ކ. މާލެ
|
7 ފެބްރުއަރީ 2022 | ހޯމަ 06:21
ގދ. ތިނަދޫ
ގދ. ތިނަދޫ
ޓްވިޓަރ
ކޮވިޑް-19 ރާއްޖޭގެ ހާލަތު
މޮނިޓަރިންގ ގައި 40 ރަށެއް، މިމަސްތެރޭ މިހާތަނަށް 7 ރަށެއް މޮނިޓަރިންގއަށް
 
އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގ ގައި އޮތް ދެ ރަށަކީ ކ.މާފުއްޓާއި ހއ.އިހަވަންދޫ
 
31 ރަށެއް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވަނީ ޖެނުއަރީ މަހުގެ ތެރޭގައި

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މިވަގުތު 40 ރަށެއް މޮނިޓަރިންގ ގައި އޮތްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގ ގައި އޮތް ދެ ރަށަކީ ކ.މާފުއްޓާއި ހއ.އިހަވަންދޫއެވެ. މީގެތެރެއިން މާފުށި މޮނިޓަރިންގ އަށް ލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ހއ.އިހަވަންދޫ މޮނިޓަރިންގ އަށް ލާފައިވަނީ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުއެވެ. 31 ރަށެއް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވަނީ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އެގޮތުން މިހާރު މޮނިޓަރިންގ ގައި ހުރި ރަށްތަކަށް ބަލާލާއިރު ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު މޮނިޓަރިންގ އަށް ލާފައިވާ ހދ.ނޮޅިވަރަމްފަރު އަދިވެސް އޮތީ މޮނިޓަރިންގ ގައެވެ. ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު މޮނިޓަރިންގ އަށްލީ ށ.ފުނަދޫ، އަދި ލ.ގަން އަދިވެސް އޮތީ މޮނިޓަރިންގ ގައެވެ. ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު މޮނިޓަރިންގ އަށް ލާފައިވާ ރ.އުނގޫފާރާއި ގދ.ގައްދޫގެ އިތުރުން ހދ.ހަނިމާދޫ އަދިވެސް އޮތީ މޮނިޓަރިންގ ގެ ހާލަތުގައެވެ.

ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ކ.ގުރައިދޫ އާއި ބ.އޭދަފުށި ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ. ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ހއ.ދިއްދޫ މޮނިޓަރިންގ އަށް ލިއިރު 21 ވަނަ ދުވަހު ތ.ގުރައިދޫ ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ. ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު 7 ރަށެއް މޮނިޓަރިންގ އަށް ލާފައިވާއިރު އެރަށްތައް އަދިވެސް އޮތީ މޮނިޓަރިންގ ގައެވެ. އެރަށްތަކަކީ ބ.ގޮއިދޫ، ޅ.ކުރެންދޫ، ހދ.ކުޅުދުއްފުށި، ލ.ދަނބިދޫ، ލ.ހިތަދޫ، ށ.ކަނޑިތީމު އަދި ވ.ކެޔޮދޫއެވެ.

23 ވަނަ ދުވަހު ނ.ކުޑަފަރި އަދި ގދ.ތިނަދޫ ވަނީ މޮނިޓަރިންގ އަށް ލާފައެވެ. 24 ވަނަ ދުވަހު 4 ރަށެއް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވެއެވެ. އެއީ ގދ.މަޑަވެލި، އދ.މަހިބަދޫ، ދ.ކުޑަހުވަދޫ އަދި ދ.ހުޅުދެލިއެވެ.

ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވަނީ 3 ރަށެކެވެ. އެއީ ގދ.ވާދޫ، ށ.މިލަންދޫ އަދި ގއ.ކޮލަމާފުށިއެވެ. ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ނ.މާޅެންދޫ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވާއިރު ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބ.ކެންދޫ ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ.

ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ރ.ކިނޮޅަސް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވާއިރު 30 ވަނަ ދުވަހު ބ.ތުޅާދޫ އަދި 31 ވަނަ ދުވަހު ރ.އިނގުރައިދޫ ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ.

ފެބްރުއަރީ މަހު މޮނިޓަރިންގ އަށް މިހާތަަނށް 7 ރަށެއް ގެނެސްފައިވެއެވެ. އެއީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު މޮނިޓަރިންގ އަށް ލީ ހދ. ވައިކަރަދޫ އާއި މިމަހުގެ 4 ވަނަ ދުވަހު މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވާ ނ. ހޮޅުދޫއެވެ. އަދި ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު މޮނިޓަރިންގ އަށް ލާފައިވާ ތ.ވިލުފުށި، ގދ.ފިޔޯރީ، ގދ.ހޯނޑެއްދޫގެ އިތުރުން ރ.އަލިފުއްޓެވެ. އެންމެފަހުން މޮނިޓަރިންގ އަށް ލާފައިވަނީ ލ.ފޮނަދޫ އެވެ. އެއީ ފެބްރުއަރީ 6 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް