Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ އައުޓް ކެމްޕޭން

އިންޑިއާ އައުޓް ކެމްޕޭނު ކުރިއަށް ގެންދަނީ އެކަމުގެ ނުރައްކާ އެނގިތިބެ

31 ޖެނުއަރީ 2022 | ހޯމަ 17:34

މި ކެމްޕޭނަކީ ގައުމީ ސަލާމަތަށްވެސް ހުރި ބޮޑު ނުރައްކަލެއް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 31 ޖެނުއަރީ 2022 | ހޯމަ 17:34
އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން

އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އިންޑިއާ އައުޓްގެ ނަމުގައި އިދިކޮޅުން ކެމްޕޭނު ކުރިއަށްގެންދަނީ އެކަމުގެ ނުރައްކާތެރިކަން އެނގިތިބެކަމަށް, ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ, ރައީސް ޔާމީނު އިންޑިއާ އައުޓް ކެމްޕޭނު ކުރިއަށް ގެންދަވަނީ އެކަމުގައި ހުރި ނުރައްކާތެރިކަމާއި ކަންބޮޑުވާންޖެހޭ ކަންތައްތައް އެމަނިކުފާނަށް އެނގިވަޑައިގެންހުންނަވާ ކަމަށެވެ. އަދި މި ކެމްޕޭނަކީ ގައުމީ ސަލާމަތަށްވެސް ހުރި ބޮޑު ނުރައްކަލެއްގެ ގޮތުގައި ފާހަގަކުރައްވައި ޝިފާޒު ވަނީ, ރައްޔިތުންނަށް މިފަދަ ގެއްލުންހުރި ކަމެއް ރައީސް ޔާމީން ކުރައްވާ ސަބަބަކާމެދު ސުވާލު އުފައްދާފައެވެ.

Advertisement - newsAdvertisement

ހަމައެހެންމެ ވަކި ސިޔާސީ ޕާޓީއަކަށް ތާއީދުކުރި ނަމަވެސް އެބަޔަކު ދައްކާ ވާހަކަތަކުގެ ހަގީގަތް ބަލައި، އޭގެ ތެރެއިން ރަނގަޅު ކަންކަަމަށް ތާއީދު ކުރުމުގެ މުހިންމުކަން ޝިފާޒު ފާހަގަކުރެއްވިއެވެ.

އިދިކޮޅު ކޯލިޝަނުގައި ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އަންނަނީ ރާއްޖޭގައި ތިބި އިންޑިއާ މީހުން ބޭލުމަށް ގޮވާލަމުންނެވެ. އަދި ފާރުތަކުގައިވެސް އިންޑިއާ އައުޓް ޖެހުމަށް ޔާމީނު ގޮވާލެއްވިތާ މާގިނައިރެއް ނުވަނީސް ރަށެއްގެ ސްކޫލްގެ ފާރުގައިވެސް ވަނީ އިންޑިއާ އައުޓް ޖަހާފައެވެ.

މިފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގައިތިބި އިންޑިއާ މުދައްރިސުންނަށް ނޭދެވޭ އަސަރުކުރާކަން އެޑިޔުކޭޝަން މިނިސްޓްރީންވެސް ވަނީ ފާހަގަކުރައްވާފައެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނަށް ވެސް އޭގެ ގެއްލުންތައް ހުރިކަން ފާހަގަކޮށް މިނިސްޓްރީން ވަނީ އެކަން ކުށްވެރިކޮށްފައެވެ.

ކުރީގެ ރަައީސް، ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމްމުހައްމަދު ޝިފާޒް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
22 ނޮވެމްބަރު 2025

އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން

22 ނޮވެމްބަރު 2025
އަންނަ އަހަރު ގެ ބަޖެޓަށް ފައިނޭންސް ކުރަން ފައިސާ ޗާޕުކުރަން ޖެހޭނެ: ރައީސް ޔާމީން
20 ނޮވެމްބަރު 2025

"ރައީސް މުއިއްޒު ރައްޔިތުންގެ ލޮލުގަ އަނދުން އެޅުވުމަށް ނޫން ގޮތަކަށް ކަމެއް ނުކުރައްވާ"

20 ނޮވެމްބަރު 2025
"ރައީސް މުއިއްޒު ރައްޔިތުންގެ ލޮލުގަ އަނދުން އެޅުވުމަށް ނޫން ގޮތަކަށް ކަމެއް ނުކުރައްވާ"
20 ނޮވެމްބަރު 2025

ތަފްސީލު ނެތި ބަޖެޓް ފާސްކުރަނީ، ރައީސް މުއިއްޒުގެ ހެޔޮފުޅު ކަމަށް އާދޭސް ދަންނަވާނެ އަޅުންތަކެއް މަޖިލީހުގައި ބައިތިއްބައިގެން ވެރިކަން ކުރެއްވުމަށް

20 ނޮވެމްބަރު 2025
ތަފްސީލު ނެތި ބަޖެޓް ފާސްކުރަނީ، ރައީސް މުއިއްޒުގެ ހެޔޮފުޅު ކަމަށް އާދޭސް ދަންނަވާނެ އަޅުންތަކެއް މަޖިލީހުގައި ބައިތިއްބައިގެން ވެރިކަން ކުރެއްވުމަށް
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
25 އޮކްޓޯބަރު 2025

ރާއްޖޭގެ އެންމެ ބޮޑު ވައްކަން ސާބިތުކޮށްދޭން ކަމަށް ބުނެ ދަންވަރު ނެރުނު އޮޑިޓް ރިޕޯޓަކު ފެނަކައިން ފައިސާއެއް ގެއްލުނު ކަމަކަށް ނެތް: ޝިއްޕެ

25 އޮކްޓޯބަރު 2025
ރާއްޖޭގެ އެންމެ ބޮޑު ވައްކަން ސާބިތުކޮށްދޭން ކަމަށް ބުނެ ދަންވަރު ނެރުނު އޮޑިޓް ރިޕޯޓަކު ފެނަކައިން ފައިސާއެއް ގެއްލުނު ކަމަކަށް ނެތް: ޝިއްޕެ
24 އޮކްޓޯބަރު 2025

"ފަޔަށް ރަތް ހިނި އަރައިގެން އުޅޭ މީހެއް ގޮތަށް ތެޅިފޮޅުމުން ސާބިތުވަނީ ބައިވަރު ގޯސް ހަދައިފިކަން"

24 އޮކްޓޯބަރު 2025
"ފަޔަށް ރަތް ހިނި އަރައިގެން އުޅޭ މީހެއް ގޮތަށް ތެޅިފޮޅުމުން ސާބިތުވަނީ ބައިވަރު ގޯސް ހަދައިފިކަން"
09 އޮކްޓޯބަރު 2025

ރާއްޖެ އިހު އޮތް ޑިކްޓޭޓަރޝިޕަށް ދާން ފުރުސަތު ނުދޭނަން، އޭގެ ކުރިން ރައީސް މުއިއްޒު ވެރިކަމުން ބާލާނަން: ޝިފާޒް

09 އޮކްޓޯބަރު 2025
ރާއްޖެ އިހު އޮތް ޑިކްޓޭޓަރޝިޕަށް ދާން ފުރުސަތު ނުދޭނަން، އޭގެ ކުރިން ރައީސް މުއިއްޒު ވެރިކަމުން ބާލާނަން: ޝިފާޒް
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
03 އޮކްޓޯބަރު 2025

މިހާރު މިގައުމުގެ ވެރިކަމުގައި، ހުރީ ދިވެހި ރައްޔިތަކަށް އިހުތިރާމެއް، ގަދަރެއް ކުރާނެ ބޭފުޅެއް ނޫން، އެއީ ގައުމު ލޫޓުވާ ވެރިއެއް: ޝިފާޒް

03 އޮކްޓޯބަރު 2025
މިހާރު މިގައުމުގެ ވެރިކަމުގައި، ހުރީ ދިވެހި ރައްޔިތަކަށް އިހުތިރާމެއް، ގަދަރެއް ކުރާނެ ބޭފުޅެއް ނޫން، އެއީ ގައުމު ލޫޓުވާ ވެރިއެއް: ޝިފާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް