Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
"ލޫޓުވައިފި" ބޮޑު އެއްވުން

މިހާރު މިގައުމުގެ ވެރިކަމުގައި، ހުރީ ދިވެހި ރައްޔިތަކަށް އިހުތިރާމެއް، ގަދަރެއް ކުރާނެ ބޭފުޅެއް ނޫން، އެއީ ގައުމު ލޫޓުވާ ވެރިއެއް: ޝިފާޒް

ރައީސް މުއިއްޒަކީ ދިވެހި ރައްޔިތުންނަށް އިހުތިރާމާއި ގަދަރެއް ނުކުރާ ބޭފުޅެއް ނޫން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2025 | ހުކުރު 17:30
ލޫޓުވައިފި ލޫޓުވައިފި އެއްވުމުގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވާހަކަ ދައްކަވަނީ - 03 އޮކްޓޯބަރު 2025

ލޫޓުވައިފި ލޫޓުވައިފި އެއްވުމުގައި އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ވާހަކަ ދައްކަވަނީ - 03 އޮކްޓޯބަރު 2025

މިހާރު ރާއްޖޭގެ ވެރިކަމުގައި ހުންނެވި ވެރިޔާ، ރައީސް ޑރ މުހައްމަދު މުއިއްޒަކީ ދިވެހި އެއްވެސް ރައްޔިތަކަށް އިހުތިރާމެއް، ގަދަރެއް ކުރާނޭ ބޭފުޅެއް ނޫން ކަމަށާއި އެއީ މުޅި ގައުމު ލޫޓުވަމުން ދާ ވެރިއެއް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދާ ލޫޓުވާލައިފި އެއްވުމުގައި ވާހަކަދައްކަވަމުން ޝިފާޒު ވިދާޅުވީ ރާއްޖެއަށް ސުލްހަވެރި ހަރަކާތް ތައާރަފް ކުރީ އެމްޑީޕީން ކަމަށާއި، އިސްލާހީ ބަދަލު ރާއްޖެއަށް ގެނެސްފައިވަނީ އެމްޑީޕީން ކަމަށެވެ.

Advertisement - newsAdvertisement

އަދި ބުރަ މަސައްކަތުން ބަޔަކު ބޮޑެތި ގުރުބާނީ ތަކެއް ވެ، ދާ އޮހޮރުވައިގެން ގައުމަށް ގެނެސްފައިވާ އިސްލާހީ ބަދަލުތައް އޮޔާލާ ފުނޑުފުނޑުކޮށްލާއިރު، ބަލަހައްޓައިގެން ނުތިބޭނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ އެމްޑީޕީ އަކީ ސިޔާސީ ހަރަކާތް ދުވަހަކުވެސް ސިއްރުން ހިންގި ބައެއް ނޫން ކަމަށާއި އެމްޑީޕީން ކުރާކަމެއް ކުރާނީ ފާޅުގައި އެންމެނަށް ވެސް ފެންނަ ގޮތަށް ކަމަށެވެ. އެގޮތުން މި އެއްވުމަށް ނިކުމެ މިތިބީ ފާޅުގައި މި އަނިޔާވެރި ވެރިކަން ސައިޒުކުރަން ކަމަށް އޭނާ ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ މިހާރު ވެރިކަމުގައި އެ ހުންނެވި ބޭފުޅާ، ރައީސް މުއިއްޒުއަކީ ދިވެހިން ލެޔާއި ދައު އޮހޮރުވާލައިގެން ހޯދި ހައްގުތަކުގައި އެއްވެސް ހިއްސާއެއް އޮތް ބޭފުޅެށް ނޫން ކަމަށާއި އެހެންކަމުން އެ ބޭފުޅާއަށް ކޮންމެ ގޮތެއް ވަރިހަމަވާނެ ކަމަށެވެ. އެހެން ކަމުން ދިވެހި ރައްޔިތުން މި ނުކުތީ އެކަން އެ ބޭފުޅާއަށް ކަމަކަށް ހަދަން ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ ގެ ބޮޑު އެއްވުމުގެ ކުރިން ފުލުހުންގެ އިންޓެލްގެ ވެރިޔާ ވެސް ބަދަލުކޮށް އެ މަގާމަށް ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާގެ ބޭބެއެއް އަޔަން ކޮށްފައިވާ ކަމަށެވެ. އަދި މުޅި ފުލުސް އޮފީހުގައި މިވަގުތު އޮތީ ސާޖިދާގެ ބޭބެގެ ކޮންޓްރޯލް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަދި ފުލުހުންގެ މުއައްސަސާއަކީ މިވަގުތު ވަރަށް ހަރުދަނާ އުސޫލުތަކެއް ގާއިމްވެ، ހަރުދަނާ ވަމުން އަންނަ މުއައްސަސާއެއް ކަމަށާއި އެ މުއައްސަސާ ސިޔާސީ ބޭނުމަށް ހަލާކުރަން ފުރުސަތު ނުދެއްވާނޭ ކަމަށް ޝިފާޒު ވިދާޅުވި އެވެ.

ސިފާޒް ވިދާޅުވީ ސަރުކާރު މުއައްސަސާތައް ވެސް މުށުތެރެއަށް ލައިގެން ބަގުޑިބައްދައިގެން ހުންނެވި ރައީސް މުއިއްޒަކީ މި ގައުމަށް، ދިވެހި ރައްޔިތުންނަށް އެއްވެސް އަގަލެއް ކުލުނެއް ހުރި ބޭފުޅެއް ކަމަށާއި އެބޭފުޅާއަކީ ދިވެހިރައްޔިތުންނަށް އެއްވެސް ގަދަރެއް އިހުތިރާމެއް ވެސް ކުރައްވާނޭ ބޭފުޅެއް ނޫންކަމަށެވެ.

ތިބޭފުޅުން ވިދާޅުވެއްޖެ ވަރަށް ސާފުކޮށް، ހައްގަކުން ހައްގަކުން ރައްޔިތުންގެ މުޅި ހައްގުތައް އެދަނީ ލޫޓުވަމުން، ލޫޓުވައި ނިންމައިފި. އެ ލޫޓުވި ހައްގުތާއި ހެދި މި ނުކުތީ. އަޅުގަނޑުމެން ނުކުންނާނީ ރައީސް މުއިއްޒު ސައިޒް ކުރަން. ވެރިކަމުން ދުކުރުމުގެ މި އަޒުމުގަ. މި ހިތްވަރުގަ. ރައީސް މުއިއްޒު އިސްތިއުފާ. ބޮޑު ވަގު މުއިއްޒު، ބޮޑު ލުޓޭރު މުއިއްޒު އިސްތިއުފާ.
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު

ޝިފާޒު ވިދާޅުވީ ރައީސް މުއިއްޒަކީ މުޅި އެންސްޕާ ވެސް ހުސްކޮށް ލޫޓުވާލައި މުޅި އާސަންދަ ވެސް ލޫޓުވާލި ބޭފުޅެއް ކަމަށެވެ. އެހެން ކަމުން އެންމެ ވަގުތުކޮޅަކަށް ވެސް ރައީސް މުއިއްޒު ވެރިކަމުގައި ބަހައްޓަން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށް ޝިފާޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒުމުހައްމަދު ޝިފާޒްއެމްޑީޕީލޫޓުވައިފި މުޒާހަރާމޯލްޑިވްސް ޕޮލިސް ސަރވިސްސާޖިދާ

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު