Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދައުލަތުގެ ބަޖެޓް

ތަފްސީލު ނެތި ބަޖެޓް ފާސްކުރަނީ، ރައީސް މުއިއްޒުގެ ހެޔޮފުޅު ކަމަށް އާދޭސް ދަންނަވާނެ އަޅުންތަކެއް މަޖިލީހުގައި ބައިތިއްބައިގެން ވެރިކަން ކުރެއްވުމަށް

ސަރުކާރުން ދެ އަހަރުގައި 100 ބިލިއަން ރުފިޔާއަށްވުރެ ގިނަ ބަޖެޓު ވީނުވީއެއް ނޭނގި ގެއްލުވާލީ ކަމަށް ޝިފާޒު ވިދާޅުވި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 20 ނޮވެމްބަރު 2025 | ބުރާސްފަތި 03:26
ރައީސް މުއިއްޒު އަދި ޕީއެންސީ ޕީޖީ ގްރޫޕް ގެ ބައެއް މެންބަރުން

ރައީސް މުއިއްޒު އަދި ޕީއެންސީ ޕީޖީ ގްރޫޕް ގެ ބައެއް މެންބަރުން

އެއްވެސް ތަފްސީލެއް ނެތި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބަޖެޓް ފާސްކުރައްވަނީ، ރައީސް މުއިއްޒުގެ ހެޔޮފުޅު ކަމަށް އާދޭސް ދަންނަވާނެ އަޅުންތަކެއް މަޖިލީހުގައި ބައިތިއްބައިގެން ވެރިކަން ކުރެއްވުމަށް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ވީ އިރު ގައުމަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ، ވީނުވީއެއް ނޭނގި މި ސަރުކާރުން 100 ބިލިއަން ރުފިޔާއަށްވުރެ ގިނަ ދެ އަހަރުގެ ދައުލަތުގެ ބަޖެޓް ގެއްލުވާލުން ކަމުގަ އެވެ. އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓް ފާސްކުރާ އިރު ވެސް ސަރުކާރު އެކައުންޓަބަލް ކުރެވޭނެ ގޮތަކަށް، ވަކި ރަށަކަށް ހާއްސަކޮށްފައިވާ ޕްރޮޖެކްޓްތަކުގެ ތަފްސީލު ބަޖެޓުން ފެންނަން ނެތްކަން ޝިފާޒް ފާހަގަކުރެއްވި އެވެ.

މިގޮތަށް ބަޖެޓް ފާސްކުރައްވަނީ ރައީސް މުއިއްޒުގެ ހެޔޮފުޅުކަމަށް އާދޭސް ދަންނަވާނެ އަޅުންތަކެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮތުގައި ބައިތިއްބައިގެން ވެރިކަން ކުރައްވަން ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ސަރުކާރަށް ދެ އަހަރު ވީ އިރު ގައުމަށް ލިބުނު އެންމެ ބޮޑު ގެއްލުމަކީ، ވީނުވީއެއް ނޭނގި މި ސަރުކާރުން 100 ބިލިއަނަށް ވުރެ ގިނަ، ދެ އަހަރުގެ ދައުލަތުގެ ބަޖެޓު ގެއްލުވާލި މައްސަލަ. ގެއްލުވާލިއޭ މި ދަންނަވަނީ ބަޖެޓް ފާސްކުރާ އިރު ނެތް އެޔަށް އެކައުންޓަބަލް ކުރެވޭނެ ގޮތެއް. މިއީ ޕްރޮގްރާމް ބަޖެޓެއް ނޫން، ޕޮރޮގްރާމް ބަޖެޓެއް ވިއްޔާ ވަކި ވަކި ރަށްރަށަށް ހުރި ޕްރޮޖެކްޓްތަކުގެ ތަފްސީލު ބަޖެޓުން ފެންނަން އޮންނާނެ. ތަފްސީލެއް ނެތި ރައްޔިތުންގެ މަޖިލީހުން ބަޖެޓެއް ފާސް ކުރާނީ، ހަގީގަތުގަވެސް ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފުޅުކަމަށް އާދޭސް ދަންނަވާ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ރައީސް މުއިއްޒުގެ އަޅުން ބައިތިއްބައިގެން ވެރިކަން ކުރުމުގެ ބޭނުމުގަ.
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

އަންނަ އަހަރަށް ފާސްކުރުމަށް މަޖިލީހަށް ފޮނުވާފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓާ ބެހޭގޮތުން ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ، މީގެ ކުރިން ދެ އަހަރަށް 100 ބިލިއަނަށްވުރެ ގިނަ ރުފިޔާ ފާސްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ބަޖެޓުން ރާއްޖޭގެ ރަށެއްގައި ގަލެއް ބޭއްވިފައި ނެތް އިރު، މި ސަރުކާރު ވެރިކަމަށް އައި އިރު ހިނގަހިނގާ ހުރި މަޝްރޫއުތައް ވެސް ހުއްޓިފައިވާކަން ޝިފާޒް ފާހަގަކުރައްވި އެވެ.

100 ބިލިއަނަށްވުރެ ގިނަ ރުފިޔާއަށް ވީ ގޮތެއް ނޭނގިގެން އުޅޭއިރު މި ފެންނަނީ ފުޓްސަލް ދަނޑެއް ހުޅުވަންވެސް ރައީސް މުއިއްޒު އަދި ނައިބު ރައީސް ބޮޑު ހަރަދުކޮށްގެން ވަކިވަކި އެއަރޓެކްސީތަކުގައި އެއްރަށަކަށް ވަޑައިގަންނަވާ މަންޒަރު ކަމުގައި ޝިފާޒް ވިދާޅުވި އެވެ. އަދި މިއީ ދައުލަތުގެ ފައިސާ އިސްރާފުކުރުމުގެ ސާފު މިސާލެއް ކަމަށްވެސް ޝިފާޒް ވިދާޅުވި އެވެ.

ދައުލަތުގެ ފައިސާ މިކަހަލަ ކަންކަމަށް އިސްރާފުކުރުމުގެ އިތުރުން، މަޖިލީސް މެންބަރުންނަށް ބެހުމަށާއި، އެކި ތަންތަނުގައި ފައިސާ ރައްކާކޮށްގެން ރައީސް މުއިއްޒު ދައުލަތުގެ ހަޒާނާއިން ވައްކަން ކުރައްވާ ކަމަށް ޝިފާޒް ތުހުމަތުކުރެއްވި އެވެ. ރައީސް މުއިއްޒު ވައްކަން ކުރައްވާ ވާހަކަ ކިތަންމެ ބާރަށް ދެއްކިޔަސް، ތިމަންމަނިކުފާނުގެ ބޮލުގައި ވައްކަމުގެ ތުހުމަތު އަޅުވައިފި ކަމަށް ވިދާޅުވެ ތަހުގީގެއް ހިންގަވަން ރައީސް މުއިއްޒަށް މިހާރު ކެރިވަޑައިނުގަންނަވާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ. ވައްކަން ކުރައްވަނީ އެހާވެސް ހާމަކަން ބޮޑު ގޮތެއްގައި ކަމަށް ޝިފާޒް ފާހަގަކުރެއްވި އެވެ.

ދިވެހިރާއްޖޭގެ ތާރީހުގައި އެންމެ ބޮޑު ބަޖެޓުތައް ފާސްކޮށްފައިވަނީ މިސަރުކާރުންނެވެ. ނަމަވެސް އަހަރުން އަހަރަށް ފާސް ކުރާ ބަޖެޓް ހުސްވާއިރު، ރާއްޖޭގެ އެއްވެސް ހިސާބެއްގައި އެކަށީގެންވާ ތަރައްގީގެ މަޝްރޫއެއް ސަރުކާރުގެ ފަރާތުން ފަށާފައި ނުވުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެކެވެ. އަނެއްކޮޅުން ބަޖެޓުގައި ތަފްސީލުތައް ނުހިމަނާ، މަޖިލިސް މެމްބަރުން އަޅުވެތިކޮށްގެން، ރައީސް މުއިއްޒު ގެންދަވަނީ އެމަނިކުފާނުގެ ދޫފުޅުން ބޭރުކުރައްވާ ކޮންމެ ބަހަކީ ފުއްދަވާނޭ ވައުދެއްކަމަށް ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރައްވަމުންނެވެ.

ރައީސް މުއިއްޒުމުހައްމަދު ޝިފާޒްރައްޔިތުންގެ މަޖިލިސްދައުލަތުގެ ބަޖެޓް2026 ބަޖެޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު