Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19 މާފުށި ޖަލުގެ ހާލަތު

މާފުށީ ޖަލުގައި އެކްޓިވް ކޭސްތަކުގެ އަދަދު ތިރިއަށް ޖެހިލައިފި

ގައިދީންގެ ތެރެއިން މިވަގުތު ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 149 އަށް ތިރިވެފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2022 | ހޯމަ 21:27
މާފުށި ޖަލު

މާފުށި ޖަލު

މާފުށީ ޖަލުގައި ކޮވިޑް-19 ގެ އެކްޓިވް ކޭސްތަކުގެ އަދަދު ދަށަށް ޖެހިލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު ގައިދީންގެ ތެރެއިން މިވަގުތު ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 149 އަށް ތިރިވެފައެވެ. 82 ގައިދީން ކަރަންޓީނުގައި ތިބިއިރު 123 ގައިދީއަކު ވަނީ ބަލިން ފަސޭހަވެފައެވެ. އޭގެކުރިން ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު ގައިދީންގެ އެކްޓިވް ކޭހުގެ އަދަދު ހުރީ 156 ގައެވެ. އެދުވަހު ކަރަންޓީނުގައި ތިބީ 82 ގައިދީންނެވެ. އަދި 116 ގައިދީއަކު ބަލިން ފަސޭހަވެފައިވެއެވެ. ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ގައިދީންގެ ތެރެއިން ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ހުރީ 153 ގައެވެ. 82 ގައިދީން ކަރަންޓީނުގައި ތިބިއިރު 114 ގައިދީއަކު ވަނީ ބަލިން ފަސޭހަވެފައެވެ. އޭގެކުރިން ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ގައިދީންގެ އެކްޓިވް ކޭހުގެ އަދަދު ހުރީ 95 ގައެވެ. އެދުވަހު ކަރަންޓީނުގައި ތިބީ 180 ގައިދީންނެވެ. އަދި 74 ގައިދީއަކު ބަލިން ފަސޭހަވެފައިވެއެވެ. ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެކްޓިވް ކޭހުގެ އަދަދު ހުރީ 66 ގައެވެ. އެދުވަހު 215 ގައިދީއަކު ކަރަންޓީނުގައި ތިބިއިރު ބަލިން ފަސޭހަވެފައިވަނީ 71 ގައިދީންނެވެ.

ގައިދީން ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު ދަށަށް ދާން ފަށާފައިވާއިރު ޖަލުގައި މަސައްކަތްކުރާ ޕްރިޒަން އޮފިސަރުންވެސް ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު އަންނަނީ ދަށްވަމުންނެވެ. އެގޮތުން ޖެނުއަރީ މަހުގެ 31 ވަނަ ދުވަހު އޮފިސަރުންގެ އެކްޓިވް ކޭހުގެ އަދަދު ހުރީ 7 ގައެވެ. ކަރަންޓީނުގައި އެއްވެސް އޮފިސަރަކު ނެތްއިރު 26 އޮފިސަރުން ބަލިން ފަސޭހަވެފައިވެއެވެ. ޖެނުއަރީ މަހުގެ 30 ވަނަ ދުވަހު އޮފިސަރުންގެ އެކްޓިވް ކޭހުގެ އަދަދު ހުރީ 10 ގައެވެ. އެދުވަހު ދެ އޮފިސަރުން ކަރަންޓީނުގައި ތިބިއިރު ބަލިން ފަސޭހަވެފައިވަނީ 23 އޮފިސަރުންނެވެ. ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އޮފިސަރުންގެ އެކްޓިވް ކޭހުގެ އަދަދު ހުރީ 15 ގައެވެ. ކަރަންޓީނުގައި 3 އޮފިސަރުން ތިބިއިރު ބަލިން ރަނގަޅުވެފައިވަނީ 16 އޮފިސަރުންނެވެ. ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އޮފިސަރުންގެ އެކްޓިވް ކޭހުގެ އަދަދު ހުރީ 12 ގައެވެ. 3 އޮފިސަރުން ކަރަންޓީނުގައި ތިބިއިރު ބަލިން ރަނގަޅުވެފައިވަނީ 16 އޮފިސަރުންނެވެ. ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އޮފިސަރުންގެ އަދަދު ހުރީ އޭގެކުރީ ދުވަހާ އެއްގޮތަށެވެ.

މާފުށީ ޖަލުގައި އެކްޓިވް ކޭހުގެ އަދަދު މަތިވާން ފަށާފައިވާއިރު މާފުށީ ޖަލުގައި ތިބި ހައިރިސްކް ގައިދީން ގެއަށް ބަދަލު ކުރަން ވަނީ ފަށާފައެވެ. ޖެނުއަރީ 27 ވަނަ ދުވަހު ގައިދީން ގެޔަށް ބަދަލުކުރަން ފަށާފައިވަނީ ޖަލުގައި ކޮވިޑް ހާލަތު ގޯސްވަމުން އަންނާތީކަމަށް ކަރެކްޝަންސް އިން ބުނެއެވެ.

މާފުށި ޖަލުން ކޮވިޑް ކޭސްތަކެއް ފެނި އެޖަލު ކުއްލި ހާލަތަށް ގެނެސްފައިވަނީ ޖެނިއަރީ 14 ވަނަ ދުވަހުއެވެ. ކަރެކްޝަންސް އިން ބުނީ، ކަރަންޓީންގައި ތިބި ގައިދީން ތިބޭނީ އެހެން ގައިދީންނާއި ވަކިން ކަމަށެވެ. އެމީހުންގެ ކަރަންޓީން މުއްދަތުގައި، ޖަލު ގޮޅިން ބޭރަށް ނުނެރޭނެ ކަމަށެވެ. އަދި ޕޮޒިޓިވްވާ ގައިދީން އެކަހެރި ކުރެވި، ބޭނުންވާ ސިއްޙީ ފަރުވާ ދެމުން ގެންދާ ކަމަށެވެ. ހާލަތު ގޯސްވެއްޖެ ނަމަ ފެސިލިޓީތަކަށް ގެންދިޔުމުގެ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށް ކަރެކްޝަނުން ބުނެއެވެ.

ޖަލު އާންމު ހާލަތަށް ގެނެވެންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ގައިދީންނާއި ބަންދުކޮށްފައިވާ މީހުންނަށް އާއިލީ ބައްދަލުވުންތަކާއި ވަކީލު ބައްދަލުވުންތަކުގެ އިތުރުން ކޯޓު އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ އޮންލައިންކޮށެވެެ.

މީގެ ކުރިންވެސް ޖަލުތަކުގައި ހާލަތު ގޯސްވެ 522 މީހުން ޕޮޒިޓިވްވެ، 17 ހައިރިސްކް ގައިދީން ވަގުތީ ގޮތުން ގޭބަންދަށް ބަދަލުކުރަން ޖެހުނެވެ.

ކޮވިޑް-19

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު