Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުއިއްޒު

"ރައީސް މުއިއްޒު ރައްޔިތުންގެ ލޮލުގަ އަނދުން އެޅުވުމަށް ނޫން ގޮތަކަށް ކަމެއް ނުކުރައްވާ"

20 ނޮވެމްބަރު 2025 | ބުރާސްފަތި 03:32

ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށްޓަކާ ދައްކާ ދަޅައެއްގެ ގޮތުން، ރައީސް މުއިއްޒު ވަޑައިގަންނަވާ ކޮންމެ ރަށަކަށް އަރިހުގައި އުވަދޯންޔަކާ ހައިމާކެއް ގެންދަވާ ބިންގާތައް އަޅަމުންދާ ކަމަށް ވިދާޅުވި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 20 ނޮވެމްބަރު 2025 | ބުރާސްފަތި 03:32
ވެރިކަމަށް ދެ އަހަރު ދުވަސް ވީއިރު، ރައީސް މުއިއްޒު ވަނީ އެތައް ބިންގާ އެެއް އަޅުއްވާފަ

ވެރިކަމަށް ދެ އަހަރު ދުވަސް ވީއިރު، ރައީސް މުއިއްޒު ވަނީ އެތައް ބިންގާ އެެއް އަޅުއްވާފަ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ނޫންގޮތަކަށް އެއްވެސް ކަމެއް ނުކުރައްވާ ކަމަށް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝިފާޒް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށްޓަކާ ދައްކާ ދަޅައެއްގެ ގޮތުން، ރައީސް މުއިއްޒު ވަޑައިގަންނަވާ ކޮންމެ ރަށަކަށް އަރިހުގައި އުވަދޯންޔަކާ ހައިމާކެއް ގެންދަވާ، ޖެހުނު ތަނެއްގައި، ގުނާ އަދަދު ނުކުރެވޭހާ ބިންގާތައް އަޅަމުންދާ ކަމަށެވެ. ރައީސް މުއިއްޒު ހަމައެކަނި ބިންގާއެއް އެޅުމަށްޓަކާ މި ހުރިހާ ހަރަދެއް ކުރައްވާއިރު ބޮޑެތި ބޭފުޅުން އަތް ޖައްސަވަން ތިއްބަވާކަމަށް ވެސް ޝިފާޒް ފާހަގަކުރެއްވި އެވެ.

Advertisement - newsAdvertisement
އެމްޑީޕީ ގެ ކުރީގެ ނައިބް ރައީސް މުޙައްމަދު ޝިފާޒް ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

އެމްޑީޕީ ގެ ކުރީގެ ނައިބް ރައީސް މުޙައްމަދު ޝިފާޒް ރާއްޖެ ޓީވީގެ ފަލަ ސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ

ނަމަވެސް މިއީ ހަމައެކަނި ދައްކާލަން ކުރާ ކަމަކަށް ވުމުން މިހެން މަސައްކަތް ފަށާ ތަންތަނުގެ ބިންގާ އެޅުން ފިޔަވާ އިތުރު މަސައްކަތެއް ނުހިނގާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ. ޝިފާޒް ވިދާޅުވި ގޮތުގައި، ބައެއް ބޭފުޅުންނަށް ރައީސް މުއިއްޒަކީ ޖޯކަރެއްގެ ގޮތުގައި ސިފަކުރެވުނަސް، ހަގީގަތަކީ ރައީސް މުއިއްޒު ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ނޫންގޮތަކަށް އެއްވެސް ކަމެއް ނުކުރައްވަނީ ތަންދޮރު ނޭނގިގެން ނޫން ކަމަށާއި، އެއީ ހުންނަ ނުލަފާކަމާއި ޖާހިލުކަން ކަމުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް މިއަދު އޮތް ހަމައެކަނި ގޮތަކީ ރައީސް މުއިއްޒުއަށް އަޅުދާސްތު ދެންނެވުން ކަމަށް އިޝާރާތް ކުރައްވާ ޝިފާޒް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ބަޖެޓް ހުށަހަޅާފައިވާ ގޮތުން އެއްވެސް ދާއިރާއެއްގެ މަސައްކަތެއް ކުރިޔަށްދާނީ މަޖިލީހުގެ މެމްބަރުން ރައީސް މުއިއްޒުއަށް ތައުރީފު ކޮށް ސަނާ ކިޔާ މިންވަރަށް ރިއާޔަތް ކުރައްވާ ރައީސް މުއިއްޒުގެ ހެޔޮފުޅުކަމުން ކަމަށެވެ.

އުވަދޯންޔެއް ހުރިހާ ރަށަކަށް ދުއްވައިފި، ފޯކު ލިފްޓަކާ ހައިމާކަކާ ބާޖަކަށް އަރުވައިގެން. ބޮޑެތި ބޮޑެތި ބޭފުޅުންތިބޭ ހަމަ ރީއްޗަށް އަތްތިލަބަޑި ޖަހަން ތަނެއްގެ ބިންގާ އަޅާލާކަމަށްޓަކާ. އެހުރިހާ ހަރަދެއް އެކުރީ ހަމަ އެކަނި ބިންގާ އަޅަން. އެޔަށްފަހު އެއްވެސް މަަސައްކަތެއް ނުކުރާނެ. ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށްޓަކާ ދައްކާލުމަކަށް ކުރާ ކަމެއް އެއީ. ޖޯކަރެއްގެ ގޮތުގައި ރައީސް މުއިއްޒު ފެނުނު ކަމުގައި ވިޔަސް، ހަގީގަތަކީ ނުލަފާ ކަމާއި ޖާހިލުކަން. ހަމަ ޖާހިލުކަން. ތަންދޮރު ނޭނގިގެނެއް ނޫން. ހަމަ ރާއްޖޭގެ ރައްޔިތުންގެ ލޮލުގަ އަނދުން އެޅުވުމަށް ނޫންގޮތަކަށް ކަމެއް ނުކުރައްވާ. ރައްޔިތުންގެ މަޖިލީގެ މެމްބަރުން އެތިބީ އަޅުދާސްތު ކުރަން ޖައްސާފަ. ބަޖެޓުގައެއް ނޯންނާނެ އެއިން މެމްބަރެއްގެ ދާއިރާ އަށް އޮތް އަދަދެއް ފެންނާކަށް. މެމްބަރުން ރައީސް މުއިއްޒު އަަށް ތައުރީފުކޮށް ސަނާ ކިޔާވަރަކަށް ރިއާޔަތް ކުރައްވާ ރައީސް މުއިއްޒުގެ ހެޔޮފުޅުކަމުން ނޫނީ އެއްވެސް ރަށެއްގައި ކަމެއް ނުކުރެވޭ ގޮތަށް ބަޖެޓް މި އޮތީ.
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް

މި ސަރުކާރަށް ދެ އަހަރު ވީއިރު ސަރުކާރުގެ ކަންކަން ހުރި ގޮތުގެ ވާހަކަ ދައްކަވަމުން ޝިފާޒް ވިދާޅުވީ، ދާދިފަހުން ރެކޯޑެއް ހައްދަވަން ވެގެން ބިޑަކާ ނުލާ 200 އަށް ވުރެ ގިނަ ޕްރޮޖެކްޓް ބަހާލި ގޮތައް ކުރިޔަށް އޮތް ތަނުގައިވެސް އިތުރު ޕްރޮޖެކްޓްތައް ބިޑަކާ ނުލާ ރައީސް މުއިއްޒު ބޭނުން ބަޔަކަށް ދެއްވާނެ ކަމަށެވެ.

ޝިފާޒް ވިދާޅުވީ، ދެން ފެނުނީ ރާއްޖޭގައި އެންމެ ރަނގަޅަށް ހިނގަހިނގާ ހުރި ދެ ކުންފުނިކަމަށްވާ ބީއެމްއެލް އަދި އެމްއޭސީއެލް ލައްވާ ބޮޑު ހިލަޖެހުމާ، ބަނދަރު ހަދާ ނެރުބައްތި ޖެހުމުގެ މަސައްކަތް ކުރުވާތަން ކަމަށެވެ. ގައުމީ ބޭންކު މެދުވެރިކޮށް އެތައް ބިލިއަން ރުފިޔާގެ މަޝްރޫއު ހިންގަން ރައީސް މުއިއްޒު ނިންމަވާފަވާއިރު، މީގެ ކުރިން ރައީސް މުއިއްޒު ވަނީ ބޭންކް އޮފް މޯލްޑިވްސް ބޮލުގަ މާލީ ބަޣާވާތެއް ގެންނަން އުޅުނުކަމުގެ ތުހުމަތު އަޅުވާފަ އެވެ. ނަމަވެސް މި ބަޣާވާތް ތަހުގީގު ކުރަމުންދާ ކަމަށް ސަރުކާރުން ހާމަކުރިފަހުން މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވީއިރުވެސް މިކަމާގުޅިގެން އެޅުނު އެއްވެސް ފިޔަވަޅެއް ސަރުކާރުން ހިއްސާކޮށްފަ ނުވާކަން ޝިފާޒް ފާހަގަކުރެއްވި އެވެ.

މި ސަރުކާރަށް ދެ އަހަރު ވެގެން ފަޓާސް އަރުވަމުން މަޑު ހިނގުމެއްގައި ދެފަރާތައް ހިންގަވަމުން ރައީސް މުއިއްޒު ވާހަކަ ދެއްކެވިޔަސް، މިރާއްޖެއަށް ވަމުންދާ ގޮތާއި ރާއްޖޭގެ ބަޖެޓަށް ވީގޮތްވެސް ދިވެހިރައްޔިތުންނަށް އެނގޭ ކަމަށް ޝިފާޒް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުމުހައްމަދު ޝިފާޒް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!

08 ޑިސެމްބަރު 2025
ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ކުރައްވަމުން، މި ހުންނެވީ ރައްޔިތުންގެ ފަޅީގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވާތީ އާއްމު މީހެއްގެ ކަންބޮޑުވުން!
07 ޑިސެމްބަރު 2025

އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން

07 ޑިސެމްބަރު 2025
އިސް ރަށްވެއްސެއްގެ ޝުޢޫރު: އިސް ފަޑީގައި ވައްކަމާއި ޚިޔާނާތްތެރިކަމުގެ މައްސަލަތައް އޮތް މީހުން ތިބުމުގެ ކަންބޮޑުވުން
07 ޑިސެމްބަރު 2025

މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި

07 ޑިސެމްބަރު 2025
މައްޗަށް ނުދާނެ ކަމަށް މުޢިއްޒު ވިދާޅުވި ޑޮލަރު ރޭޓު 20 ރުފިޔާ އިން މަތީގައި
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
06 ޑިސެމްބަރު 2025

އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ

06 ޑިސެމްބަރު 2025
އާދީއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ހެންވޭރު ރައްޔިތުންނާ ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް