Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުލިވަޕޫލް

އިސާކް ހޯދަން ލިވަޕޫލް އިން މަސައްކަތް ކުރަނީ

އިސާކްގެ އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮތް ނަމަވެސް، އޭނާ ބޭނުން ވަނީ ނިއުކާސަލް ދޫކޮށްލަން ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖުލައި 2025 | ބުދަ 08:03
ނިއުކާސަލް އަށް ކުޅެމުން އަންނަ އެލެގްޒެންޑާ އިސާކް

ނިއުކާސަލް އަށް ކުޅެމުން އަންނަ އެލެގްޒެންޑާ އިސާކް

ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ ސްވިޑެންގެ އެލެގްޒެންޑާ އިސާކް ހޯދުމަށް، ލިވަޕޫލް އިން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ސްޕެއިންގެ ރެއާލް ސޮސިއެޑާޑް ދޫކޮށްލުމަށް ފަހު، އުމުރުން 25 އަހަރުގެ އިސާކް ނިއުކާސަލް އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައި އޮތީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އިސާކްގެ އެއްބަސްވުމުގައި ބާކީ ތިން އަހަރު އޮތް ނަމަވެސް، އޭނާ ބޭނުން ވަނީ ނިއުކާސަލް ދޫކޮށްލަން ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އެހެންކަމުން ލިވަޕޫލް އިން އިސާކް ގެންނަން ބޭނުންވާ ކަމަށާއި، އޭނާ ހޯދުމަށް އެ ކުލަބުން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

އެގޮތުން މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން ލިވަޕޫލް އިން އޮތީ އިސާކް ހޯދުމަށް 120 ޕައުންޑުގެ ބިޑެއް ހުށަހެޅުމަށް ތައްޔާރަށެވެ. އެހެން ނަމަވެސް ރަސްމީކޮށް އެކަން ހުށަހަޅާނީ އިސާކް ވިއްކުމަށް ނިއުކާސަލް އިން އެއްބަސްވުމުން ކަމަށް ވެސް ބުނެފައިވެ އެވެ. އެގޮތުން މިހާތަނަށް ނިއުކާސަލް އިން އޮތީ އޭނާ ދޫނުކުރާ ގޮތަށް ކަމަށް މީޑިއާ ތަކުގައި ބުނެފައިވެ އެވެ.

ނިއުކާސަލް ގައި މިހާތަނަށް ހޭދަ ކުރި ތިން ސީޒަންގެ ތެރޭގައި އިސާކް ވަނީ އެ ކުލަބަށް ކުޅެދިން 109 މެޗުގައި 62 ލަނޑު ޖަހައިފަ އެވެ. ޚާއްސަކޮށް މިދިޔަ ސީޒަންގައި އޭނާ ވަނީ ނިއުކާސަލްގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ ކަރަބޯ ކަޕް ވެސް ކާމިޔާބު ކޮށްފަ އެވެ.

އިސާކް އަންނަނީ ސްވިޑެންގެ ޤައުމީ ޓީމަށް ވެސް ކުޅެމުންނެވެ. އޭނާ ވަނީ މިހާތަނަށް ޤައުމީ ޓީމަށް ކުޅެދިން 52 މެޗުގައި 16 ލަނޑު ޖަހައިފަ އެވެ.

ލިވަޕޫލްނިއުކާސަލް ޔުނައިޓެޑްއަލެކްސަންޑަ އިސާކް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
11 ނޮވެމްބަރު 2025

ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި

11 ނޮވެމްބަރު 2025
ލިވަޕޫލް ބަލިކޮށް ސިޓީ ދެވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު