Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިނގިރޭސި ޕްރިމިއާ ލީގު

ފަހަތުން އަރައި އާސެނަލް އިން ނިއުކާސަލް ބަލިކޮށްފި

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ، އޭނާ އަށް ކުރެވެނީ ޤަބޫލު ކުރަން ވެސް އުނދަގޫ އިޙުސާސެއް ކަމަށެވެ. ޚާއްސަކޮށް ފުޓުބޯޅަ އަކީ އެކަހަލަ އިޙުސާސްތަކުގެ މައްޗަށް އެކުލެވިގެންވާ ކުޅިވަރެއް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ އެންމެ ބޭނުންވާ ނަތީޖާ، ފަހު ވަގުތު ލިބުމުން އެއަށް ވުރެ ބޮޑު އުފާވެރި ކަމެއް ނޯންނާނެ ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ސެޕްޓެމްބަރު 2025 | ހޯމަ 05:49
މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އާސެނަލް އިން ލީގު ތާވަލްގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

ނިއުކާސަލްގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވެހުގެ ރޭ ކުޅުނު މެޗު އާސެނަލް އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ނިއުކާސަލް އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އާސެނަލް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ނިއުކާސަލް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ނިކް ވޮލްޓަމޭޑް އެވެ. އެ ލަނޑު ޖަހަން އޭނާާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ސަންޑްރޯ ޓޮނާލީ އެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް އާސެނަލް އިން ކުރި މަސައްކަތް ކާމިޔާބު ކުރެވުނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. ޑެކްލަން ރައިސް ތަނަވަސްކޮށްދިން ފުރުސަތެއްގައި އާސެނަލް އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މިކޭލް މެރީނޯ އެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލަނޑު ޖަހައިގެން އާސެނަލް ވަނީ މެޗުން މޮޅުވެފަ އެވެ. އާސެނަލްގެ މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި، އެ ޓީމަށް އެ ލަނޑު ޖަހައިދިނީ ގަބްރިއެލް މަގާޅައެސް އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފައި ވަނީ، އޭނާ އަށް ކުރެވެނީ ޤަބޫލު ކުރަން ވެސް އުނދަގޫ އިޙުސާސެއް ކަމަށެވެ. ޚާއްސަކޮށް ފުޓުބޯޅަ އަކީ އެކަހަލަ އިޙުސާސްތަކުގެ މައްޗަށް އެކުލެވިގެންވާ ކުޅިވަރެއް ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. އޭނާ ބުނީ އެންމެ ބޭނުންވާ ނަތީޖާ، ފަހު ވަގުތު ލިބުމުން އެއަށް ވުރެ ބޮޑު އުފާވެރި ކަމެއް ނޯންނާނެ ކަމަށެވެ.

އިތުރަށް އާޓެޓާ ބުނީ އެ މެޗު އުނދަގޫ ވާނެކަން ކުރިން ވެސް އިނގޭ ކަމަށާއި، އެ މެޗާ ކުރިމަތިލީ އެކަންކަމަށް ފަރުވާތެރި ވެެގެން ކަމަށެވެ. އަދި މެޗުގައި އާސެނަލްގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ހިތްހަމަ ޖެހޭ ވަރުގެ ކުޅުމެއް ކަަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

މޮޅާއެކު އާސެނަލް ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ ހަ މެޗުން 13 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް އަށް ލިބެނީ 15 ޕޮއިންޓެވެ.

އާސެނަލްއިނގިރޭސި ޕްރިމިއަރ ލީގުނިއުކާސަލް ޔުނައިޓެޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު