Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކޮވިޑް-19 ރާއްޖޭގެ ހާލަތު

ކޮވިޑްގެ ބިޔަ ރާޅާއެކު އެންމެ ގިނަ މީހުން ޕޮޒިޓިވްވި މަހަކަށް ޖެނުއަރީ މަސް؛ 42,989 ޕޮޒިޓިވް ކޭސް، 14 މަރު

އެކްޓިވް ކޭހުގެ އަދަދު 15,389 އަށް އިތުރުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 1 ފެބުރުއަރީ 2022 | އަންގާރަ 00:18
ޖެނުއަރީ މަހު ރިކޯޑް މިންވަރަކަށް މީހުންނަށް ކޮވިޑް ޖެހިފައިވޭ

ޖެނުއަރީ މަހު ރިކޯޑް މިންވަރަކަށް މީހުންނަށް ކޮވިޑް ޖެހިފައިވޭ

ކޮވިޑް-19ގެ ބަލިމަޑުކަމުގައި އުޅޭތާ ދެ އަހަރުވެފައިވާއިރު 2021 ވަނަ އަހަރު ނިމެމުން ދިޔައީ އޮމިކްރޯން ވޭރިއަންޓްގެ ބިރުވެރިކަމާއެކުއެވެ. މުޅި ދުނިޔެއަށް ކުރިމަތިވަމުން ދިޔަ އޮމިކްރޯން ވޭރިއަންޓްގެ އަސަރު ރާއްޖެއަށްވެސް އޭރުވަނީ ފޯރާފައެވެ. އެހެންކަމުން އަހަރު ނިމި އައު އަހަރަކާއި ބައްދަލުކުރީ ފަސް ވަނަ ރާޅެއް ކުރިމަތިވަމުންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ކޮވިޑްގެ ނަންބަރުތައް ވަކި މިންވަރެއްގައި ހިފެހެއްޓިފައި ހުރުމަށްފަހު ޑިސެމްބަރު މަހުގެ ފަހުކޮޅުން ފެށިގެން އަދަދުތައް މައްޗަށްދާން ފެށިއެވެ. ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ހުރީ 95،700 ގައެވެ. އެދުވަހު ކޮވިޑަށް ޕޮޒިޓިވްވީ 160 މީހުންނެވެ.

އަހަރު ފެށުނު ދުވަސްކަމުގައިވާ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހު 191 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ. އަދި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު 95،891 އަށް އެރިއެވެ. އެކްޓިވް ކޭހުގެ އަދަދު އަހަރު ފެށުނުއިރު ހުރީ 2381 ގައެވެ. އޭރު މިބަލީގައި ނިޔާވި މީހުންގެ އަދަދު ހުރީ 262 ގައެވެ. ޖެނުއަރީ މަހުގެ 3 ވަނަ ދުވަހު ޕޮޒިޓިވްވި މީހުންގެ އަދަދު 200 އިން މައްޗަށް ޖެހިލިއެވެ. އެއީ 242 މީހުންނެވެ. އެކްޓިވް ކޭހުގެ އަދަދު އޭރު ހުރީ 2609 ގައެވެ. ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ފެނުނު ކޭސްތަކުގެ އަދަދު 300 އިން މައްޗަށް ޖެހިލިއެވެ. އެއީ 304 ކޭހެވެ. އޭރު އެކްޓިވް ކޭހުގެ އަދަދު ހުރީ 2908 ގައެވެ. ޖެނުއަރީ މަހުގެ 6 ވަނަ ދުވަހާއި ހަމައަށް 4 މީހުން މިބަލީގައި ނިޔާވި މީހުންގެ އަދަދު 262 އަށް އެރިއެވެ.

ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 400 އިން މައްޗަށް ޖެހިލިއެވެ. އެދުވަހު 454 މީހުން ޕޮޒިޓިވްވިިއިރު އެކްޓިވް ކޭހުގެ އަދަދު 3825 އަށް އެރިއެވެ. އެދުވަހަކީ ކޮވިޑްގެ ނުރައްކާ ލެވެލް ގިނަ ދުވަސްތަކެއް ވަންދެން ރީންދޫ އެލާރޓްގައި ހުރުމަށްފަހު އޮރެންޖް އެލާރޓަށް ބަދަލުކުރި ދުވަހެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުން ފެށިގެން ކޮވިޑްގެ އެލާރޓް ހުރީ ރީނދޫ ކުލައިގައެވެ. އޭގެ ތިން މަސްފަހުން ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެލާރޓްގެ ކުލަ އޮރެންޖަށް ވަނީ ބަދަލުކޮށްފައެވެ.

ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ޕޮޒިޓިވްވި ކަމަށް އެޗްޕީއޭއިން ރިޕޯޓްކޮށްފައިވަނީ 593 މީހުންނެވެ. އޭރު އެކްޓިވް ކޭހުގެ އަދަދަދު 4320 އަށް އަރައިފިއެވެ. ޖެނުއަރީ މަހުގެ 12 ވަނަ ދުވަހު 536 މީހުން ޕޮޒިޓިވްވުމަށްފަހު ޖެހިގެން އައި ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ޕޮޒިޓިވްވި މީހުންގެ އަދަދު 816 އަށް އެރިއެވެ. އަދި އެކްޓިވް ކޭހުގެ އަދަދު 5118 އަށް އެރިއެވެ. އަދި ހަމައެދުވަހު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމްލަ އަދަދު ލައްކައަކުން މައްޗަށް ޖެހިލިއެވެ. އެއީ 100،451 ކޭހެވެ.

ޖެހިގެން އައި ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު 967 މީހުން ޕޮޒިޓިވްވިއިރު ނިޔާވި މީހުންގެ އަދަދު 265 އަށް އެރިއެވެ. ޖެނިއަރީ މަހުގެ 16 ވަނަ ދުވަހު ޕޮޒިޓިވްވި މީހުންގެ އަދަދު ހާހަކުން މައްޗަށް އެރިއެވެ. އެއީ 1209 މީހުންނެވެ. ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު އެކްޓިވް ކޭސްތަކުގެ އަދަދު 6993 އަށް އެރިއެވެ. އެދުވަހު 1420 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ. އަދި ކޮވިޑް އެލާރޓް ލެވެލް ރަތަށް ބަދަލުކުރިއެވެ. އެއީ ކޮވިޑްގެ އެންމެ ނުރައްކާތެރި ލެވެލްއެވެ.

ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު 2137 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ. އަދި އެކްޓިވް ކޭހުގެ އަދަދު 9574 އަށް މައްޗަށް ޖެހިލިއެވެ. ޖެހިގެން އައި ދުވަހު 2199 މީހުން ޕޮޒިޓިވްވިއެވެ. އަދި ހަމަ އެދުވަހު 4 މީހަކު ނިޔާވިއެވެ. އެއާއެކު ނިޔާވި މީހުންގެ އަދަދު 269 އަށް މައްޗަށް ޖެހިލިއެވެ. އެދުވަހު އެކްޓިވް ކޭހުގެ އަދަދު 10،537 އަށް މައްޗަށް ޖެހިލިއެވެ. 21 ވަނަ ދުވަހު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1697 އަށް ތިރިވެފައެވެ. ޖެހިގެން އައި 22 ވަނަ ދުވަހު 2349 މީހުން ޕޮޒިޓިވްވިއެވެ. އެދުވަހު އެކްޓިވް ކޭހުގެ އަދަދު ހުރީ 13،035 ގައެވެ. 23 ވަނަ ދުވަހު 2484 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެދުވަހު ކޮވިޑް ބަލީގައި މީހަކު ނިޔާވުމާއި ގުޅިގެން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު 270 އަށް އެރިއެވެ. އެދުވަހު އެކްޓިވް ކޭހުގެ އަދަދު ހުރީ 14،636 ގައެވެ.

ޖެނުއަރީ 24 ވަނަ ދުވަހު 2707 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ. އެދުވަހު އެކްޓިވް ކޭހުގެ އަދަދު 15،721 އަށް އެރިއެވެ. އަދި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 120،168 އަށް އެރިއެވެ. ޖެނުއަރީ 25 ވަނަ ދުވަހު 2609 މީހުން ޕޮޒިޓިވްވިއިރު އިތުރަށް އެކަކު ނިޔާވެ 271 އަށް ނިޔާވި މީހުންގެ އަދަދު އެރިއެވެ. އަދި އެކްޓިވް ކޭހުގެ އަދަދު 16،666 އަށް އެރިއެވެ. 26 ވަނަ ދުވަހު ޕޮޒިޓިވްވީ 2813 މީހުންނެވެ. 27 ވަނަ ދުވަހު 2499 މީހުން ޕޮޒިޓިވްވިއިރު އެކްޓިވް ކޭހުގެ އަދަދު ހުރީ 16،950 ގައެވެ. އަދި އޭރު ނިޔާވި މީހުންގެ އަދަދު 274 އަށް ވަނީ އަރާފައެވެ. 28 ވަނަ ދުވަހު 2510 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ. އެދުވަހު އެކްޓިވް ކޭހުގެ އަދަދު ހުރީ 17،777 ގައެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 130،599 އަށް އެރިއެވެ.

ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު 2689 މީހުން ޕޮޒިޓިވްވިއެވެ. ޖެހިގެން އައި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހަކީ ޖެނުއަރީ މަހު އެންމެ ގިނަ މީހުން ޕޮޒިޓިވްވި ދުވަހެވެ. އެއީ 2838 މީހުންނެވެ. އެދުވަހު އެކްޓިވް ކޭހުގެ ގޮތުގައި ގުނަމުން ދިޔައީ 17،589 ކޭހެކެވެ. ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު 2754 މީހުން ޕޮޒިޓިވްވިއެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 138،880 އަށް އެރިއެވެ. އަދި ނިޔާވި މީހުންގެ އަދަދު 276 އަށް އެރިއެވެ.

މަސް ނިމުނުއިރު އެކްޓިވް ކޭހުގެ ގޮތުގައި ގުނަމުންދަނީ 17،770 އެވެ. މުޅި މަހަށް ބަލާއިރު އެއީ 15,389 ކޭހުގެ އިތުރުވުމެކެވެ. އެކްޓިވް ކޭހުގެ އަދަދު އިތުރުވަމުން ދިޔަ ނަމަވެސް ފާހަގަކޮށްލަން ޖެހެނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ މީހުންގެ އަދަދު އެކްޓިވް ކޭސްތަކާއި އަޅާބަލާއިރު މަދުކަމެވެ. މަސް ނިމުނުއިރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 63 މީހުންނަށެވެ. އަދި އެއީ މުޅި ޖެނުއަރީ މަސްތެރޭގައިވެސް އެންމެ ގިނަ އަދަކަށް މީހުން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދިޔަ ދުވަސްވެސްމެއެވެ.

ޖެނުއަރީ މަހަށް ބަލާލާއިރު ޖެނުއަރީ މަހުގެ 13 ވަނަ ދުވަހުން ފެށިގެން ދުވާލެއްގެ މައްޗަށް ޓެސްޓްކުރަމުން ދިޔަ ސާމްޕަލްގެ އަދަދު ވަނީ 7000 އިން މައްޗަށް ޖެހިލާފައެވެ. އޭގެކުރިން ޓެސްޓްކުރަމުން ދިޔައީ ދުވާލެއްގެ މައްޗަށް 2000 އާއި 5000 އާއި ދެމެދުގެ އަދަދުތަކެވެ.

ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަލާއިރު މިހާތަނަށް ދިވެހިންނާއި ކުރިމަތިވި އެންމެ ހިތްދަތި މަހަކީ މިދިޔަ އަހަރުގެ މެއި މަހެވެ. އެމަހު އެކަނި 34،159 މީހުން ކޮވިޑަށް ޕޮޒިޓިވްވިއެވެ. އެމަހަކީ މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑް ބަލީގައި ނިޔާވެގެން ރިޕޯޓްކުރި މަސްވެސްމެއެވެ. އެއީ 88 މީހުންނެވެ. އެއަށްފަހު ރިކޯޑް މިންވަރަކަށް މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކުރެވުނު މަހަކަށް ވެގެންގޮސްފައި މިވަނީ ފާއިތުވި ޖެނުއަރީ މަހެވެ. އެއީ 42,989 ޕޮޒިޓިވް ކޭހެވެ. އެއީ ދުވާލެއްގެ މައްޗަށް 1,386 ކޭހެވެ. މިދިޔަ އަހަރުގެ މެއި މަހާއި އަޅާބަލާއިރު ޖެނުއަރީ މަހު ނިޔާވި މީހުންގެ އަދަދު ބޮޑުތަނުން ދަށެވެ. އެއީ 14 މަރެވެ.

ހަލުވިކަމާއެކު ފެތުރެމުން އަންނަ އޮމިކްރޯން ވޭރިއަންޓާއެކު އަދިވެސް ރާއްޖޭގެ ކޮވިޑްގެ ހާލަތަށް ބަދަލެއް ނާދެއެވެ. ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ވަރުގަދަ ނުކުރި ނަމަވެސް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް އަމަލުކޮށް، ގިނަ މީހުން އެއްވެ ނޫޅުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

ކޮވިޑް-19

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު