Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ

އަބުރުގެ ދައުވާއެއް ސާބިތުވެ އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ 2 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި

އޭނާ ހުރީ ކަފާލާތުގެ ދަށުން 30 ދުވަހަށް ދޫކޮށްލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 23 މާރިޗު 2023 | ބުރާސްފަތި 08:14
އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ

އިންޑިއާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ 2 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ.

ގުޖުރާތުގެ ކޯޓަކުން މި ޙުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ އިންތިޚާބީ ކެމްޕޭނުގެ ތެރޭގައި، ދެއްކެވި ވާހަކައަކާއި ގުޅިގެން ކުރި އަބުރުގެ ދައުވާއެއް ސާބިތުވެގެންނެވެ.

ޙުކުމް ކުރި ނަމަވެސް އޭނާ މިވަގުތު ޖަލަކަށް ނުލާނެއެވެ. އޭނާ ކަފާލާތުގެ ދަށުން 30 ދުވަހަށް ދޫކޮށްލާފައިވާއިރު، އެ މުއްދަތު ހަމަވުމުން އަނެއްކާވެސް ކަފާލާތަށް އެދި ހުށަހެޅޭނެއެވެ.

2019 ވަނަ އަހަރުގެ އިންތިޚާބު ތެރޭގައި ކަރްނާޓަކާގައި ބޭއްވި ރެލީއެއްގައި ވާހަކަ ދައްކަވަމުން ގާންދީ ވަނީ ހުރިހާ "ވަގުން" ގެ ނަމުގެ ބައެއްގެ ގޮތުގައި "މޯދީ" ހިމެނެނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

ރިޕޯޓުތައް ބުނާގޮތުން އޭނާ އެ ބަސް ނިސްބަތްކުރެއްވީ ޖިނާއީ ގިނަ ތުހުމަތުތަކެއް އިންޑިއާގެ ސަރުކާރުންނާއި އިންޓަރޕޯލްއިން ކޮށްފައިވާ ނީރަވް މޯދީއާއި، އިންޑިއާ ޕްރިމިއަރ ލީގުގެ ޗީފް ލަލިތު މޯދީއަށެވެ.

އޭނާގެ މައްޗަށް ދައުވާކުރީ ބީޖޭޕީގެ ޤާނޫނު ހަދާ މެންބަރެއްކަމަށްވާ ޕުނޭޝް މޯދީ ކުރެއްވި ޝަކުވާއަކާއި ގުޅިގެންނެވެ. އެގޮތުން ގާންދީގެ އެ ވާހަކަފުޅުގެ ސަބަބުން ނަރެންދްރަ މޯދީ ހިމެނޭހެން ގިނަ ބައެއްގެ އަބުރަށް އަރައިގަނެފައިވާކަމަށް ޝަކުވާގައިވެއެވެ.

ދިފާއުގައި ރާހުލް ގާންދީގެ ވަކީލުން ވަނީ މި މައްސަލައިގައި ޤާނޫނީ އިޖުރާއަތުތައް ފުރިހަމަކޮށްފައިނުވާކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ، ގާންދީގެ ވާހަކައިގެ ސަބަބުން އަބުރު ގެއްލިގެން ދައުވާ ކުރުމުގެ ޙައްޤު އޮތީ ނަރެންދްރަ މޯދީއަށް ކަމަށެވެ.

ކޮންގްރެސް ޕާޓީން ވަނީ އެ ނިންމުން އިސްތިއުނާފު ކުރާނެކަމަށް ބުނެފައެވެ.

އިންޑިއާ ޓައިމްސްނަރެންދުރަ މޯދީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ

ޑިސެމްބަރު ހަތަރު ވަނަ ދުވަހު ޕުޓިން އިންޑިއާ އަށް ވަޑައިގަންނަވަނީ

28 ނޮވެމްބަރު 2025
އެމެރިކާ އިން އިންޑިއާ އަށް 92.8 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ހުއްދަ ދީފި

އެމެރިކާ އިން އިންޑިއާ އަށް 92.8 މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ ހުއްދަ ދީފި

20 ނޮވެމްބަރު 2025
ހަކަތައިގެ ދާއިރާއިން ބޫޓާނަށް ދޭ އެހީ އިންޑިއާއިން އިތުރުކޮށްފި

ހަކަތައިގެ ދާއިރާއިން ބޫޓާނަށް ދޭ އެހީ އިންޑިއާއިން އިތުރުކޮށްފި

12 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު