Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބަންގްލަދޭޝް އާއި ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗ

އެކުވެރިކަމުގެ ފުރަތަމަ މެޗުން ރާއްޖެއަށް މޮޅެއް

7 ފެބުރުއަރީ 2022 | ހޯމަ 21:07

މި މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-1 ސެޓުން

އަތޫފް އާތިފް
އަތޫފް އާތިފް | 7 ފެބުރުއަރީ 2022 | ހޯމަ 21:07
ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި އެކުވެރިކަމުގެ މެޗުގެ ތެރެއިން

ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި އެކުވެރިކަމުގެ މެޗުގެ ތެރެއިން

ބަންގްލަދޭޝް އާއި ދެކޮޅަށް ކުޅުނު ބައިނަލްއަގްވާމީ އެކުވެރިކަމުގެ ފުރަތަމަ މެޗުން ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު މޮޅުވެއްޖެއެވެ.

ހޯމަ ދުވަހުގެރޭ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ ފަހަތުން އަރައި 3-1 ސެޓުންނެވެ.

މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ރާއްޖޭގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު ބަންގްލަދޭޝްގެ ޓީމު ފެނިގެންދިޔައީ ވަރުގަދަ ކޮށެވެ. އެގޮތުން މި ސެޓުގައި ލީޑުގައި އޮވެގެން އިތުބާރާއެކު ބަންގްލަދޭޝްއިން ކުޅުނުއިރު މި ސެޓު އެޓީމުން ކާމިޔާބުކުރީ 22-25 އިންނެވެ.

އެކަމަކު މެޗުގެ ދެވަނަ ސެޓުގައި ރާއްޖޭގެ ޓީމުން ކުޅުން ރަނގަޅުކުރިއިރު މި ސެޓުގައި ރާއްޖޭގެ ކެޕްޓަން އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި އަލީ ހުޒާމް (ހުޒަންޓޭ) ގެ ފަރާތުން ރަނގަޅު އެޓޭކުތަކެއް ފެނިގެންދިޔައެވެ. އެއާއެކު މި ސެޓު ރާއްޖެއިން ގެންދިޔައީ 25-19 އިންނެވެ.

މެޗުގެ ފަހު ދެ ސެޓުގައިވެސް ރާއްޖޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފަހު ދެ ސެޓުގައި އާދަމް ފައިރޫޒްގެ ފަރާތުން މޮޅު ބްލޮކްތަކެއް ވަނީ ފެނިގެން ގޮސްފައެވެ. މީގެ އިތުރުން ކުޑަކާއްޓޭ އަދި ހުޒަންޓޭގެ އިތުރުން އާދަމް ނަސީމް (އެޑަމާ)ގެ ފަރާތުން މޮޅު އެޓޭކްތަކެއް ފެނިގެންދިޔައެވެ. އެއާއެކު މި ދެ ސެޓު ރާއްޖެއިން ގެންދިޔައީ 25-20 އަދި 25-22 އިންނެވެ.

މިދިޔަ ޑިސެމްބަރު މަހު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ އާއި ބަންގްލަދޭޝް ބައްދަލުކުރި މެޗު ބަންގްލަދޭޝްއިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. އެހެންނަމަވެސް އެ މެޗަށް ރާއްޖެއިން ނުކުތީ އުނދަގޫ ހާލަތެއްގައެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފްގެ އެދުމަށް ބަންގްލަދޭޝްގެ ޓީމުން ރާއްޖޭގައި އެކުވެރިކަމުގެ ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ދެވަނަ މެޗު ކުޅޭނީ ބުދަ ދުވަހުގެރޭގައެވެ. އަދި ފަހު މެޗު ކުޅޭނީ ހުކުރު ދުވަހުގެ ރެޔެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް