Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުރާއްޖެޓީވީ

ހަތަރު އަހަރު ކުރިން ބްރޯޑްކާސްޓް ކުރުން މެދުކަނޑާލި، މިހާރު ހާލަތު ތަފާތު

ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހަކީ ނޫސްވެރިކަމުގެ ހަޔާތުގައި ރާއްޖެޓީވީއަށް ކުރިމަތިލާން ޖެހުނު ކަޅު ދުވަހެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ފެބުރުއަރީ 2022 | އަންގާރަ 12:35
ރާއްޖެޓީވީގެ ކޮންޓްރޯލް ރޫމް

ރާއްޖެޓީވީގެ ކޮންޓްރޯލް ރޫމް

އެއީ މީގެ ހަތަރު އަހަރު ކުރިންނެވެ. އޭރުގެ ސަރުކާރުން އޮތީ ނޫސްވެރިކަމުގެ މިނިވަންކަމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އިންތިހާއަށް ހަނިކޮށްފައެވެ. ނޫސްވެރިންނަށް އޭރު އެތައް ދުއްތުރާތަކާއި, ސްޓޭޝަންތަކަށް ވެސް އެތައް އުނދަގޫތަކެއް ކުރިމަތި ކުރުވިއެވެ. ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް އޭރު ނޫސްވެރިން ހަރަކާތްތެރިވީ ބިރުވެރިކަމެއްގެ ތެރޭގައި, ފުރާނަ އަތްމައްޗަށް ލައިގެންނެވެ. 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހަކީ ނޫސްވެރިކަމުގެ ހަޔާތުގައި ރާއްޖެޓީވީއަށް ކުރިމަތިލާން ޖެހުނު ކަޅު ދުވަހެކެވެ. އެއީ ހަނދާނުން ފޮހެލަން ދަތި ދުވަހަކެވެ.

ރާއްޖެޓީވީއަށް ލިބެމުންދިޔަ އިންޒާރުތަކާ ގުޅިގެން، ބިރުވެރިކަމެއް ނެތި ނޫސްވެރިންނަށް މަސައްކަތް ކުރެވޭނެ މާހައުލެއް ރާއްޖޭގައި އޭރު އޮތް ކަމަށް ގަބޫލު ނުކުރެވޭތީ, ރާއްޖެޓީވީގެ އާންމު ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން އެ ދުވަހު ވަނީ މެދުކަނޑާލާފައެވެ. ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން މެދުކަނޑާލީ ބޭނުންވެގެނެއް ނޫނެވެ. އޭރު އެހެން ގޮތެއް ނެތުމުން މަޖުބޫރުވެގެންނެވެ. އޭރު އާންމު ކޮންޓެންޓް މެދުކަނޑާލަން މަޖުބޫރުވީ، މިނިވަން ނޫސްވެރިކަމުގެ މާހައުލެއް ނެތުމާއި، ރާއްޖެޓީވީއާއި ސްޓޭޝަންގެ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އެއްބާރުލުން ނުދިނުމުންނެވެ.

2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކުގެ ތަފްސީލް ހިމަނައިގެން ކުރިއަށް ގެންދިޔަ 24 ގަޑިއިރުގެ ކަވަރޭޖާ ގުޅިގެން އެ ސްޓޭޝަނަށް ތަފާތު އިންޒާރުތައް އޭރު ލިބުނެވެ. އެގޮތުން އޭރުގެ ސަރުކާރަށް ތާއީދު ކުރާ ބަޔަކު ރާއްޖެޓީވީ ހުންނަ އިމާރާތުގެ ކައިރިއަށް އައިސް ސްޓޭޝަން ރޯކޮށްލުމަށް ގޮވުމާއި، ސޯޝަލް މީޑިއާގައި ތަފާތު އިންޒާރުތައް ދީފައިވެއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކަމަކަށް ދައުލަތުގެ ފަރާތުން އެއްވެސް ފިޔަވަޅެއް އަޅާފައެއްނުވެއެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާ ގުޅިގެން ރާއްޖެޓީވީ އަށާއި ރާއްޖެޓީވީގެ މުވައްޒަފުންނަށް ދެމުންދިޔަ އިންޒާރުތައް އިތުރުވެގެން ދިޔައެވެ.

މިކަންތައްތަކާ ގުޅިގެން ރާއްޖެޓީވީގެ އާންމު ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން މެދުކަނޑާލިއެވެ. 56 ގަޑިއިރަށްފަހު 11 ފެބްރުއަރީ 2018ގައި އާންމު ކޮންޓެންޓް ބްރޯޑްކާސްޓް ކުރަން ރާއްޖެޓީވީން ފެށީ އެތައް ބަޔަކު އަލުން ޚިދުމަތް ފެށުމަށް އެދެމުން ދިއުމާއި، ރާއްޖެ ޓީވީއާމެދު ފާޅުކުރި އިޚްލާސްތެރި، ލޮބުވެތި ޝުއޫރުތަކުން ހިތްވަރު ލިބިގެންނެވެ.

މީގެ ކުރިންވެސް ރާއްޖެޓީވީއަށް ތަފާތު އެކި އިންޒާރުދީ، ސްޓޭޝަން ހުއްޓުވުވާލުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ރާއްޖެޓީވީގެ ތަކެއްޗަށް ގެއްލުން ދިނުމާއި، މުވައްޒަފުންގެ ފުރާނައަށް ނުރައްކާވާފަދަ ހަމަލާތައް ދިނުމާއި، ސްޓޭޝަންގައި ހުޅުޖަހައި ރޯކޮށްލުމުގެ އިތުރުން ނޫސްވެރިން ހައްޔަރުކޮށް ނުހައްގު ދައުވާ އުފުލުމާއި، ބޮޑެތި އަދަދުތަކުން ޖޫރިމަނާތައް ކޮށްފައިވެއެވެ.

އެހެންނަމަވެސް މިހުރިހާ ކަމެއް މިއަދު ފަހަނައަޅައި ގޮސް ރާއްޖެޓީވީއަށް މިވަނީ އަމާން މާހައުލެއްގައި ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު ލިބިގެން ގޮސްފައެވެ. މި ސަރުކާރު އައި ފަހުން ނޫސްވެރިކަމުގެ މިނިވަންކަން އިންތިހާއަށް ވަނީ ފޯރުކޮށްދީފައެވެ. ސަރުކާރާއި އިދިކޮޅު މީޑިއާއަކަށް ވިޔަސް އެމީހުންނަށް ވެސް މި މިނިވަންކަން ވަނީ ފޯރުކޮށްދީފައެވެ. ސަރުކާރަށް ފާޑުކިޔައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ފާޑުކިޔުމަށްފަހު އެކި ރިޕޯޓުތައް ހަދައި ދައްކަމުން ދާއިރު ވެސް އެ މީޑީއާތަކާމެދު މި ސަރުކާރުން ފިޔަވަޅެއް ނާޅައެވެ. ޖޫރިމަނާއެއް ނުކުރެއެވެ. އެ ނޫސްވެރިންނަށް ވެސް އެހެން ނޫސްވެރިންނެކޭ އެއްފަދައިން މަސައްކަތް ކުރުމުގެ މާހައުލު މިވަނީ ފަހިކޮށްދީފައެވެ. މިކަމުން ވެސް ދައްކުވައިދެނީ މިހާރު ރާއްޖޭގައި ނޫސްވެރިންނަށް މިނިވަންކަން އޮތް މިންވަރެވެ. މިއީ މިއަދު ދެބަސްވެވޭނެ ކަމެއް ނޫނެވެ.

ރާއްޖެޓީވީ

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2025

ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި

15 ސެޕްޓެމްބަރު 2025
ރާއްޖެ ޓީވީ އަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ބްރޮޑްކޮމް އިން ދީފި
06 ސެޕްޓެމްބަރު 2025

އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!

06 ސެޕްޓެމްބަރު 2025
އައްޑޫ އިން ކަރަންޓް ކެނޑުނީ، ކޭބަލް ބުރިކޮށްލަން މީހަކު މަސައްކަތް ކުރަނިކޮށް ކަރަންޓްގައި ޖެހިގެން!
15 މެއި 2025

ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ

15 މެއި 2025
ކަމަދޫގެ ފޯރި ގަދަ އީދުކުޅިވަރުތައް މިފަހަރު ވެސް ރާއްޖެޓީވީ އިން ވަގުތުން ގެނެސްދޭނެ
04 ފެބުރުއަރީ 2025

ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ

04 ފެބުރުއަރީ 2025
ރާއްޖެޓީވީން ގެނެސްދިން "ދިވެހިން ހަމަ ފުނޑިއްޖެއޭ، މިވަރުންދެން ފުދިއްޖެއޭ" ލަވައިގެ މައްސަލަ ބްރޯޑްކޮމް އިން ބަލަނީ
01 ފެބުރުއަރީ 2025

ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

01 ފެބުރުއަރީ 2025
ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް
17 ޑިސެމްބަރު 2024

ރާއްޖެޓީވީ ހުއްޓުނަ ނުދިނުމަށްޓަކައި މަސައްކަތް ކުރަންޖެހޭ - އަސްލަމް

17 ޑިސެމްބަރު 2024
ރާއްޖެޓީވީ ހުއްޓުނަ ނުދިނުމަށްޓަކައި މަސައްކަތް ކުރަންޖެހޭ - އަސްލަމް
16 ޑިސެމްބަރު 2024

މަޝްހޫރު ނޫސްވެރިޔާ އަހުމަދު މުހުސިން ރާއްޖެޓީވީގެ ޓީމާ ގުޅިއްޖެ

16 ޑިސެމްބަރު 2024
މަޝްހޫރު ނޫސްވެރިޔާ އަހުމަދު މުހުސިން ރާއްޖެޓީވީގެ ޓީމާ ގުޅިއްޖެ
11 ޑިސެމްބަރު 2024

އެމްޑީޕީގެ ބޮޑު ޖަލްސާ، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް

11 ޑިސެމްބަރު 2024
އެމްޑީޕީގެ ބޮޑު ޖަލްސާ، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް
11 ޑިސެމްބަރު 2024

ރާއްޖެ ޓީވީ އަށް ވަދެ ހަވަރަށް ދިނުމަށް ގޮވާލި މައްސަލަ ފުލުހަށް ހުށަހަޅައިފި

11 ޑިސެމްބަރު 2024
ރާއްޖެ ޓީވީ އަށް ވަދެ ހަވަރަށް ދިނުމަށް ގޮވާލި މައްސަލަ ފުލުހަށް ހުށަހަޅައިފި
12 އޮކްޓޯބަރު 2024

ރާއްޖޭގެ ފުރަތަމަ އޭއައި ނިއުސްކާސްޓަރ ގެ ފެނިލުމަށް ބޮޑު ތަރުހީބެއް

12 އޮކްޓޯބަރު 2024
ރާއްޖޭގެ ފުރަތަމަ އޭއައި ނިއުސްކާސްޓަރ ގެ ފެނިލުމަށް ބޮޑު ތަރުހީބެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު