މިނެޓު ފަހުން ގަކްޕޯ ލަނޑުޖަހާ ލިވަޕޫލަށް ހަމަޖެހުން ހޯދައިދިނެވެ. 81 ވަނަ މިނެޓުގައި ބޮޓްމޭން ލަނޑެއް ޖަހާ ނިއުކާސަލް އަށް އުއްމީދެއް ހޯދައިދިނަސް, ސަލާހު ވަނީ އިތުރު ލަނޑެއް ޖަހާ ލިވަޕޫލަށް މޮޅު ޔަގީން ކޮށްދީފައެވެ. ފަހު ލަނޑު ސަލާހު ޖެހީ ޕެނަލްޓީ އަކުންނެވެ.

މިމޮޅާއެކު ލިވަޕޫލް އެއްވަނާގައި އޮތީ 21 މެޗުން 45 ޕޮއިންޓާއެކު އެވެ. ދެވަނާގައި އެސްޓަން ވިލާ އޮތީ 20 މެޗުން 42 ޕޮއިންޓާ އެކުއެވެ. އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީ އޮތީ 19 މެޗުން 40 ޕޮއިންޓާއެކުއެވެ.

ޕްރިމިއަރ ލީގުލިވަޕޫލްނިއުކާސަލް ޔުނައިޓެޑް

އިތުރަށް ކިޔާލަން

05 ޖެނުއަރީ 2026

ފުލަމް ކައިރިން ލިވަޕޫލް އަށް ޕޮއިންޓެއް

05 ޖެނުއަރީ 2026
ފުލަމް ކައިރިން ލިވަޕޫލް އަށް ޕޮއިންޓެއް
30 ޑިސެމްބަރު 2025

ރައްޔިތުންނަށް ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ، އެކަމަކު ރައްޔިތުންގެ ޓެކްސް ފައިސާ އިން ލިވަޕޫލް އަށް ކުރާ ޚަރަދު ސިއްރު!

30 ޑިސެމްބަރު 2025
ރައްޔިތުންނަށް ފޮރުވާނެ އެއްވެސް އެއްޗެއް ނޯންނާނެ، އެކަމަކު ރައްޔިތުންގެ ޓެކްސް ފައިސާ އިން ލިވަޕޫލް އަށް ކުރާ ޚަރަދު ސިއްރު!
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު