Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖެ-އިންޑިއާ ގުޅުން

ރާއްޖެ-އިންޑިއާ ގުޅުމަށް ވަމުންދާގޮތާއި މެދު ކަންބޮޑުވާންޖެހޭ، މިއީ ކުޑަ ކަމެއް ނޫން - ރޮޒައިނާ

5 އަހަރުވާއިރުވެސް ރައީސް މުއިއްޒަކަށް އިންޑިއާ ސިފައިންނާއި އެއްބަސްވުމުގެ ވާހަކަ ނުދެއްކޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 ޖެނުއަރީ 2024 | ހޯމަ 01:39
އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް

ރާއްޖެއާއި އިންޑިއާގެ ގުޅުމަށް ވަމުންދާ ގޮތާއި މެދު ކަންބޮޑުވާންޖެހޭ ކަމަށާއި، މިއީ ކުޑަ ކަމެއް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ ކަންބޮޑުވުމަކީ މި ސަރުކާރުން ޕްރޯ ޗައިނާވުމެއް ނޫން ކަަމަށެވެ. ކަންބޮޑުވުމަކީ އެންޓި އިންޑިއާ ވުން ކަމަށެވެ. ދިވެހި ރާއްޖެއަކީ ހުރިހާ ގައުމުތަކަށް ވެސް ބަރޯސާވާ ބައެއް ކަމަށާއި، ދިވެހިރާއްޖެ ޕްރޯ ޗައިނާ، ޕްރޯ އިންޑިއާ، ޕްރޯ ސްރީލަންކާ އަދި ޕްރޯ ޔޫކޭ ވާންވެސް ޖެހޭނެކަމަށެވެ. ހުރިހާތަނަކަށްވެސް ޕްރޯވާންޖެހޭ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި، ކަންކުރައްވާ ގޮތް ފެނިގެންދަނީ ވަރަށް ތަފާތުކޮށް ކަމަށާއި، ދިވެހިރާއްޖެއާއި އިންޑިއާގެ ގުޅުމަށް ވެގެންދާ ގޮތަކީ، ހަގީގަތުގައި ވަރަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ ރާއްޖެއާއި އިންޑިއާ އޮންނަ ގާތްގުޅުމުގެ ސަބަބުން، ރާއްޖެއަށް އުނދަގުލެއް ދިމާވާ ކޮންމެ ފަހަރަކު އިންޑިއާ ރާއްޖޭގެ އެހީތެރިކަމުގައި އޮންނަ ކަމަށެވެ. އެގޮތުން 1988ގެ އުދުވާނީ ހަމަލާއަށް ބެލިކަމުގައި ވިޔަސް، ސުނާމީ އަދި ފެނުގެ މައްސަލައިިގައި ދިމާވި ކަމަކަށްވި ނަމަވެސް، އަދި ކޮވިޑްގެ ހާލަތުގައި ކަމުގައި ވިޔަސް އިންޑިއާއަކީ އަބަދުވެސް ބޭނުމެއް ޖެހޭ އިރުގައި އެންމެ ގާތުން އެހީ ފޯރުކޮށްދޭ ގައުމު ކަމަށެވެ.

5 އަހަރު ވަންދެން ރައީސް މުއިއްޒުއާއި، އެމަނިކުފާނުގެ ޕާޓިން ދައްކަމުންދިޔަ ވާހަކަތަކަކީ 'ހޮޅި މުއިއްޒު ދެއްކި ހޮޅި ވާހަކަތަކެއްކަން ފެންނަން މިއޮތީ' ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެއިރުގައި އިންޑިއާގެ ބައިވަރު ސިފައިން ތިބެގެން ރާއްޖެ ހިފަން އުޅޭކަމަށް ބުނެ އިންޑިއާ ސިފައިން ބާލަންއުޅޭކަމަށް ބުނެ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދާ ކެމްޕޭން ކުރަމުން ގޮސް ވެރިކަމަށް އައިސް 2 މަސް ވި އިރުވެސް އިންޑިއާ ސިފައިން ތިބި ތަނެއް ވެސް ރައީސް މުއިއްޒުއަށް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ އިންޑިއާ ސިފައިންނާއި ގުޅޭ ސުވާލު ނޫސްވެރިން ކުރުމުން، އެ ނޭނގޭ ކަމަށް ވިދާޅުވެ އެ ނޫސް، ނޫސްވެރިންގެ ބައްދަލުވުމަށް ނުވައްދަންވީއޭ ބުނެވެން ނުޖެހޭ ކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހް 5 އަހަރު ނިންމަވާލެއްވީ ނޫސްވެރިން ކޮންމެ ސުވާލެއް ކުރެއްވިޔަސް އެ ސުވާލަށް ޖަވާބުދެއްވަމުން ކަމަށެވެ. ކިތައްމެއް ވަރަކަށް ކުރެއްވިޔަސް އެ ޖަވާބުދެއްވާ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ 5 އަހަރުވާ އިރުވެސް ރައީސް މުއިއްޒަށް ޖެހިވަޑައިގަންނަވާނީ ނޫސްވެރިން ކުރާ ސުވާލުގެ ޖަވާބު ހޯއްދަވަ ހޯއްދަވާ ހުންނަން ކަމަށާއި، ސަބަބަކީ ބޮޑު ދޮގު ހައްދަވައިގެން ވަޑައިގެންނެވުމުން، އެކަމާއި ގުޅޭ ލިޔެކިޔުމެއް ފެންނަން ނުހުންނާނެ ކަމަށެވެ.

ދިވެހި ރާއްޖެ-އިންޑިއާގެ ގުުޅުންއިންޑިއާރޮޒައިނާ އާދަމްރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

ރާހުލް ގާންދީއާ ބައްދަލުކޮށް، މެސީ ހަދިޔާ ކުރީ އާޖެންޓީނާގެ 10 ނަންބަރު ޖާޒީއެއް

15 ޑިސެމްބަރު 2025
މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު