Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޚުދުމުޚުތާރު ވެރިކަން

ރާއްޖެ އިހު އޮތް ޑިކްޓޭޓަރޝިޕަށް ދާން ފުރުސަތު ނުދޭނަން، އޭގެ ކުރިން ރައީސް މުއިއްޒު ވެރިކަމުން ބާލާނަން: ޝިފާޒް

9 އޮކްޓޯބަރު 2025 | ބުރާސްފަތި 12:38

ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ޤައުމު ކުރީގައި އޮތް ޚުދުމުޚުތާރު ޑިކްޓޭޓަރޝިޕަށް އަނބުރާ ގެންދިއުން

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 9 އޮކްޓޯބަރު 2025 | ބުރާސްފަތި 12:38
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު: ވިދާޅުވީ ކުރިން އޮތް ޚުދުމުހުތާރު ޑިކްޓޭޓަރޝިޕަށް ދެން މި ގައުމު ދާން ފުރުސަތު ނުދެއްވާނޭ ކަމަށް

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު: ވިދާޅުވީ ކުރިން އޮތް ޚުދުމުހުތާރު ޑިކްޓޭޓަރޝިޕަށް ދެން މި ގައުމު ދާން ފުރުސަތު ނުދެއްވާނޭ ކަމަށް

ދިވެހި ރާއްޖެ އިހު އޮތް ޑިކްޓޭޓަރޝިޕް އަށް ދާން ފުރުސަތު ނުދޭނޭ ކަމަށާއި އެ ބަދަލުގެނައުމުގެ ކުރިން ކޮންމެ ގޮތެއް ހަދާފައި ނަމަވެސް ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސްކަމުގެ މަގާމުން ދުރުކުރާނެ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަދައްކަވަމުން ޝިފާޒް ވިދާޅުވީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ މީގެ ކުރިން ގައުމު އޮތް ޚުދުމުހުތާރު ޑިކްޓޭޓާރަޝިޕް އަށް ގައުމު އަނބުރާ ގެން ދިއުން ކަމަށް މިހާރު ބެލެވެން ފަށާފައިވާ ކަމަށެވެ. އެގޮތުން ގައުމުގައި ހުރި ހުރިހާ ބާރުތަކެއް އަމިއްލަ މުށުތެރެއަށް ލައްވައިގެން އެ ކުރައްވަނީ އެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement - newsAdvertisement

ޝިފާޒް ވިދާޅުވީ ރައީސް މުއިއްޒުގެ ހީލަތްތެރި ރޭވުމުގެ ތެރެއިން ގައުމުގެ އިހު އޮތް ގޮތަށް ބަދަލު ކުރަން މިއަދު ގައުމުގެ އެއްވެސް ރައްޔިތަކުން ނޭދޭ ކަމަށާއި އެގޮތަށް އެކަން ކުރަން ރެޑީ ނޫން ކަމަށެވެ. އަދި އެ ބަދަލު ގެނައުމާއި ދެކޮޅަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކޮށް، އެކަމާއި ދެކޮޅަށް ތެދުވާނޭ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ޝިފާޒް ވިދާޅުވީ ކުރީގައި އޮތް ހާލަތަށް ނުވަތަ ޑިކްޓޭޓަރޝިޕް އަށް މި ގައުމު އަނބުރާ ރުޖޫއަ ކުރަން އުޅުމަކީ ވަރަށް ނުބައި ވިސްނުމެއްގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.

ޝިފާޒް ވިދާޅުވީ ހުރިހާ ބާރެއް މުށުތެރެއަށް ލިޔަސް މި ސަރުކާރަށް އެކަން ނުކުރެވޭނޭ ކަމަށާއި އަދި އެކަން ކުރަން ފުރުސަތު ވެސް ރައްޔިތުން ނުދޭނޭ ކަމަށެވެ.

އިހު އޮތް ގޮތަށް ޑިކްޓޭޓަރޝިޕް އަކަށް ގައުމު ބަދަލުކުރަންޏާ އެ ބުނަނީ ތިމަންނަ ނޫން މީހަކު ދެން މި ގައުމުގައި ނުހުންނާނޭ. ތިބޭފުޅުން ދޭހާ ލާރިއެއް އެއީ ތިމަންނަގެ ބޭނުމެއް ދޭ ލާރިއޭ. ތިމަންނާއޭ މިތަނުގައި ކޮންމެ ކަމެއް ކުރަން ޖެހޭނީ. ޚުތުބާ ހަދަން ޖެހޭނީ އެބޭފުޅާ. އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖިލީހުގެ ރައީސް ނޫނީ އިސްލާމިކް މިނިސްޓްރީއެއް ބަހައްޓަފާނެ، މިނިސްޓަރަކަށް ވާންޖެހޭނީ އެ ބޭފުޅާ، އަދި ރައީސްގެ މަގާމުގައި ހުންނަވައިގެން. ޓްރެޜަރީގައި ވެސް ފިނޭންސް މިނިސްޓްރީގައި ވެސް ހުންނަންޖެހޭނީ ސްޓޭޓް މިނިސްޓަރެއް، އެ ބޭފުޅާ ވާންޖެހޭނީ މިނިސްޓަރަކަށް. ޑިފެންސް މިނިސްޓަރަކަށް ވެސް ވާން ޖެހޭނީ އެބޭފުޅާ. އެ ޑިކްޓޭޓަރޝިޕަށް ކިޔާނަމެއް އެއީ އެހެން ގޮތަކަށް ބަދަލުކުރުން އެއީ. ޖީލެއް ވަރަށް ބޮޑު ގުރުބާނީއެއް ވެގެން ބަދަލުކުރި މާޒީއެއް އިޔާދަކުރާކަމަށް ވަންޏާމު ރާއްޖެ ޓީވީ މެދުވެރިކޮށް ރައީސް މުއިއްޒަށް ދަންނަވަން. އެމަގަށް އެ ބަދަލު ގެންނާކަށް ރެޑީއެއް ނޫން އަޅުގަނޑުމެން. ހެދު ކޮންމެ އެއްޗެއް ހަދާފައިވެސް އެ ބަދަލާއި ދެކޮޅަށް ތެދުވާނަން. ކުރެވުނު ކޮންމެ ކަމެއް ކޮށްގެން ވެސް ރައީސް މުއިއްޒު މަގާމުން ދުރުކުރާނަން.
މުހައްމަދު ޝިފާޒު

ޝިފާޒް ތަކުރާރު ކޮށް ވިދާޅުވީ މި ގައުމުގައި ކުރިން އޮތް ޑިކްޓޭޓަރޝިޕް އަކަށް އަލުން އެނބުރިދާން ދިވެހި ރައްޔިތުން ބޭނުން ނުވާ ކަމަށާއި އެކަން އެގޮތަށް ވިޔަ ނުދެއްވާނޭ ކަމަށެވެ.

ރައީސް މުއިއްޒުމުހައްމަދު ޝިފާޒްއެމްޑީޕީޑިކްޓޭޓަރޝިޕް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް