Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކެނެބިސް ޓްރެފިކް ކުރުން

ބޭސްފަރުވާގެ ކަންކަމުގައި ގޮންޖެހުންތަކެއް ހުރުމުން، ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ މީހަކު ބަންދުން ދޫކޮށްލައިފި

މަނާ ބޭހާއި ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއްސާއި ގިނަ އަދަދެއްގެ ފައިސާވެސް ވަނީ ފެނިފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 31 ޖެނުއަރީ 2022 | ހޯމަ 08:59
މި މައްސަލައިގައި ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށް

މި މައްސަލައިގައި ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށް

ބޭސްފަރުވާގެ ކަންކަމުގައި ގޮންޖެހުންތަކެއް ހުރުމުން، ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވާ މީހަކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަވަނީ ގާޒީ މުޙައްމަދު މިސްބާޙެވެ. މި މައްސަލައިގައި ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެއީ ގއ.ވިލިނގިލި ޒޫމް، މުޙައްމަދު ތަޤިއްޔު، ކ.މާފުށީ ވާރޭވިލާ އަހުމަދު އަހުނަފް އަސްފާޤް، ގދ.ވާދޫ ޗިޗަންޑާގޭ ވިޝާމް މުޙައްމަދުގެ އިތުރުން ގއ.ވިލިނގިލީ ނައިންފްލާވަރ އީމާން މުޙައްމަދެވެ.

މި މައްސަލައިގައި ދައުވާ ލިބުނު އިތުރު ފަރާތެއްކަމަށްވާ އަމްޖަދު އަބްދުއްސައްތާރު ދައުވާއަށް އިއުތިރާފުވެ، އެތަކެއްޗަކީ އޭނާގެ ތަކެތިކަމަށް ވަނީ ބުނެފައެވެ. އެއާއެކު އޭނާގެ މައްޗަށް އަވަސްނިޔާގެ ޝަރީއަތް ހިންގައި، އޭނާ އުމުރަށް ޖަލަށް ލުމާއެކު، އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން 2020 ވަނަ އަހަރު ވަނީ ޙުކުމް ކޮށްފައެވެ. އެއަށް ފަހު، 19 ސެޕްޓެމްބަރު 2021 ގައި އަޙްމަދު އަހުނަފް އަސްފާޤު އާއި އީމާން މުޙައްމަދު އާއި ވިޝާމް މުޙައްމަދު އާއި މުޙައްމަދު ތަޤިއްޔު ބަންދުން ދޫކޮށްލުމަށް އެކޯޓުން އަމުރުކުރުމުން ދައުލަތުން އެބައި އިސްތިއުނާފުކޮށް، އެމައްސަލަ ނިމުނީ ދައުލަތާއި އެއްކޮޅަށެވެ.

އެމީހުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ކުރިން ނިންމި ނަމަވެސް، ހައިކޯޓުން ވަނީ އެނިންމުން ބާތިލު ކޮށްފައެވެ. އެއާއެކު އެމީހުންގެ ބަންދު ދެމެހެއްޓުމަށް ކްރިމިނަލް ކޯޓަށް ދައުލަތުން ވަނީ ހުށައަޅާފައެވެ. އަދި އެމީހުންގެ މައްޗަށް ދައުވާ ފޯމުގައި ބަޔާންކޮށްފައިވާ ހެކިތައް އަދިވެސް އެގޮތުގައި އެބަހުރި ކަމަށާއި، މުޖުތަމައަށް ނުރައްކާވާ ސަބަބުތައް ހުރިކަމަށް ދައުލަތުން ބުނެއެވެ. ވުމާއެކު ކުރިން ހުރި ހެކިތަކާއި ސަބަބުތަކަށް ބަލައި އަނެއްކާވެސް އެމީހުން ބަންދު ކުރުމަށް ދައުލަތުން ވަނީ އެދިފައެވެ.

އެހެން ނަމަވެސް، މި މައްސަލައިގައި ހިމެނޭ މުހައްމަދު ތަޤިއްޔު ބަންދުގައި ހުންނައިރު، ދުވާލަކު 5 ފަހަރު އިންސުލިން ޖަހަން ޖެހުމާއި، ލޮލުގެ ޑޮކްޓަރަކަށް ދައްކަން ޖެހޭތީ އޭނާއަކީ އެކަށީގެންވާ ފަރުވާ ދޭންޖެހޭ މީހެއްކަމަށް ކަރެކްޝަންސްއިން ވަނީ ބަޔާންކޮށް ޕީޖީ އޮފީހަށް ސިޓީ ފޮނުވާފައެވެ. އަދި ކަރެކްޝަންސްއިން އޭނާގެ ބޭސްފަރުވާގެ ކަންކަން ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކޮށްފައިވާކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ. ދައުލަތުން ވަނީ ޝަރުތުތަކާއެކު އޭނާ ބަންދުން ދޫކޮށްލުމަށް އެދިލައްވާފައެވެ.

އަޑުއެހުމުގައި ވާހަކަ ދައްކަމުން ތަޤިއްޔު ވަނީ ދައުލަތުގެ ޝަރުތުތަކަށް އޭނާ ބޯލަނބާނެކަމަށް ބުނެފައެވެ.

މިމައްސަލައިގައި ގާޒީ މިސްބާޙު ވަނީ ޝަރުތުތަކާއެކު ތަޤިއްޔު ބަންދުން ދޫކޮށްލުމަށް އަމުރުކުރައްވާފައެވެ. ދެން ތިބި 3 މީހުން ބަންދުން ދޫކޮށްލާނެ ސަބަބެއް ނެތްކަމަށް ގާޒީ ވަނީ ނިންމަވާފައެވެ.

މި މައްސަލައާއި ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ކޯޓް އަމުރެއްގެ ދަށުން ހ. ވައިފިނި ހަވަނަ ފްލޯ ފާސްކުރިއިރު ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި މަނާ ބޭހާއި ބަނގުރާ ކަމަށް ޝައްކު ކުރެވޭ ދިޔާ އެއްޗެއްސާއި ގިނަ އަދަދެއްގެ ފައިސާވެސް ވަނީ ފެނިފައެވެ.

ކްރިމިނަލް ކޯޓްމަސްތުވާތަކެތި

އިތުރަށް ކިޔާލަން

16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު