Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑަބްލިއުޑީސީ މެންބަރުން ބަންދުކުރި މައްސަލަ

މާލެ ސިޓީ ޑަބްލިއުޑީސީ، އިމާރާތުގެ ތެރޭގައި ބަންދުކުރި މައްސަލަ މަޖިލީހުގެ ހިއުމަންރައިޓްސް ކޮމިޓީން ބަލަނީ

8 ފެބުރުއަރީ 2022 | އަންގާރަ 13:19

އަންނަ ހަފުތާގެ ހޯމަ ދުވަހު ޑަބްލިއުޑީސީގެ މެންބަރުން ހާޒިރުކުރުމަށް ވަނީ ނިންމާފައި

މަޚްތޫމް
މަޚްތޫމް | 8 ފެބުރުއަރީ 2022 | އަންގާރަ 13:19
ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުން

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުން | ރައްޔިތުންގެ މަޖިލިސް

ކަމާ ގުޅުންހުރި އިދާރާތަކުން މައުލޫމާތު ހޯދުމަށްފަހު, މާލެ ސިޓީ ޑަބްލިއުޑީސީ އިމާރާތުގެ ތެރޭގައި ބަންދުކުރި މައްސަލަ ހިއުމަންރައިޓްސް ކޮމިޓީން ބަލަން ނިންމައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން، މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދު ވިދާޅުވީ, އަންނަ ހަފުތާގެ ހޯމަ ދުވަހަށް ޑަބްލިއުޑީސީ ކޮމިޓީއަށް ގެންނަން ނިންމާފައިވާ ކަމަށެވެ. އެމީހުން ކޮމިޓީއަށް ގެންނަން ނިންމީ އެމީހުންނަށް ހުރި ދަތިތައް އޮޅުންފިލުވުމަށާއި އަދި މި މައްސަލާގައި އެމީހުންނާ ސުވާލުކުރުމަށް ކަމަށެވެ.

Advertisement - newsAdvertisement

ޖީހާން ވިދާޅުވީ ކޮމިޓީން ނިންމީ އެމީހުން ކޮމިޓީއަށް ގެނައުމުގެ ކުރިން އެމީހުންގެ ފަރާތުންނާއި އެ މައްސަލަ ބަލަމުން އަންނަ ފަރާތްތައް ކަމުގައިވާ އެލްޖީއޭ އަދި ޕޮލިހަށް ލިޔެގެން މިކަން ހިނގާފައިވާ ގޮތް, އަދި އެ މައްސަލަ ބަލަމުންދާ ގޮތް ސާފުކުރުމަށް ކަމަށެވެ. ކޮމިޓީން މައްސަލަ ބަލާނެ ކަމަށާއި، މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގައި މި މައްސަލަ ބަލާގޮތް ބަލާފައި ހިއުމަންރައިޓްސް ކޮމިޓީން ލާމަރުކަޒީ ކޮމިޓީއާ ގުޅިގެން ނުވަތަ ވަކިން ވެސް މި މައްސަލަ ބަލަމުންދާނެ ކަމަށެވެ.

ޖީހާން ވިދާޅުވީ ޑަބްލިއުޑީސީއަށް ދަތިކުރުމުގެ މައްސަލަތައް ދިމާވާތީ އެކަން ކުށްވެރި ކުރައްވާ ކަމަށެވެ. އަދި ކޮމިޓީތަކަށް ލިބެންޖެހޭ ހައިސިއްޔަތާއި މަގާމާއި އެމީހުންނަށް މަސައްކަތް ކުރުމުގެ މާހައުލަށް ހުރަސްއަޅާ އެއްވެސް ބަޔަކު އެއްވެސްކަމެއް ކުރެވިގެން ނުވާނެކަމަށް ގަބޫލުކުރައްވާ ކަމަށާއި، މަޖިލީހުގެ ހައިސިއްޔަތުން މުއައްސަސާތައް ޒިންމާދާރުކުރުވައިގެން ޑަބްލިއުޑީސީތަކަށް މަސައްކަތް ކުރެވޭނެ މަގުފަހިކޮށްދިނުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ ބައްދަލުވުމަށް މި މައްސަލަ ހުށަހެޅީ، އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މެންބަރުންނަށް ހުޅުވާލި ފުރުސަތުގައި އެ މައްސަލަ ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީއެވެ. ޔޫނުސް ހުށަހެޅުއްވި މައްސަލައިގައި ވަނީ މާލެ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން މާލެ ސިޓީ ކައުންސިލުން ބަންދު ކުރި ބަންދުކުރުން ހިނގައިދިޔަ ގޮތް ކޮމިޓީން ބެލުމަށެވެ. މި މައްސަލައަށް ތާއީދު ކުރެއްވީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.

މައްސަލައަށް ތާއީދުކުރައްވައި ރޮޒައިނާ ވިދާޅުވީ, ޑަބްލިއުޑީސީ މެންބަރުން ބަންދުކުރި މައްސަލަ ބަލަން ޖެހޭ ކަމަށާއި، އެ މައްސަލަ އެލްޖީއޭއަށް ވެސް ހުށަހަޅާފައިވާ ކަމަށާއި، އެހެންކަމުން އެލްޖީއޭއިން އެ މައްސަލަ ކުރިއަށްދާ ގޮތް ބެލުން މުހިންމު ކަމަށެވެ.

ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީމާލެ ސިޓީ ކައުންސިލްރައްޔިތުންގެ މަޖިލިސް

އެންމެ ހިނގާ

1

ކޮންމެ މީހަކުވެސް އެމީހަކު އުފައްދާ ކުނިބުނި އަމިއްލައަށް ސާފުކުރުން ޖެހޭނެ ކަމަށް ބުނެ ޣައްޒާއާ ބެހޭގޮތުން ދެއްކި ވާހަކަތަކަށް، ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރަށް ގިނަ ބައެއްގެ ނުރުހުން!

2

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން ފައިސަލް އިއުލާނު ކުރައްވައިފި، ރަނިންމޭޓަކަށް މޭޔަރު އާޒިމް

3

ހުޅުމާލޭ އެކްސިޑެންޓު: 4 މީހެއްގެ ހާލު ސީރިއަސް، 3 މީހުން އެއް ސައިކަލަށް އަރައިގެން ދުއްވީ ވަންވޭއާ ޚިލާފަށް، އަދި ލައިސަންސެއްވެސް ނެތް!

4

ރަސްމާލޭގެ ބޮޑު ސަރަހައްދެއް ދީފައިވާ އީގަލް ހިލްސްގެ ވެރިޔާ އަލައްބާރު ޔަހޫދީންގެ ކައިވެނީގެ ހަފުލާއެއްގައި ދުޢާކުރި މަައްސަލަ، މިއީ އަނިޔާ ލިބެމުންދާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންނަށް ކުރެވޭ ފުރައްސާރައެއް!

5

މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި ދުވާ މީހުން އިތުރުވެ އާންމުންގެ ކަންބޮޑުވުން

އިތުރަށް ކިޔާލަން

03 ސެޕްޓެމްބަރު 2026

ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބެމުން ދިޔަ އާމްދަނީ ކަނޑާލުމަކީ މާލެ ސިޓީގެ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެެއް: މޭޔަރު އާޒިމް

03 ސެޕްޓެމްބަރު 2026
ވެހިކަލް ފީގެ ގޮތުގައި ކައުންސިލަށް ލިބެމުން ދިޔަ އާމްދަނީ ކަނޑާލުމަކީ މާލެ ސިޓީގެ ލާމަރުކަޒީ ހިންގުމަށް އެޅުނު ވަރަށް ބޮޑު ހުރަހެެއް: މޭޔަރު އާޒިމް
22 ޖުލައި 2026

ރައްޔިތުންގެ މަޖިލީހަކީ ޕްރީ ސްކޫލެއްތަ؟

22 ޖުލައި 2026
ރައްޔިތުންގެ މަޖިލީހަކީ ޕްރީ ސްކޫލެއްތަ؟
22 މެއި 2026

އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅައިފި

22 މެއި 2026
އިދާރީ ބައެއް މުވައްޒަފުންގެ މުސާރަ ކައުންސިލަރުންނަށް ވުރެ ބޮޑު، ކައުންސިލަރުންގެ މުސާރަ ބޮޑު ކުރަން ހުށަހަޅައިފި
28 އެޕްރީލު 2026

ރައީސް މުއިއްޒު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވަމުން، މިނިވަންކަމާއެކު މަސައްކަތް ކުރާ ނޫސްތަކެއް ނުހުއްޓުވޭނެ: މީކާއިލް

28 އެޕްރީލު 2026
ރައީސް މުއިއްޒު ދަނީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅުއްވަމުން، މިނިވަންކަމާއެކު މަސައްކަތް ކުރާ ނޫސްތަކެއް ނުހުއްޓުވޭނެ: މީކާއިލް
27 އެޕްރީލު 2026

ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް

27 އެޕްރީލު 2026
ނިމުނު އިންތިޚާބުގައި ޕީއެސްއެމް ފެނުނީ ޕީއެންސީގެ މީޑިއާ ވިންގް އެއްގެ ގޮތުގައި: މީކާއިލް
21 އެޕްރީލު 2026

ބިލެއް ނުދައްކައިގެން ޑީސެލް ނުލިބުނު އިރު ވަކި ދޯންޏަކަށް ވަކި އަގެއްގައި މަސް ކިރުވާތީ ޕީއެންސީ މެންބަރު ފަޒީލް ކަންބޮޑުވުން ފާޅުކުރައްވައިފި

21 އެޕްރީލު 2026
ބިލެއް ނުދައްކައިގެން ޑީސެލް ނުލިބުނު އިރު ވަކި ދޯންޏަކަށް ވަކި އަގެއްގައި މަސް ކިރުވާތީ ޕީއެންސީ މެންބަރު ފަޒީލް ކަންބޮޑުވުން ފާޅުކުރައްވައިފި
13 އެޕްރީލު 2026

މާލޭގެ ރައްޔިތުންނަށް ހަގީގީ ހިތްހަމަޖެހުން ހޯދައިދިނީ އެމްޑީޕީ ސަރުކާރުން: މެންބަރު އައްބާސް

13 އެޕްރީލު 2026
މާލޭގެ ރައްޔިތުންނަށް ހަގީގީ ހިތްހަމަޖެހުން ހޯދައިދިނީ އެމްޑީޕީ ސަރުކާރުން: މެންބަރު އައްބާސް
28 މާރިޗު 2026

މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް

28 މާރިޗު 2026
މާލެ އަށް ޕީއެންސީ މޭޔަރަކު ގެންނަން ރައީސް މުއިއްޒު ބޭނުންފުޅު ވަނީ ރައްޔިތުންނަށް އަނިޔާ ކުރުމަށްޓަކައި: ކުރީގެ މެންބަރު ހަލީމް
16 މާރިޗު 2026

ކެޓްޝެލްޓަރ އަށް ބުޅާތައް ނުގެންގޮސް މިނިސްޓްރީން އާއްމުންނަށް އިންޒާރެއް: އަނިޔާ ކުރާނަމަ ނުވަތަ މަރާނަމަ، ޖަލަށްލައި ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނަން

16 މާރިޗު 2026
ކެޓްޝެލްޓަރ އަށް ބުޅާތައް ނުގެންގޮސް މިނިސްޓްރީން އާއްމުންނަށް އިންޒާރެއް: އަނިޔާ ކުރާނަމަ ނުވަތަ މަރާނަމަ، ޖަލަށްލައި ބައި ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރާނަން
10 މާރިޗު 2026

މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު

10 މާރިޗު 2026
މެޖޯރިޓީ ނެތުމުން ކަންކަން ނުކުރެވޭ، މި އިންތިހާބުގައި މާލޭ ކައުންސިލް މެޖޯރިޓީ ހޯދައި ތަރައްގީ ނެރެދޭނެ: ރައީސް ސޯލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް