Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގިރިފުށީ ބަނދަރުގެ މަސައްކަތް

ގިރިފުށީ ބަނދަރާއެކު ހާމަވަނީ ރައީސް ޞާލިޙްގެ ހަރުދަނާ ތަޞައްވުރަށް ޢަމަލީ ސިފަ އަންނަމުންދާކަން - މިނިސްޓަރ މާރިޔާ

މިނިސްޓަރ މާރިޔާ ވަނީ ގިރިފުށި ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް އިފްތިތާޙުކޮށްދެއްވާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 7 ފެބުރުއަރީ 2022 | ހޯމަ 08:39
ގިރިފުށި ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތު

ގިރިފުށި ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް އިފްތިތާޙުކުރުމަށް ބޭއްވި ރަސްމިއްޔާތު

ދިވެހި ޤައުމީ ދިފާޢީ ބާރުގެ ތަމްރީނުތައް ހިންގާ މައި މަރުކަޒު ހުންނަ ގިރިފުށީގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު ފެށިގެން ދިޔުމަކީ، ސިފައިންނަކީ ފަންނީ، ޤާބިލް، ޕްރޮފެޝަނަލް، ހުރިހާ ޙާލަތަކާވެސް ކުރިމަތިލުމަށް ތަމްރީނު ލިބި، ތައްޔާރުވެފައިވާ، "ފައިޓިންގ ފިޓް" ފޯރސްއަކަށް ހައްދަވަން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގެންގުޅުއްވާ ހަރުދަނާ ތަޞައްވުރަށް ޢަމަލީ ސިފަ އަންނަމުންދާކަމުގެ އަލިގަދަ ހެއްކެއްކަމަށް މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، ގިރިފުށި ކޯސްޓަލް ޕްރޮޓެކްޝަން ޕްރޮޖެކްޓް އިފްތިތާޙުކުރުމަށް ގިރިފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިނިސްޓަރ މާރިޔާ ވިދާޅުވީ ޒަމާނުއްސުރެ، ދިވެހިރާއްޖޭގެ ސިފައިން ތަމްރީނުކުރާ މައި މަރުކަޒު ހުންނަ ގިރިފުށީގެ ބަނދަރު އަޕްގްރޭޑް ވެގެންދާކަމީ، ދިވެހި ޤައުމީ ދިފާޢީ ބާރަށް ލިބުނު މުހިއްމު ކުރިއެރުމެއް ކަމަށެވެ. އަދި މީގެ ކުރިން، އެތައް އަހަރެއް ވަންދެން، ގިރިފުށީގެ ބަނދަރުގެ ކަނޑުތޮށި ރަނގަޅަށް ފެންވަރަށް ހެދުމަށްޓަކައި ބޭނުންވާ ފައިސާ އޮތީ ހަމައެކަނި ބަޖެޓު ފޮތުގައި ޖަހާފައި އޮތް ހިސާބު ޢަދަދަކަށް ވެފައިކަން ފާހަގަކުރައްވާ މިނިސްޓަރ މާރިޔާ ވިދާޅުވީ، މިކަމުގެ ސަބަބުން، ވަރަށް ގިނަ ދަތިތަކާ ކުރިމަތިލާންޖެހުނު ކަމަށެވެ.

ކަންމިހެން އޮއްވާ، 2020 ވަނަ އަހަރުގެ ފަހުކޮޅު، ރައީސް ޞާލިޙް، އެމްއެންޑީއެފް އޮފިސަރސް ރޭންޖް ޑޭގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ގިރިފުށްޓަށް ކުރެއްވި ދަތުރުފުޅުގައި، ގިރިފުށްޓަށް ބޭނުންވެފައިވާ ކަންކަމާއި ގުޅޭގޮތުން ސަރވިސް ކޯއިން ދެއްވި ޕްރެޒެންޓޭޝަން ބައްލަވާލެއްވުމަށްފަހު، މިކަމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ދެކެވަޑައިގެން، އެމަނިކުފާނުވަނީ މިކަމަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން، ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތަށް ބޭނުންވާ ފައިސާ ހަމަޖައްސަވާދެއްވާފައިކަން މިނިސްޓަރ މާރިޔާ ފާހަގަކުރެއްވިއެވެ.

ކޮވިޑް-19 ގެ ދަތި އުނދަގޫ ޙާލަތުގައިވެސް، ސަރުކާރުން ބަޖެޓު ހަމަޖައްސަވައިދެއްވައިގެން ކުރިއަށްގެންދަވާ މިޕްރޮޖެކްޓަކީ، ރައީސް ޞާލިޙް އަބަދުވެސް ސިފައިންނާއި ގުޅޭ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމުގެ އަލިގަދަ ހެއްކެއްކަން މިނިސްޓަރ މާރިޔާވަނީ ޝުކުރާއެކީ ފާހަގަކުރައްވާފައެވެ.

މިރަސްމިއްޔާތުގައި، މިޕްރޮޖެކްޓް ކުރިއަށްގެންދަން ހަމަޖެހިފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމް، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ސަރވިސް ކޯރގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޙާމިދު ޝަފީޤާއި ޖެނެރަލް އޮފިސަރުންވަނީ ބައިވެރިވެވަޑައިގެންފައެވެ.

ގިރިފުށިމިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީއެމްޓީސީސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު