Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް ފައިސާއިން މަނީ ލޯންޑަރ ކުރުން

ޑްރަގް ފައިސާއިން މަނީ ލޯންޑަރ ކުރުން: ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއަށް ދިފާއުން އިންކާރު ކުރޭ

7 ފެބުރުއަރީ 2022 | ހޯމަ 09:04

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ފެބުރުއަރީ 2022 | ހޯމަ 09:04
 މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގ ގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތް

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގ ގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ޝަރީއަތް

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގގެ ދައުވާތަކެއް އުފުލައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އިސްމާއިލް ޝަފީއުއެވެ.

Advertisement - newsAdvertisement

ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ:

ހޯމަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ދައުލަތުން ވަނީ މި މައްސަލައިގައި އުފުލާފައިވާ ދައުވާތައް އިއްވާފައެވެ. މި މައްސަލަ އާއި ގުޅިގެން ދައުވާ އުފުލާފައިވާ މީހުންގެ ތެރޭގައި ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއިލް ޝަރީފްއާއި، ކ. މާލެ، މއ. ހަސްލަތު، ޝާނިޔާ އިބްރާހީމް، ހުޅުމާލެ. ފްލެޓް ނަންބަރު 01-ޖީ-45 ހުޅުމާލެ، ހަސަން ރަޝީދު އަދި ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތު ހިމެނެއެވެ. އެ ހަތަރު މީހުންގެ މައްޗަށްވެސް ވަނީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑަރިންގ ގެ ދައުވާ އުފުލާފައެވެ.

އޭގެ އިތުރުން، އިސްމާއިލް ޝަރީފްއާއި ޙަސަން ލޫތުގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެއްވެސް ވަނީ އުފުލާފައެވެ. އަދި ޑައިމޯފިން ބޭނުން ކުރުމާއި، ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމާއި، ޖަދުވަލު 1 ގައިވާ މަސްުތުވާއެއްޗެއް ބޭނުން ކުރުމުގެ ކުށުގެ ދައުވާވެސް މި މައްސަލައިގައި ހިމެނޭ ވަކިވަކި ފަރާތަކުގެ މައްޗަށް ކުރެވިފައިވާ އިތުރު ދައުވާތަކުގެ ތެރޭގައި ހިމެނެއެވެ.

ދައުވާއަށް ޖަވާބުދާރީވަމުން ޙަސަން ލޫތުގެ ވަކީލު އަލީ ޝާހު ވަނީ ޖުމުލަ ގޮތެއްގައި ދައުވާއަށް ދިފާއުން އިންކާރު ކުރާކަމަށް ވިދާޅުވެފައެވެ. އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތަކާއި ގުޅޭ ފައިސާކަންވެސް ވަކީލު ފާހަގަ ކުރެއްވިއެވެ. މި މައްސަލައާއި ގުޅިގެން މަނީ ލޯންޑަރިންގ ގެ ދައުވާ އުފުލާފައިވާ ރާމިޒާ އަލީގެ މައްޗަށް ކުރާ ދައުވާގެއަޑުއެހުންތައްވެސްވަކިން ކުރިއަށްގެންދެއެވެ. އެގޮތުން ރާމިޒާއަކީ ލޫތުގެ އަނބިމީހާއެވެ.

ޝާހުއަކީ ޙަސަން ރަޝީދުގެވެސް ވަކީލެވެ. ޝާހު ވަނީ ޙަސަން ރަޝީދަށް ފުލުހުން އަނިޔާކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ޙަސަން ރަޝީދުގެ އާއިލާގެ މެމްބަރުންގެ ކުރިމަތީގައި ފުލުހުން އޭނާއަށް އަނިޔާކޮށްފައިވާއިރު، އެފަދަ އަނިޔާވެރި އަމަލުތަކެއްގެ މައްޗަށް ތަރުތީބުވެ، ހެކި ހޯދައިގެން ކޮށްފައިވާ ދައުވާއަކަށް ދިފާއުން އިންކާރުކުރާކަމަށް ވަކީލު ވިދާޅުވިއެވެ.

ޝާނިޔާއާއި އިސްމާއިލް ޝަރީފްގެ ވަކީލު އިސްމާއިލް މުޙައްމަދުވެސް ވަނީ އެ ދައުވާތަކަށް ދިފާއުން އިންކާރު ކުރާކަމަށް ވިދާޅުވެފައެވެ.

ދެން ކުރިއަށް ގެންގޮސްފައިވަނީ ދައުލަތުން ހެކި ހުށައެޅުމުގެ ބައެވެ.

ދިފާއީ ވަކީލު ޝާހު ވަނީ ދިފާއީ ހެކި ހުށައެޅުމަށް އިތުރު ފުރުސަތަކަށް އެދިލައްވާފައެވެ. އެގޮތުން ގާޒީ ވަނީ ދައުވާލިބޭ ފަރާތްތަކާއި ބައްދަލުކޮށް، ހެކި ހުށައެޅުމަށް 15 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ.

މި މައްސަލައިގައި ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި ބާކީ ހުރި ދައުވާތައް އިއްވުން ވަނީ އެހެން ދުވަހަކަށް ތާވަލުކޮށްފައެވެ.

މިއީ 12 ޖަނަވަރީ 2021 ވަނަ ދުވަހު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައެކެވެ. މި މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މާލޭގެ 04 ގެއެއް ބަލައިފާސްކޮށް ހިންގި އޮޕަރޭޝަނުގައި ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު، މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ މާރޗު މަހުގެ 18 ވަނަ ދުވަހުއެވެ. އެގޮތުން މި މައްސަލައަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާކުރުމަށް ހުށަހެޅި ފުރަތަމަ މައްސަލަކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

މަސްތުވާތަކެތިމަނީ ލޯންޑަރިންގ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!

04 ޑިސެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި 5 މީހުންގެ ވަނަވަރު އާންމުކޮށް ނަދަމާ އާއި އިތުރު ދެމީހެއްގެ ބަންދަށް 30 ދުވަސް!
25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
16 ނޮވެމްބަރު 2025

ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ

16 ނޮވެމްބަރު 2025
ޖަލު ހެދުމުގައި ޝަރީއަތަށް ދާން ދެކޮޅުހެދުމުން ބައްސާމް ކޯޓަށް ހާޒިރު ކުރީ ކުލަ ހެދުމުގަ
09 ނޮވެމްބަރު 2025

އިންޓެގްރިޓީ ކަށަވަރު ނުކޮށް ލޯނު ދޭނަމަ އެ ހުޅުވެނީ މަނީ ލޯންޑަރިން އަށް ދޮރެއް: އަމީރު

09 ނޮވެމްބަރު 2025
އިންޓެގްރިޓީ ކަށަވަރު ނުކޮށް ލޯނު ދޭނަމަ އެ ހުޅުވެނީ މަނީ ލޯންޑަރިން އަށް ދޮރެއް: އަމީރު
30 އޮކްޓޯބަރު 2025

މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް

30 އޮކްޓޯބަރު 2025
މަނީ ލޯންޑަރިންގެ މައްސަލައިގައި ދައުލަތުން އެދުނު ގޮތާއި ހިލާފަށް ބައްސާމަށް އިއްވީ 15 އަހަރުގެ ބަދަލުގައި 5 އަހަރުގެ ޖަލު ހުކުމެއް
27 އޮކްޓޯބަރު 2025

ރައީސް ޔާމީން އަށް ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިންޒާރެއް ދީފި

27 އޮކްޓޯބަރު 2025
ރައީސް ޔާމީން އަށް ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމަށް ބުނެ ކްރިމިނަލް ކޯޓުން އިންޒާރެއް ދީފި
14 އޮކްޓޯބަރު 2025

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި

14 އޮކްޓޯބަރު 2025
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި އާތިފަށް ނަސޭހަތްދީ ޕީޖީން މައްސަލަ ފައިލްކޮށްފި
08 އޮކްޓޯބަރު 2025

ބައްސާމް 4 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި

08 އޮކްޓޯބަރު 2025
ބައްސާމް 4 އަހަރަށް ޖަލަށްލާން ހުކުމްކޮށްފި
02 އޮކްޓޯބަރު 2025

މަޖިލިސް އިންތިޚާބުގައި ފެނަކަ ކޯޕަރޭޝަނުން 102.7 މިލިއަން ރުފިޔާ ޚަރަދު ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

02 އޮކްޓޯބަރު 2025
މަޖިލިސް އިންތިޚާބުގައި ފެނަކަ ކޯޕަރޭޝަނުން 102.7 މިލިއަން ރުފިޔާ ޚަރަދު ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް