Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖެސިކް މާޒިޔާއާ ހަވާލުވުން

މާޒިޔާގެ ކޯޗަކަށް ޔޫރަޕާއި އޭޝިއާގެ ތަޖުރިބާކާރު ކޯޗު ޖެސިކް

މާޒިޔާއިން ވަނީ ސާބިއާގެ ފިޓްނަސް ކޯޗު ގޯރާން ގުޒިޖާންވެސް ގެނެސްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 3 ފެބުރުއަރީ 2022 | ބުރާސްފަތި 10:45
މާޒިޔާގެ ކޯޗުގެ މަގާމަށް ހަމަޖެއްސި ސާބިއާގެ މަޔޮޑްރަގް ޖެސިކް

މާޒިޔާގެ ކޯޗުގެ މަގާމަށް ހަމަޖެއްސި ސާބިއާގެ މަޔޮޑްރަގް ޖެސިކް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗުގެ މަގާމަށް ޔޫރަޕާއި އޭޝިއާގެ މަތީ ފަންތީގައި މަސައްކަތް ކޮށްފައިވާ ކޯޗު ސާބިއާގެ މަޔޮޑްރަގް ޖެސިކް ހަމަޖައްސައިފިއެވެ.

މާޒިޔާގެ ކޯޗުގެ މަގާމު ހުސްވީ ދާދި ފަހުން ނިމުނު ޕްރެޒިޑެންޓްސް ކަޕަށް ފަހު އެ ޓީމުގެ ކޯޗަކަށް ހުރި ރާއްޖޭގެ ތަޖުރިބާކާރު ކޯޗު މުޙައްމަދު ޝިޔާޒް (މޯހަން) މަގާމުން ވަކިކުރުމުންނެވެ. މި ސީޒަނަށް މާޒިޔާގެ ކޯޗަކަށް މޯހަން ހަމަޖެއްސި ނަމަވެސް، މޯހަންއަށް މާޒިޔާގެ ވަޒީފާ ގެއްލުނީ ޖެހިޖެހިގެން ތިން މެޗުން އެ ޓީމު ބަލިވެފައިވަނިކޮށެވެ. މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުން ކުލަބު ވެލެންސިއާ އަތުން މާޒިޔާ ބަލިވި ނަމަވެސް، ސީޒަން ފެށުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ ވަނީ މޯހަންގެ ކޯޗުކަމުގައި ވެލެންސިއާ ބަލިކޮށް ޝީލްޑް އުފުލާލާފައެވެ.

މިދިޔަ ހަފުތާގައި މާޒިޔާއިން މޯހަން ވަކިކުރިއިރު، ބުރާސްފަތި ދުވަހު ގައުމީ ފުޓްބޯޅަ ދަނޑުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޓީމުގެ ކޯޗަކަށް ޖެސިކް ވަނީ ހަމަޖައްސާފައެވެ. މާޒިޔާގެ ކޯޗަކަށް އޭނާ ހަމަޖައްސާފައިވަނީ މި ސީޒަނުގެ ނިޔަލަށެވެ. މީގެ އިތުރުން މާޒިޔާއިން ވަނީ ޖެސިކާއެކު އެ ޓީމަށް ސާބިއާގެ ފިޓްނަސް ކޯޗެއް ކަމަށްވާ ގޯރާން ގުޒިޖާންވެސް ގެނެސްފައެވެ.

އުމުރުން މިހާރު 63 އަހަރުގެ ޖެސިކް ކޯޗިން ކެރިއަރު ފެށީ 1997 ވަނަ އަހަރު ސާބިއާގެ ރެޑްނިކީންނެވެ. އޭގެ ފަހުން އޭނާ ވަނީ ޓިއުނީޝިއާ އާއި، ތުރުކީ، އީރާނާއި، ބަލްގޭރިއާ، ޔޫއޭއީ، މޮންޓެނީގްރޯ، ޗައިނާ، ލީބިޔާ، މިޔަންމާ އަދި ސައުދީގެ ކުލަބުތަކަށް އިރުޝާދުދީފައެވެ.

ކޯޗިން ކެރިއަރުގައި ޖެސިކް ވަނީ އީރާނުގެ ސްފަޒިއޭންއަށް އަރަބް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައެވެ. އަދި އޭނާ ވަނީ ބަލްގޭރިއާގެ ލީގާއި، ބަލްގޭރިއާ ކަޕް އަދި ބަލްގޭރިއާ ސުޕަ ކަޕުގެ އިތުރުން ލީބިޔަން ޕްރިމިއާ ލީގާއި، ލީބިޔަން ކަޕް އަދި ލީބިޔަން ސުޕަ ކަޕުވެސް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން މިޔަންމާގެ ޔަންގޮން ޔުނައިޓެޑާއެކު ޖެސިކް ވަނީ އެ ގައުމުގެ ލީގު ޗެމްޕިއަންކަންވެސް ހޯދާފައެވެ.

ޖެސިކަކީ ފުރަތަމަ ޑިވިޝަނުގައި މާޒިޔާއަށް ކޯޗުކޮށްދޭނެ ބިދޭސީ ތިންވަނަ ކޯޗެވެ. އެގޮތުން މީގެ ކުރިން މާޒިޔާއަށް ފުރަަތަމަ ޑިވިޝަނުގައި ދެ ފަހަރެއްގެ މަތިން މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ އިރުޝާދުދިންއިރު، މިދިޔަ ސީޒަނުގެ މެދުތެރެއިން މާޒިޔާގެ ކޯޗުކަމާ ހަވާލުވީ ސާބިއާގެ ރިސްޓޯ ވިޑަކޮވިޗެވެ.

ކުރިއަށް ދިވެހި ޕްރިމިއާ ލީގާ އަމާޒުކޮށް މާޒީޔާގެ ކޯޗުގެ މަގާމާ ޖެސިކް ހަވާލުވިއިރު، ދިވެހި ޕްރިމިއާ ލީގު ފެށުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހެވެ. ޒިޔާއަކީ އެންމެ ފަހުގެ ދެ ސީޒަނުގެވެސް ލީގު ޗެމްޕިއަނުންނެވެ. މީގެ އިތުރުން މާޒިޔާއިން ވަނީ މި އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުން ޖާގައެއްވެސް ހޯދާފައެވެ.

މަޔޮޑްރަގް ޖެސިކްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
25 ސެޕްޓެމްބަރު 2025

ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު

25 ސެޕްޓެމްބަރު 2025
ޓީސީ ބަލިކޮށް، މާޒިޔާ އަށް ދެ ވަނަ މޮޅު
16 ސެޕްޓެމްބަރު 2025

އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި

16 ސެޕްޓެމްބަރު 2025
އީގަލްސް ބަލިކޮށް މާޒިޔާ އިން ޗެރިޓީ ޝީލްޑް ކާމިޔާބު ކޮށްފި
14 ސެޕްޓެމްބަރު 2025

މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ

14 ސެޕްޓެމްބަރު 2025
މާޒިޔާ އާއި އީގަލްސްގެ މެޗުން، ބުރާސްފަތި ދުވަހުގެ ރޭ ލީގު ފަށަނީ
06 މެއި 2025

އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް

06 މެއި 2025
އެފްއޭއެމް ލީގު ކަޕް: ނިއު ބަލިކޮށް މާޒިޔާ އަށް ރަނގަޅު ފެށުމެއް
01 މާރިޗު 2025

މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި

01 މާރިޗު 2025
މާޒިޔާ އިން ފުރަތަމަ ފަހަރަށް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު