Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޑްރަގް ފައިސާއިން މަނީ ލޯންޑަރ ކުރުން

"ޑްރަގް ލާރި" ލޯންޑަރ ކުރިކަމަށް ބުނެ ރާމިޒާއާ ދެކޮޅަށް ހުށައަޅާފައިވަނީ ގުޅުންހުރި ހެކިތަކެއް ނޫން: ވަކީލު

ރާމިޒާ ކުރިން ވަނީ ޖަަވާބުދާރީވެ ދައުވާއަށް އިންކާރު ކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 6 ފެބުރުއަރީ 2022 | އާދީއްތަ 09:11
ކްރިމިނަލް ކޯޓް- މި މައްސަލައިގައި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ ގދ. ތިނަދޫ ރާމިޒާ އަލީގެ މައްޗަށް

ކްރިމިނަލް ކޯޓް- މި މައްސަލައިގައި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ ގދ. ތިނަދޫ ރާމިޒާ އަލީގެ މައްޗަށް

ފިރިމީހާގެ ޑްރަގް ފައިސާ ބޭނުންކުރި ކަމަށް ބުނެ އަނބިމީހާއަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލި މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ ގދ. ތިނަދޫ ރާމިޒާ އަލީގެ މައްޗަށެވެ. އެގޮތުން ވަކި ފައިސާ އަކީ ކުށްކޮށްގެން ހޯދާފައިވާ ފައިސާއެއްކަން ޝައްކުކުރެވޭ ހާލަތުގައި ވެސް އަތުގައި ބަހައްޓައިފި ނަމަ ނުވަތަ އެއިން މުއާމަލާތުކޮށްފި ނަމަ އެއި މަނީ ލޯންޑަރިން ކަމަށް ބެލެއެވެ. މި މައްސަލައިގެ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ 28 ޝަފަހީ ހެއްކެއް ހުށައަޅާފައެވެ. އަދި ގިނަ ކިތާބީ ހެކިތަކެއްވެސް ހުށައަޅާފައިވެއެވެ. އެއަށްފަހު ދިފާއުން ހެކި ހުށައެޅުމުގެ ބައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

އެއަށްފަހު ގާޒީ ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުމަށް 15 ދުވަހުގެ މުއްދަތެއް ގާޒީ ވަނީ ދެއްވާފައެވެ.

މި މައްސަލައިގައި އާދިއްތަ ދުވަހު ކުރިއަށްދިޔަ އަޑުއެހުމުގައި ވަނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކާއި ގުޅޭގޮތުން ވާހަކަ ދައްކައި، އެއަށް ރައްދު ދެއްވާފައެވެ. އެގޮތުން ދިފާއުން ވަނީ ދައުލަތުން ހުށައަޅާފައިވާ ހެކިންނަކީ ދައުވާލިބޭ ފަރާތާއި ގުޅޭ ހެކިތަކެއް ނޫންކަމަށް ބަޔާންކޮށްފައެވެ. ދައުލަތުން ހުށައަޅާފައިވާ ހެކިތައް ބަލައިނުގަތުމަށް ދިފާއުން ވަނީ އެދިފައެވެ. އެކަމާ ގުޅޭގޮތުން ދައުލަތުން ބުނެފައިވަނީ، ހެކިތަކަކީ މައްސަލައާއި ގުޅުންނެތް ހެކިތަކެއްކަމަށް ދިފާއަށް ހަމައެކަނި ދެކެވުމަކީ އެ ހެކިތައް ބަލައިނުގަނެވޭނެ ސަބަބެއް ނޫން ކަމަށެވެ.

ދެން މި މައްސަލައިގައި އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ގޮތެއް ނިންމުމެވެ. އަދި އެ ދުވަހުގެ އަޑުއެހުމުގައި މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމާމެދު ގާޒީ ގޮތެއް ނިންމަވާނެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

މި މައްސަލަ ގުޅެނީ 12 ޖަނަވަރީ 2021 ވަނަ ދުވަހު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާއެވެ. އެގޮތުން އެ މައްސަލައިގައި ހިމެނޭ ފަރާތްތަކެއްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން، މަނީ ލޯންޑަރިންގެ ދައުވާވެސް އުފުލާފައިވާއިރު، އެ މައްސަލައަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާކުރުމަށް ހުށަހެޅި ފުރަތަމަ މައްސަލަކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. އަދި އެ މައްސަލައިގައި ރާމިޒާގެ ފިރިމީހާވެސް ހިމެނެއެވެ.

އެ މައްސަލާގައި ފުލުހުން ބަލައިފާސްކުރި ތަންތަނުން ޖުމްލަ 1،542،675ރ (އެއްމިލިއަން ފަސްލައްކަ ސާޅީސް ދެހާސް ހަސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ ފެނިފައިވާކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. އޭގެ ތެރޭގައި ރާމިޒާގެ ޕަރހެއް ކަމަށްބުނާ ޕަރހަކުން ފެނިފައިވާ 61،500 ރުފިޔާއެއްވެސް ހިމެނެއެވެ.

މަސްތުވާތަކެތިކްރިމިނަލް ކޯޓްމަނީ ލޯންޑަރިންގ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު