Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޔޫތު މިނިސްޓަރު މަހުލޫފުގެ މައްސަލަ

މައްސަލަ ބަލާ ސެކްޝަންގައި ކޮވިޑުގެ ޙާލަތު ރަނގަޅުވެފައިވާތީ، މަޙުލޫފުގެ މައްސަލަ ތާވަލުކޮށްފި

ކޯޓުން މީގެ ކުރިން ބުނެފައިވަނީ އެމައްސަލައިގެ ޝަރީޢަތް ކުރިޔަށްގެންދާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުންކަމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 4 ފެބުރުއަރީ 2022 | ހުކުރު 04:08
ޔޫތު މިނިސްޓަރ އަހުމަދު މަޙުލޫފު- މަހުލޫފްގެ މައްސަލައިގެ ޝަރީޢަތާއި ގުޅޭގޮތުން ކޯޓުން މީގެ ކުރިން ބުނެފައިވަނީ އެމައްސަލައިގެ ޝަރީޢަތް ކުރިޔަށްގެންދާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުންކަމަށް

ޔޫތު މިނިސްޓަރ އަހުމަދު މަޙުލޫފު- މަހުލޫފްގެ މައްސަލައިގެ ޝަރީޢަތާއި ގުޅޭގޮތުން ކޯޓުން މީގެ ކުރިން ބުނެފައިވަނީ އެމައްސަލައިގެ ޝަރީޢަތް ކުރިޔަށްގެންދާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުންކަމަށް

ގިނަ ބަޔަކު ހާޒިރުކޮށްގެން ހިންގޭ ޝަރީއަތެއް ބޭއްވޭ ވަރަށް ކްރިމިނަލް ކޯޓުގައި މައްސަލަ ބަލާ ސެކްޝަންގައި ކޮވިޑުގެ ޙާލަތު ރަނގަޅުވެފައިވާތީ، ޔޫތު މިނިސްޓަރު އަހުމަދު މަޙުލޫފުގެ މައްސަލަ ތާވަލުކޮށްފިއެވެ.

އެކަމާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލު އަމާން މުޙައްމަދު ނަޖީބް ވިދާޅުވީ، މަހުލޫފުގެ މައްސަލައަކީ ގިނަ ބަޔަކު އަޑުއެހުމަށް ނަން ނޯޓު ކުރާ މައްސަލައެއް ކަމަށެވެ. އެފަދަ މައްސަލަަތަކަށް ކޯޓު ރޫމް މެނޭޖް ކުރުމަށް ބޭނުންވާ ސެކްޝަންގެ އޮފިސަރު ކޮވިޑް-19 އަށް ޕޮޒިޓިވްވުމަށްފަހު، މިހާރު ބަލިން ރަނގަޅުވެފައިވާކަމަށެވެ.

އަމާން ވިދާޅުވީ، ކޯޓުގެ ގިނަ މުވައްޒަފުން މިހާރު ބޫސްޓަރ ޑޯޒްވެސް ޖަހާފައިވާ ކަމަށެވެ. ވުމާއެކު އެ ކަންކަމަށް ރިއާޔަތްކޮށް، ގިނަ ބަޔަކު ހާޒިރުކޮށްގެން ހިންގޭ ޝަރީއަތެއް ބޭއްވޭ ވަރަށް މައްސަލަ ބަލާ ސެކްޝަންގެ ކޮވިޑުގެ ޙާލަތު ރަނގަޅުވެފައިވާތީ، މަޙުލޫފުގެ މައްސަލަ ތާވަލު ކޮށްފައިވާ ކަމަށެވެ. އެގޮތުން މި މައްސަލައިގެ އިބްތިދާއީ އަޑުއެހުމެއް 10 ފެބްރުއަރީ 2022 ގެ 13:30 އަށް ވަނީ ތާވަލުކޮށްފައެވެ.

މަހުލޫފްގެ މައްސަލައިގެ ޝަރީޢަތާއި ގުޅޭގޮތުން ކޯޓުން މީގެ ކުރިން ބުނެފައިވަނީ އެމައްސަލައިގެ ޝަރީޢަތް ކުރިޔަށްގެންދާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުންކަމަށެވެ.

މިކަމާއި ގުޅޭގޮތުން ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލްވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޝަކީލް ވިދާޅުވެފައިވާ ގޮތުގައި މަހުލޫފުގެ މައްސަލަ ކުރިއަށް ގެންދާނީ ކޮވިޑުގެ ޙާލަތު ރަނގަޅުވުމުން ކަމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ މަޖިލީހުން ނިންމާފައެއް ނުވާނެއެވެ. ނަމަވެސް ކޯޓުގެ ސެކްޝަންތަކުގެ ވަކި ވަކި ގާޒީން މައްސަލަތައް ތާވަލު ކުރައްވާ ގޮތަކީ އެގާޒީންގެ ނިންމެވުމެއްކަމަށް ޝަކީލް އޭރު ފާހަގަކުރެއްވިއެވެ.

މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ އޭނާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަމުގައި ހުންނެވިއިރު 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް ވޯޓުދިނުމުގެ މުގާބިލުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އަބްދުލްޣަފޫރު، އެސްއޯއެފް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ބޭންކު އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުގެ ޗެކަކުން މަހުލޫފަށް ދިން 33،000 އެމެރިކާ ޑޮލަރު އޭނާގެ ނަމުގައި ބީއެމްއެލް ގައި ހުޅުވާފައިވާ އެކައުންޓަށް 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 1 ވަނަ ދުވަހު ޖަމާކޮށް ރިޝްވަތު ހިފާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.

މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 3 ވަނަ މާއްދާގެ ހ އާ ހަވާލާދީ އެމާއްދާގެ ށ ގެ ދަށުން ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއެވެ.

އަހުމަދު މަޚްލޫފްއެމްއެމްޕީއާރްސީކްރިމިނަލް ކޯޓް

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު