Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއަރ ލީގު

ނިއުކާސަލް ޔުނައިޓެޑް އަތުން މެންޗެސްޓަރ ޔުނައިޓެޑް މޮޅު

މެންޗެސްޓަރ ޔުނައިޓެޑް އޮތީ 8 ވަނައިގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 16 މެއި 2024 | ބުރާސްފަތި 03:05
ލަނޑު ޖެހުމަށްފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ

ލަނޑު ޖެހުމަށްފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ

ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވެ, ޔުއެފާގެ ތިންވަނަ ފަންތީގެ މުބާރާތް ކަމަށްވާ ކޮނަފަރެންސް ލީގުގައި ވާދަކުރުމުގެ އުއްމީދު މެންޗެސްޓަރ ޔުނައިޓެޑުން ހޯދައިފި އެވެ.

3-2 ން ނިއުކާސަލް ޔުނައިޓެޑް އަތުން ހޯދި މޮޅާއެކު ޕްރިމިއަރ ލީގުގެ ފަހު މެޗާ ހަމައަށް ދާއިރު ޔުނައިޓެޑް އޮތީ 57 ޕޮއިންޓާއެކު 8 ވަނައިގައެވެ. ހަމަ އެއަދަދަށް ޕޮއިންޓް ލިބުނު ނަމަވެސް ފައިދާ ގޯލުން ކުރިހޯދައިގެން 7 ވަނައިގައި އޮތީ ނިއުކާސަލް ޔުނައިޓެޑެވެ. 60 ޕޮއިންޓާއެކު ހަވަނައިގައި އޮތް ޗެލްސީއާ ޕޮއިންޓްގެ ގޮތުން ހަމަކުރުމުގެ ފުރުޞަތެއް އޮތަސް، ގޯލްގެ ފަރަގު ވަރަށް ބޮޑުވުމުން ހަ ވަނައިގައި ނިންމާލުމަކީ ޔުނައިޓެޑަށް ދުރު ކަމެކެވެ. ނަމަވެސް އެފްއޭކަޕް ފައިނަލްގައި މެންޗެސްޓަރ ސިޓީ ބަލިކުރެއްވިއްޖެ ނަމަ ޔޫރޮޕާ ލީގުން ޖާގައެއް ލިބޭނެއެވެ.

ލީގުގައި ރޭ ނިއުކާސަލް ޔުނައިޓެޑް އަތުން މޮޅުވި މެޗުގައި ޔުނައިޓެޑްގެ ފުރަތަމަ ގޯލް ޖަހާ ލީޑް ނަގައިދިނީ 31 ވަނަ މިނެޓުގައި މައިނޫ އެވެ. ދެވަނަ ހާފް ފަށައިގެން ހަތަރު ވަނަ މިނެޓުގައި ގޯޑަން ލަނޑެއް ޖަހާ ނިއުކާސަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިން ނަމަވެސް ޑިއާލޯ ލަނޑު ޖަހާ ދެވަނަ ފަހަރަށް ޔުނައިޓެޑަށް ލީޑް ނަގައިދިނެވެ. އަދި ހޮއިލުންޑް ލަނޑު ޖަހާ މޮޅެއްގެ ޔަގީންކަން ހޯދައިދިނެވެ. މިއީ އޭނާ މިސީޒަންގެ ލީގުގައި ޖެހި 15 ވަނަ ގޯލެވެ. އެކަމަކު މެޗުގައި އޭނާ ޖެހި ގޯލަކީ 10 މެޗުން ޖެހި ފުރަތަމަ ގޯލެވެ. ނިއުކާސަލްއަށް ދެވަނަ ލަނޑެއް ޖެހުނީ މެޗުގެ އިތުރު ވަގުތުގައެވެ. ލަނޑު ޖެހީ ހޯލް އެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ޔުނައިޓެޑްނިއުކާސަލް ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖޫން
އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް
20251 އަހަރު ކުރިން
ރާއްޖެ

އޮސްޓްރޭލިއާ އިން ރާއްޖެ އަންނަ ފަތުރުވެރިންނަށް އިންޒާރެއް

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ޕާޓޭން ވަންނަ ކަމަށް ބުނެ، ސަލްމާން މިސްކިތް ރޭގަނޑު 9:00ގައި ބަންދުކުރަން ފަށައިފި

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ
20233 އަހަރު ކުރިން
ރިޕޯޓު

މަރުގެ ތުންފަތް މައްޗަށް ދެ ފަހަރު، ހިބައިން ނަގާފައި ދިނީ ކިޑްނީ

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
20224 އަހަރު ކުރިން
ސިއްހަތު

ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިޔާތޮށި އަހުމަދު މަނިކުގެ ޚުލްގާއި ގައުމީ ޚިދުމަތަށް ބަލައިލުމެއް

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު ނަމާދުގައި ހުއްޓަ އަނބުރައިގަނެގެން ވެއްޓުނު މީހާ ނިޔާވެއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް
20188 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ލޮލަށް ނުރައްކާތެރި ބައްޔެއް ޖެހިފައިވާއިރު ޕާސްޕޯޓު ނުދިނުމަކީ ކަންބޮޑުވާ މައްސަލައެއް: އިދިކޮޅު ފަރާތްތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު