Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 އިޓަލީގެ ހާލަތު

އިޓަލީގެ ހޮސްޕިޓަލްތައް ވެކްސިން ނުޖަހާ އުމުރުން ދޮށީ މީހުންނައިގެން ފުރެނީ

މިހާރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ އަދަދަށް ބަލާއިރު މިސާރޖްގެ ޕީކާ ހިސާބަށް އާދެވިފައިވާކަމަށް ބެލެވޭކަމަށް އިޓަލީގެ ޑޮކްޓަރުން ބުނޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 29 ޖެނުއަރީ 2022 | ހޮނިހިރު 23:26
އިޓަލީގައި އުމުރުން ދުވަސްވީ މީހަކު މާސްކު އަޅައިގެން

އިޓަލީގައި އުމުރުން ދުވަސްވީ މީހަކު މާސްކު އަޅައިގެން

އިޓަލީގައި މިދިޔަ އަހަރުން ފެށިގެން އޮމިކްރޯން ވޭރިއަންޓުގެ ސަބަބުން ކުރިމަތިވެފައިވާ ސާރޖުގައި ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ ތެރޭގައި ގިނައީ ވެކްސިން ނުޖަހާ ތިބި އުމުރުން ދުވަސްވީ މީހުންނާއި ބޫސްޓަރ ޑޯޒް ނުޖަހާ ތިބި އުމުރުން ދުވަސްވީ މީހުންކަމަށް އެޤައުމުގެ ޑާޓާތަކުން ހާމަވެއްޖެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހު ކޮޅުން ފެށިގެން އިޓަލީއަށް އައު ސަރޖެއް ކުރިމަތިވެފައިވާއިރު މިހާރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ އަދަދަށް ބަލާއިރު މިސަރޖްގެ ޕީކާ ހިސާބަށް އާދެވިފައިވާކަމަށް ބެލެވޭކަމަށް އިޓަލީގެ ޑޮކްޓަރުން ބުނެއެވެ.

ނޮވެމްބަރ މަހުގެ 19 އިން ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް އިޓަލީގެ ކޮވިޑްގެ ހާލަތާއި ގުޅޭގޮތުން ޝާއިއުކޮށްފައިވާ ލިޔުމުން އިޓަލީގައި މިހާރު ހާލަތު ގޯސްވުމާއި ހިސާބަށް ދަނީ ކޮންބަޔެއްކަން ދެނެގަތުމަށް ވަނީ ފަސޭހަވެފައެވެ.

އެލިޔުމުގައި ވަނީ އޮމިކްރޯން ވޭރިއަންޓް ޖެހިގެން މީހުންނަށް ބޮޑުވަރުވުން ކުޑަ ނަމަވެސް އޮމިކްރޯން ވޭރިއަންޓް ޖެހުމުން އެމީހުންގެ ސިއްހަތަށް ނުރައްކާވާ މިންވަރު ފާހަގަކޮށްފައެވެ.

ޑިސެމްބަރ މަހުގެ 3 އިން ޖެނުއަރީ މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްފައިވާ މީހުންނަށް ބަލާއިރު ވެކްސިން ނުޖަހާ 100،000 މީހުންގެ ތެރެއިން 248 މީހުން ވަނީ އެޑްމިޓްކޮށްފައެވެ. އެއަދަދު ނޮވެމްބަރ މަހުގެ 10 އިން ޑިސެމްބަރު މަހުގެ 19 އަށް ހުރީ 172 ގައެވެ.

ވެކްސިން ނުޖަހާ މީހުންގެ ތެރެއިން ހޮސްޕިޓަލްތަކުގައި އެންމެ ގިނައިން އެޑްމިޓްކޮށްފައިވަނީ އުމުރުން 80 އަހަރުން މަތީގެ މީހުންނެވެ. އޭގެފަހުން އުމުރުން 60 އަހަރާއި 79 އަހަރާ ދެމެދު މީހުންނެވެ.

މީގެއިތުރުން އައިސީޔޫގައި އެޑްމިޓްކޮށްފައިވާ މީހުންނަށް ބަލާއިރުވެސް ވެކްސިން ނުޖަހާ 100،000 މީހުންގެ 42 މީހުން ވަނީ އައިސީޔޫއިން ފަރުވާ ހޯދާފައެވެ.

ކުރިޔަށް އޮތް ހަފްތާގައި ކޭސްތަކުގެ އަދަދު މަދުވާނެކަމަށް ބެލެވޭތީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރާ މީހުންގެ އަދަދުވެސް މަދުވާނެކަމަށް ވަނީ ބެލެވިފައެވެ.

އިޓަލީކޮވިޑް-19

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
04 ޑިސެމްބަރު 2025

ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް

04 ޑިސެމްބަރު 2025
ޖީސީސީ ސަމިޓުގަައި މެލޯނީ ގޮވާލެއްވީ، ގަލްފް-އިޓަލީ ގުޅުން ވަރުގަދަ ކުރުމަށް
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 އޮކްޓޯބަރު 2025

ޣައްޒާގެ ސުލްޙަ އަށް ސިފައިން ފޯރުކޮށްދިނުމަށް އިޓަލީ އޮތީ ތައްޔާރަށް

10 އޮކްޓޯބަރު 2025
ޣައްޒާގެ ސުލްޙަ އަށް ސިފައިން ފޯރުކޮށްދިނުމަށް އިޓަލީ އޮތީ ތައްޔާރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު