Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަންގްލަދޭޝް އާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗ

ބަންގްލަދޭޝް އަތުން މޮޅުވުމަކީ ބޮޑު ކާމިޔާބީއެއް: ކާއްޓޭ

8 ފެބުރުއަރީ 2022 | އަންގާރަ 11:29

ބަންގްލަދޭޝް އާއި ދެކޮޅަށް ރާއްޖެއިން ކުޅުނު މެޗު ކާމިޔާބުކުރީ 3-1 ސެޓުން

އަތޫފް އާތިފް
އަތޫފް އާތިފް | 8 ފެބުރުއަރީ 2022 | އަންގާރަ 11:29
ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ)

ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ)

ބަންގްލަދޭޝް އަތުން މޮޅުވުމަކީ ފާހަގަކުރަން ޖެހޭ ބޮޑު ކާމިޔާބީއެއް ކަމަށް ގައުމީ ފިރިހެން ވޮލީބޯޅަ ޓީމުގެ ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) ބުނެފިއެވެ.

ފާއިތުވެދިޔަ ހަ އަހަރު ތެރޭގައި ރާއްޖެއަށް ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދިފައިނުވާއިރު، އެންމެ ފަހުން ބަންގްލަދޭޝްގެ މައްޗަށް ރާއްޖެއަށް ކުރި ހޯދިފައިވަނީ 2016 ވަނަ އަހަރު އންޑިއާގެ ގުވަހާޓީގައި ކުޅުނު ސައުތު އޭޝިއަން ގޭމްސްގެ ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުގައެވެ. އެ ފަހަރު ބަންގްލަދޭޝްގެ މައްޗަށް ރާއްޖެއިން ސީދާ ތިން ސެޓުން ކުރި ހޯދި ނަމަވެސް އޭގެ ފަހުން 2016، 2018 އަދި 2021 ގައި ކުޅުނު ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ މެޗުތަކުން ރާއްޖެ ވަނީ ބަންގްލަދޭޝްގެ އަތުން ބަލިވެފައެވެ.

ބަންގްލަދޭޝްގެ އަތުން ހޯދި މޮޅަށްފަހު މީޑިއާތަކަށް ދިން އިންޓަރވިއުގައި ކާއްޓޭ ބުނީ މިދިޔަ ޑިސެމްބަރު މަހު އޮތް ސެންޓްރަލް ޒޯން މުބާރާތުގައި ބަންގްލަދޭޝް ފެނިގެންދިޔައީ ވަރަށް ވަރުގަދަކޮށް ކަމަށެވެ. އެހެންވެ އެވަރުގެ ޓީމެއްގެ އަތުން މޮޅުވުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ކާއްޓޭ ބުނީ ފުރަތަމަ ސެޓު ބަންގްލަދޭޝްއިން ގެންގޮސްފައި އޮއްވައި ފަހަތުން އަރާ ޖެހިގެން އައި ތިން ސެޓު ކާމިޔާބުކުރެވުނީ ޓީމެއްގެ ގޮތުގައި ވަރަށް ރަނގަޅަށް ކުޅެގެން ކަމަށެވެ. އަދި މެޗު ރާއްޖޭގެ ކޮޅަށް އަނބުރާލުމުގައި ކެޕްޓަން އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ)ގެ ދައުރު ބޮޑުކަމަށް ކާއްޓޭ ފާހަގަކުރިއެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މެޗަށް ރާއްޖޭގެ ގައުމީ ޓީމުން ނުކުތީ އާއިލީ ކަމެއްގައި މި ވަގުތު ޓީމާއި ދުރުގައި ތިނި ސެޓަރު ހުސެއިން ވިޝާމް (ބުޅިކެ) އާއި ސްޕައިކަރު، ހަސަން ނިލާމް (ޕާޓޭ) ނެތިއެވެ. މި ދެކުޅުންތެރިންގެ ބަދަލުގައި ޓީމުގައި ތިބީ މުޅިން އައު ދެ ކުޅުންތެރިންނެވެ.

ކާއްޓޭ ބުނީ ފުރަތަމަ މެޗުން ބަންގްލަދޭޝްގެ މައްޗަށް ރާއްޖެއިން ކުރިހޯދި ނަމަވެސް އަދިވެސް ރަނގަޅު ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށެވެ. އަދި ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި އެކަންކަމަށް ވިސްނާނެ ކަމަށް ކާއްޓޭ ބުންޏެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފްގެ އިސްނެންގެވުމާއެކު ބަންގްލަދޭޝް އާއި ދެކޮޅަށް ރާއްޖޭން ދެން ކުޅޭ ދެމެޗު އޮންނާނީ ބުދަ ދުވަހުގެރޭގެ އިތުރުން އަންނަ ހުކުރު ދުވަހުގެ ރެޔެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް