Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓަނާ މާޒިޔާއާ ގުޅުން

ލަސް ޕަލްމަސްއަށް ކުޅުނު ޓަނާ މާޒިޔާއަށް

5 ފެބުރުއަރީ 2022 | ހޮނިހިރު 07:22

ޓަނާ ވަނީ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑާ ދެކޮޅަށްވެސް ކުޅެފައި

އަތޫފް އާތިފް
އަތޫފް އާތިފް | 5 ފެބުރުއަރީ 2022 | ހޮނިހިރު 07:22
މާޒިޔާއަށް ސޮއިކުރި ޓަނާ ޑޮމިންގޭޒް

މާޒިޔާއަށް ސޮއިކުރި ޓަނާ ޑޮމިންގޭޒް

ސްޕެނިޝް ލީގުގެ ލަސް ޕަލްމަސްއަށް ކުޅުނު ސްޕެއިނުގެ ހުނަރުވެރި މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ސޮއިކޮށްފިއެވެ.

އުމުރުން 31 އަހަރުގެ މިޑްފީލްޑަރު މާޒިޔާއަށް ސޮއިކުރީ ހޮނިހިރު ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. ޓަނާ މާޒިޔާއަށް ސޮއިކުރިއިރު، މިދިޔަ ބުރާސްފަތި ދުވަހު މާޒިޔާއިން ވަނީ ޔޫރަޕާއި އެފްރިކާ އަދި އޭޝިއާގެ މަތީ ފަންތީގައި މަސައްކަތްކޮށްފައިވާ ކޯޗެއް ކަަމަށްވާ ސާބިއާގެ މަޔޮޑްރަގް ޖެސިކް، އެ ޓީމުގެ ކޯޗުގެ މަގާމަށް ހަމަޖައްސާފައެވެ.

މާޒިޔާއަށް ސޮއިކުރި ޓަނާ ވަނީ އޭނާގެ ޔޫތު ކެރިއަރުގައި ލަސް ޕަލްމަސް އާއި ވަލޮޑޮލިޑަށް ކުޅެފައެވެ. އަދި ސީނިއާ ކެރިއަރުގައި ވިލަ ސަންޓާ ބްރިގިޑާއަށާއި، ވެސިންޑާރިއޯ ބީ ޓީމާއި ސީނިއާ ޓީމަށްވެސް ވަނީ ކުޅެފައެވެ. އެއަށްފަހު 2012 ވަނަ އަހަރު އޭނާ ވަނީ ލަސް ޕަލްމަސްގެ ސީ ޓީމާ ގުޅެފައެވެ. އަދި އޭގެ ފަހުން 2013 ވަނަ އަހަރު ލަސް ޕަލްމަސްގެ ސީނިއާ ޓީމަށް ޕްރޮމޯޓުވިއިރު، އޭނާ ވަނީ ލަސް ޕަލްމަސްއާއެކު ސްޕެނިޝް ލީގުގެ ގިނަ މެޗުތަކެއް ކުޅެފައެވެ. އެގޮތުން ލަސްޕަލްމަސްއަށް ކުޅުނު 139 މެޗުން 13 ލަނޑު އޭނާ ވަނީ ކާމިޔާބުކޮށްފައެވެ.

ސްޕެނިޝް ލީގުގައި ޓަނާ ވަނީ ކުޅުނު 83 މެޗުން 10 ލަނޑު ޖަހާފައެވެ. އެގޮތުން އޭނާ ވަނީ ސްޕެއިންގެ ގަދަ ބާރު ރެއާލް މެޑްރިޑް ކޮޅަށާއި، ގްރަނާޑާ އާއި، އެތުލެޓިކް ބިލްބާއޯ އާއި، މަލާގާ އާއި، ގެޓަފޭ އަދި ރެއާލް ސޮސިއެޑާޑް ކޮޅަށްވެސް ލަނޑު ޖަހާފައެވެ.

ޓަނާ މާޒިޔާއަށް ސޮއިކުރިއިރު، އޭނާ ވެގެން ގޮސްފައިވަނީ ޔޫރަޕުގެ އެންމެ މަތީ ފަންތީގެ ލީގެއްގައި ކުޅުމަށްފަހު ރާއްޖޭގެ ކުލަބަކަށް މިފަހުން ސޮއިކުރި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ޓަނާ އާއެކު މާޒިޔާގެ ސްކޮޑުގައި މިހާރު ބިދޭސީ ހަތަރު ކުޅުންތެރިން ހިމެނެއެވެ. އެއީ މި ސީޒަނަށް މާޒިޔާއަށް ގެނައި ނޭޕާލުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްވަނަ ގޯލްކީޕަރު ކިރަން ކުމާރް ލިމްބޫ އާއި، މޮންޓަނީގްރޯގެ ޑިފެންޑަރު ނަމާންޏާ ކާޓާލް އަދި ސެއިންޓް ވިންސެންޓުގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. ދެން މި ސީޒަނަށް މާޒިޔާއިން ގެނައި އަނެއް ދެ ކުޅުންތެރިންނަކީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި ޒުވާން ޑިފެންޑަރު ހައިޝަމް ހަސަން (ބިޑި) އެވެ.

މާޒިޔާއަށް މި ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނުއިރު، އެ ޓީމުން ވަނީ އެ މުބާރާތުގައި އެ ޓީމަށް އިރުޝާދުދިން ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) މަގާމުން ވަކިކޮށްފައެވެ. އެއަށްފަހު ދިވެހި ޕްރިމިއާ ލީގާ އޭއެފްސީ ކަޕަށް މާޒިޔާއިން ސްކޮޑް ވަރުގަދަ ކުރާއިރު، ދިވެހި ޕްރިމިއާ ލީގު ފަށާނީ މި މަހުގެ 16 ވަނަ ދުވަހެވެ. އަދި އޭއެފްސީ ކަޕުގައި މާޒިޔާ ކުޅޭ ދެކުނު އޭޝިއާގެ ގްރޫޕް މެޗުތައް ތާވަލުކޮށްފައި އޮތީ އަންނަ މެއި މަހަށެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
25 ސެޕްޓެމްބަރު 2025

ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު

25 ސެޕްޓެމްބަރު 2025
ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު
16 ސެޕްޓެމްބަރު 2025

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި

16 ސެޕްޓެމްބަރު 2025
އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި
14 ސެޕްޓެމްބަރު 2025

މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ

14 ސެޕްޓެމްބަރު 2025
މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ
06 މެއި 2025

އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް

06 މެއި 2025
އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް
01 މާރިޗު 2025

މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

01 މާރިޗު 2025
މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް