Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮވިޑް-19 ރާއްޖޭގެ ހާލަތު

މޮނިޓަރިންގ ގައި 34 ރަށެއް

ދެ ރަށެއް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވަނީ ޑިސެމްބަރުމަހު

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 31 ޖެނުއަރީ 2022 | ހޯމަ 21:10
ގދ. ތިނަދޫ ވަނީ މޮނިޓަރިންގ އަށް ލާފައި

ގދ. ތިނަދޫ ވަނީ މޮނިޓަރިންގ އަށް ލާފައި

ކޮވިޑް-19 ގެ ހާލަތާއި ގުޅިގެން މިވަގުތު 34 ރަށެއް މޮނިޓަރިންގ ގައި އޮތްކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނަ ދުވަސްވަންދެން މޮނިޓަރިންގ ގައި އޮތް ދެ ރަށަކީ ކ.މާފުއްޓާއި ހއ.އިހަވަންދޫއެވެ. މީގެތެރެއިން މާފުށި މޮނިޓަރިންގ އަށް ލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 30 ވަނަ ދުވަހުއެވެ. އަދި ހއ.އިހަވަންދޫ މޮނިޓަރިންގ އަށް ލާފައިވަނީ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުއެވެ. ބާކީ ހުރި ރަށްތައް މޮނިޓަރިންގ އަށް ލާފައިވަނީ ޖެނުއަރީ މަހުގެ ތެރޭގައެވެ.

އެގޮތުން މިހާރު މޮނިޓަރިންގ ގައި ހުރި ރަށްތަކަށް ބަލާލާއިރު ޖެނުއަރީ މަހުގެ 9 ވަނަ ދުވަހު ހދ.ނޮޅިވަރަމްފަރު މޮނިޓަރިންގ އަށް ލާފައިވާއިރު ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ށ.ފުނަދޫ، ބ.ދަރަވަންދޫ އަދި ދ.ބަނޑިދޫ އާއި ލ.ގަން ވަނީ މޮނިޓަރިންގ އަށް ގެނެސްފައެވެ. ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު މޮނިޓަރިންގ އަށް ލާފައިވާ ރ.އުނގޫފާރާއި ގދ.ގައްދޫގެ އިތުރުން ހދ.ހަނިމާދޫ އަދިވެސް އޮތީ މޮނިޓަރިންގ ގެ ހާލަތުގައެވެ.

ޖެނުއަރީ މަހުގެ 19 ވަނަ ދުވަހު ކ.ގުރައިދޫ އާއި ބ.އޭދަފުށި ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ. ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު ހއ.ދިއްދޫ މޮނިޓަރިންގ އަށް ލިއިރު 21 ވަނަ ދުވަހު ތ.ގުރައިދޫ ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ. ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު 7 ރަށެއް މޮނިޓަރިންގ އަށް ލާފައިވެއެވެ. އެއީ ބ.ގޮއިދޫ، ޅ.ކުރެންދޫ، ހދ.ކުޅުދުއްފުށި، ލ.ދަނބިދޫ، ލ.ހިތަދޫ، ށ.ކަނޑިތީމު އަދި ވ.ކެޔޮދޫއެވެ.

23 ވަނަ ދުވަހު ނ.ކުޑަފަރި އަދި ގދ.ތިނަދޫ ވަނީ މޮނިޓަރިންގ އަށް ލާފައެވެ. 24 ވަނަ ދުވަހު 4 ރަށެއް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވެއެވެ. އެއީ ގދ.މަޑަވެލި، އދ.މަހިބަދޫ، ދ.ކުޑަހުވަދޫ އަދި ދ.ހުޅުދެލިއެވެ.

ޖެނުއަރީ މަހުގެ 25 ވަނަ ދުވަހު މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވަނީ 3 ރަށެކެވެ. އެއީ ގދ.ވާދޫ، ށ.މިލަންދޫ އަދި ގއ.ކޮލަމާފުށިއެވެ. ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު ނ.މާޅެންދޫ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވާއިރު ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު ބ.ކެންދޫ ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ.

ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ރ.ކިނޮޅަސް މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައިވާއިރު 30 ވަނަ ދުވަހު ބ.ތުޅާދޫ އަދި 31 ވަނަ ދުވަހު ރ.އިނގުރައިދޫ ވަނީ މޮނިޓަރިންގ ގެ ހާލަތަށް ގެނެސްފައެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑް-19ށް ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވަމުން އަންނައިރު މިވަގުތުގެ އެކްޓިވް ކޭހުގެ އަދަދު ހުރީ 17،770 ގައެވެ. އަދި ރާއްޖެއިން މުޅި ޖުމްލަ 138،880 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވެއެވެ.

ކޮވިޑް-19

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު