Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޓްރައޯރޭ ބާސާއާ ގުޅުން

ޓްރައޯރޭ އަލުން އެނބުރި ބާސާއަށް

30 ޖެނުއަރީ 2022 | އާދީއްތަ 08:33

ޓްރައޯރޭ އަލުން ބާސާއާ ގުޅުނީ މި ސީޒަނުގެ ނިޔަލަށް ލޯނު އުސޫލުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 ޖެނުއަރީ 2022 | އާދީއްތަ 08:33
ވުލްވްސްއަށް ކުޅެމުން އައި ސްޕެއިނުގެ ފޯވާޑް އެޑަމާ ޓްރައޯރޭ

ވުލްވްސްއަށް ކުޅެމުން އައި ސްޕެއިނުގެ ފޯވާޑް އެޑަމާ ޓްރައޯރޭ

ވުލްވްސްއަށް ކުޅެމުން އައި ސްޕެއިނުގެ ފޯވާޑް އެޑަމާ ޓްރައޯރޭ އަލުން އަނބުރާ ބާސެލޯނާއަށް ބަދަލުވެއްޖެއެވެ.

އުމުރުން މިހާރު 26 އަހަރުގެ ޓްރައޯރޭ އަލުން ބާސާއާ ގުޅުނީ މި ސީޒަނުގެ ނިޔަލަށް ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. މި މުއްދަތުގައި ބާސާއިން ޓްރައޯރޭގެ މުސާރަ ދައްކާއިރު، މި ސީޒަން ނިމުމުން ޓްރައޯރޭ ގަތުމުގެ ފުރުސަތު ބާސާއަށް ލިބެއެވެ. އެގޮތުން ވުލްވްސްއަށް 30 މިލިޔަން ޕައުންޑް ދެއްކުމަށްފަހު ޓްރައޯރޭގެ އެއްބަސްވުން ދާއިމީކުރުމުގެ ފުރުސަތު ބާސާއަށް އެބައޮތް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓްރައޯރޭ އަލުން ބާސާއާ ގުޅުނުއިރު، މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އޭނާ ގަންނަން ޓޮޓެންހަމް ހޮޓްސްޕާއިން ވަނީ މަސައްކަތްކޮށްފައެވެ. އިނގިރޭސި މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޓްރައޯރޭ ގަންނަން ޓޮޓެންހަމުން ދެ ފަހަރެއްގެ މަތިން ބިޑް ކުރި ނަމަވެސް، ވުލްވްސްއިން ވަނީ އެ ދެ ހުށަހެޅުންވެސް ބަލައިނުގަންނަން ނިންމާފައެވެ.

ބާސާއިން މި ސީޒަނަށް ޓްރައޯރޭގެ ސޮއި ހޯދިއިރު، މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ ކުލަބު ދޫކޮށްލާނެ ކަމަށް ބެލެވެއެވެ. އެގޮތުން ޑެމްބެލޭއަށް ބާސާއިން ހުށަހަޅާ އައު އެއްބަސްވުމުގައި ސޮއިނުކުރާ ނަމަ، އޭނާ ވިއްކާލާން އެ ކުލަބު އޮތީ ތައްޔާރަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބާސާގެ މަޝްހޫރު ލަ މާސިއާ އެކެޑަމީން ތަމްރީނުވި ޓްރައޯރޭ އެންމެ ފުރަތަމަ ސީނިއާ ކެރި ފެށީވެސް ބާސާއިންނެވެ. އެކަމަކު ބާސާގެ ސީނިއާ ޓީމަށް ޓްރައޯރޭ އެންމެ ހަތަރު މެޗު ކުޅެދިންއިރު، އެ ކުލަބު ދޫކޮށް 2015 ވަނަ އަހަރު އޭނާ އެންމެ ފުރަތަމަ ބަދަލުވީ އެސްޓަން ވިލާއަށެެވެ. އޭގެ ފަހުން މިޑްލްސްބަރާގައި ދެ ސީޒަން ހޭދަކުރުމަށްފަހު، 2018 ވަނަ އަހަރު ޓްރައޯރޭ ވުލްވްސްއާ ގުޅުނީ 18 މިލިޔަން ޕައުންޑުގެ ފީއަކަށެވެ.

ޓްރައޯރޭ ވުލްވްސްއާ އެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ 18 މަސް ދުވަސް އޮތްއިރު، އޭނާ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދިން 154 މެޗުގައި 11 ލަނޑު ޖަހާފައެވެ. އަދި 2020 ވަނަ އަހަރު ޓްރައޯރޭ ސްޕެއިނުގެ ގައުމީ ފުޓްބޯޅަ ޓީމުން ޖާގަ ހޯދިއިރު، އޭނާ ވަނީ މިހާތަނަށް އެ ޓީމަށް އަށް މެޗު ކުޅެދީފައެވެ.

އެޑަމާ ޓްރައޯރޭބާސެލޯނާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
03 ނޮވެމްބަރު 2025

އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި

03 ނޮވެމްބަރު 2025
އެލްޗޭ ބަލިކޮށް، ބާސެލޯނާ ދެ ވަނައިގައި
27 އޮކްޓޯބަރު 2025

ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް

27 އޮކްޓޯބަރު 2025
ބާސެލޯނާ ބަލިކޮށް، ރެއާލް އަށް ފަސް ޕޮއިންޓުގެ ލީޑެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް