Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުހައްމަދު ޝިފާޒް

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

ބޯހިޔާވަހިކަމުގެ މައްސަލައިގައި ހައްލު ހޯދާނުދީ ސަރުކާރުން ދަނީ އާއްމުން ތަޅުވަމުން ކަމަށް ޝިފާޒް ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 7 ޑިސެމްބަރު 2025 | އާދީއްތަ 03:29
ޝިފާޒް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ޝިފާޒް ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ އެޑްވާންޓޭޖް އިންތިހާ އަށް ނަގާ ސަރުކާރެއް ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައި ގައި ވެސް އެކަމަށް ހައްލު ހޯދާ ނުދީ މި ސަރުކާރުން ދަނީ އާއްމުން ތަޅުވަމުން ކަމަށެވެ. ބޯހިޔާވަހިކަމުގެ ޝަކުވާ އަކީ ޤައުމުގައި އެންމެ ބޮޑު އެއް ޝަކުވާ ކަމަށް ޝިފާޒް ވަނީ ވިދާޅުވެފަ އެވެ. ވޯޓުގެ ބޭނުމަށް އާއްމުން ތަޅުވަމުންދާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. ކެމްޕެއިންތަކުގެ ބޭނުމަށް ރައްޔިތުންގެ އުދާސްތަކުގެ ވާހަކަ ބޭނުން ކުރާ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. މިއީ މީގެ ކުރިން ވެސް ޕީޕީއެމް ޕީއެންސީގެ ވެރިކަމުގައި އަމަލުކުރި ގޮތް ކަމަށް ޝިފާޒް ވިދާޅުވި އެވެ.

"އިންތިޚާބު ނިމޭ ދުވަހަކީ މާދަމާ ކަމަށް ވަންޏާ. މިރޭ އެ ކަރުދާސްކޮޅު އަތަށް ދީފާނެ އޭ. އިންތިޚާބެއްގެ ވޯޓުގެ ބޭނުމަށް ދިވެހިން ތަޅުވަނީ. މިކަހަލަ ޝަކުވާ އެއް ކުރީމަ އެ މީހަކު ލައްވާ ސަރުކާރަށް ސަނާކިޔުއްވަނީ. އެއީ ރައީސް އޮފީހުގެ ޕީއާރް ޓީމަކީ އެކަމަށް ވަރަށް މޮޅު ބައެއް ކަމަށް އެ ބޭފުޅުން ދެކޭ. އަޅުގަނޑު ދަންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޅޮސް އުނދޯލީގައި ނުބައިންދާށޭ." ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ ސަރުކާރުން ކަންކަން ކުރާ ގޮތާއި މެދު އާއްމުން ވެސް ވިސްނަން ޖެހޭ ކަމަށެވެ. ޝިފާޒް ވަނީ މި ސަރުކާރަށް ކަންކަން ރަނގަޅަށް މެނޭޖް ނުކުރެވޭ ކަމަށް ވެސް ވިދާޅުވެފަ އެވެ. އާއްމުން ތިބީ މި ސަރުކާރަށް ވޯޓު ދޭ ކަހަލަ ގޮތަކަށް ނޫން ކަމަށާއި މިހާރު ވޯޓެއް ނެގިޔަސް ސަރުކާރު ވާނީ ބަލި ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމުހައްމަދު ޝިފާޒް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު